އިސްކަން ދޭނީ ފަށާފައިވާ މަޝްރޫއުތައް ކުރިއަށް ގެންދަން: ހައިދަރު

ހައުސިން މިނިސްޓަރު ހައިދަރު; އިސްކަން ދެއްވާނީ ފަށާފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކަމަށް ވިދާޅުވި -- ފޮޓޯ: އިޔާން/ އަދަދު

ހައުސިން މިނިސްޓަރު ހައިދަރު; އިސްކަން ދެއްވާނީ ފަށާފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކަމަށް ވިދާޅުވި -- ފޮޓޯ: އިޔާން/ އަދަދު

މި ސަރުކާރުން އިސްކަން ދޭނީ, ކުރީ ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކަމަށް މިނިސްޓާ އޮފް ހައުސިން, ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ގެދޮރުވެރިޔާ ސްކީމާ މެދު މި ސަރުކާރުން ނިންމާފައިވާ ކަންކަމުގެ މައުލޫމާތު ސާފުކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށް މެންބަރުން ސުވާލު ކުރެއްވުމުންނެވެ.

ކޮމިޓީގައި މެންބަރަކު ސުވާލު ކުރެއްވީ, އާ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު ޕްލޭން ކަމަށްވާ ފުށިދިއްގަރުފަޅު މަޝްރޫއު ކުރިއަށް ގެންދިއުމަށް ދައުލަތުގެ ބަޖެޓުން 400 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު, އާ ސަރުކާރުން އިސްކަން ދޭނެ މަޝްރޫއެއް ސާފު ކުރުމަށެވެ.

ކުރީ ސަރުކާރުން "ގެދޮރުވެރިޔާ" އަދި "ބިންވެރިޔާ"ގެ ނަމުގައި މާލެ ސަރަހައްދުގައި ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދެއްކޮށް, މަޝްރޫއުގެ ބޮޑު ބައި ނިމިފައިވާކަން މެންބަރު ވަނީ ފާހަގަކުރައްވާފަ އެވެ.

"ތި ބޭފުޅުންގެ ޕްރައޮރިޓީއަކީ ކޮބާތޯ? ޕްރައޮރިޓީއަކީ ފުށިދިއްގަރު ފަޅުތޯ ނުވަތަ މިހާރު މި ހަވާލު ކުރެވުނު ކަންތައްތައް ރައްޔިތުންނާ ހަވާލުކޮށް, އެ މަގުން ކުރިއަށް ގެންދިއުންތޯ?" ކޮމިޓީގައި މެންބަރަކު ސުވާލު ކުރެއްްވި އެވެ.

ޖަވާބުގައި މިނިސްޓަރު ހައިދަރު ވިދާޅުވީ އާ ސަރުކާރުގެ ޕްރައޮރިޓީއަކީ ނުވަތަ އިސްކަން ދެއްވާނީ ކުރީ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ހައުސިން މަޝްރޫއުތައް ކުރިއަށް ގެންގޮސް ރައްޔިތުންނާ ހަވާލު ކުރުން ކަމަށެވެ. އަދި ކުރީ ސަރުކާރުގެ ޕްލޭނާ އެއްގޮތަށް ތިލަމާލެ ބްރިޖު ގޮސް ގިރާވަރާ ގުޅާލުމުގެ މަޝްރޫއު ވެސް ކުރިއަށް ގެންދަވާނެ ކަމަށް ހައިދަރު ވިދާޅުވި އެވެ.

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ މަޝްރޫއު މަޑުޖައްސާލާފައި އޮތީ އެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތުކޮށް, އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މަޝްރޫއު މަޑުޖައްސާލަން އަންގާފައި ވާތީ އެވެ. އޭސީސީން އަދިވެސް އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ފަށާ, ފައިސާ ހަރަދުކޮށްފައިވާ މަޝްރޫއުތައް ކުރިއަށް ގެންދިއުން މިވަގުތަށް މުހިންމު ކަމަށް އެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި ފައްޔާޒު އިސްމާއީލް ވަނީ ވިދާޅުވެފަ އެވެ. އަދި, އެ ސަރުކާރުން ދީފައިވާ ގޯއްޗާއި ފްލެޓު އަތުލައިފިނަމަ އިހުތިޖާޖަށް ނުކުންނާވާނެ ކަމަށް ވެސް މައި އިދިކޮޅު ޕާޓީގެ ޗެއާޕާސަނަކަށް ހުންނެވި ފައްޔާޒު އިސްމާއީލް ވަނީ ވިދާޅުވެފަ އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ރައްޔިތުންނަށް ހުޅުމާލެއާއި, ގުޅީފަޅާއި, ގިރާވަރުފަޅުގެ އިތުރުން އުތުރުތިލަފަޅުން ގޯތި ދިިނުމުގެ މަސައްކަތް ވަނީ ފަށާފަ އެެވެ. އެގޮތުން, ހުޅުމާލެއިން 1408 ގޯތި, ގުޅީފަޅުން 2438 ގޯތި އަދި ގިރާވަރުފަޅުން 5187 ގޯތި ދިނުމަށްޓަކައި އެގްރީމަންޓުގައި ސޮއިކޮށް, ގިނަ މީހުންނަށް ވަނީ ރަޖިސްޓްރީ ވެސް ހަވާލުކޮށްފަ އެވެ.

އެ ތިން ރަށުން ދޭ ޖުމްލަ 9032 ގޯތީގެ ތެރެއިން 7917 ގޯތީގެ ރަޖިސްޓްރީ މިހާރު ވަނީ ހަވާލުކޮށްފަ އެވެ. އެކި ސަބަބުތަކާހެދި ހަވާލު ނުކުރެވި އޮތީ 1,115 ރަޖިސްޓްރީ އެވެ.

އުތުރުތިލަފަޅުން ގޯތި ދޭން ނިންމާފައި ވަނީ ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހީގެ ދަށުން ގޯތި ދޭ, މާލޭގެ 18 އަހަރާއި 25 އަހަރާ ދެމެދުގެ ކައިވެނި ނުކޮށް, ދަރިން ވެސް ނެތް މީހުންނަށެވެ. އެއީ އެ ސްކީމުގެ ދަށުން ގޯއްޗަށް ޝަރުތު ހަމަވެފައިވާ 480 މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox