މެމްބަރުން ވިދާޅުވަނީ ފްލެޓު ދިނުން އޭސީސީއަށް ނުހުއްޓުވޭނެ ކަމަށް!

ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރާއި މިނިސްޓްރީގެ ސީނިއާ ބޭފުޅުން ---- ފޮޓޯ: މަޖިލިސް

ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރާއި މިނިސްޓްރީގެ ސީނިއާ ބޭފުޅުން ---- ފޮޓޯ: މަޖިލިސް

ނިމިދިޔަ ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދީފައިވާ ފްލެޓު ހަވާލު ކުރުން ހުއްޓުވުމުގެ ގާނޫނީ ބާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ފްލެޓުތަކާއި ގުޅިގެން މި ސަރުކާރުން ނިންމާފައިވާ ކަންކަމާ ގުޅޭ މައުލޫމާތު ސާފުކުރުމަށް، އާ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ހާޒިރުކޮށް މިއަދު ބޭއްވި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ ބައްދަލުވުމުގައި ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވީ ފްލެޓު ދިނުން ހުއްޓިފައި އޮތް އޮތުމާ މެދުގަ އެވެ.

"ގެދޮރުވެރިޔާ ސްކީމު"ގެ ނަމުގައި ކުރީ ސަރުކާރުން ހިންގި ފްލެޓު މަޝްރޫއުން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު ނެރުމާއެކު، ސަރުކާރުން މަސައްކަތް ކުރަނީ އުސޫލުން ބޭރުން ކޮރަޕްޝަން އެކުލެވޭ ގޮތަށް ފްލެޓް ބަހައިލަން ކަމަށް ތުހުމަތުކޮށް އޭސީސީއަށް ބަޔަކު މައްސަލަ ހުށަހެޅި އެވެ. އެ މައްސަަލަ ހުށަހެޅުމުން ހުށަހަޅެމުން އޭސީސީން އެންގީ ފްލެޓު ދިނުން މަޑުޖައްސައިލުމަށެވެ.

އެ މައްސަލާގައި އޭސީސީން ފުރަތަމަ އެންގީ ފްލެޓް ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު މަޝްރޫއު ކުރިއަށް ގެންދިއުމަށެވެ. އެއާއެކު ޕްލޭނިން މިނިސްޓްރީން ޝަކުވާ ހުށަހަޅަން ފަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓެއް ނެރެ, ގުރު ނަގައި އެގްރީމަންޓުތަކުގައި ސޮއިކުރަން ފެށުމާއެކު އޭސީސީން ވަނީ އެގްރީމަންޓުތަކުގައި ސޮއިކުރުމާއި، އެ ފުލެޓްތައް ހަވާލުކުރުމާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ހުއްޓައިލަން އެންގި އެވެ.

ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތް މި ސަރުކާރުން އަލުން ފަށަން ރާވާފައިވަނީ ކޮންއިރަކުތޯ މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މެމްބަރަކު ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ އަލުން އެ މަސައްކަތް ފަށާނީ އޭސީސީން ބަލަމުންދާ މައްސަލަ ނިންމައި ވަކި ގޮތެއް އެންގުން ކަމަށެވެ. އެކަމަށް 20 ދުވަހުގެ މުއްދަތެއް ހޭދަވާނެ ކަމަށް އޭސީސީން މިނިސްޓްރީއަށް އަންގާފައިވީ ނަމަވެސް އެއަށްވުރެ ގިނަ ދުވަސް ހޭދަވާނެ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދުވަސް ހޭދަވާނެ ކަމަށް. ނަމަވެސް ވިދާޅުވީ ޖިނާއީ ތަހުގީގެއް ކަމަށްވާތީ ހެކީގެ ސައްހަކަން ކަށަވަރުކުރުމަށްޓަކާ އޭސީސީން ވަކިގޮތެއް އަންގަންދެން ޕޯޓަލްގެ އެކްސެސް އެކޮމިޝަން ފިޔަވައި އެހެން ފަރާތްތަކަށް ވަގުތީ ގޮތުން ކަނޑާލަން. އެހެންވީމަ އެއަށްވުރެ ދުވަސް ނަގާފާނެ ޖިނާއީ ތަހުގީގެއް ވީމަ،" ހައިދަރު ވިދާޅުވި އެވެ.

އެހެން ނަމަވެސް ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ ވިދާޅުވީ ސަރުކާރުން ހިންގާ އެއްވެސް މަޝްރޫއެއް ހުއްޓުވުމުގެ ގާނޫނީ ބާރެއް އޭސީސީއަށް ނޯންނާނެ ކަމަށެވެ. އެއީ އޭސީސީގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫން ކަމަށް ވެސް ވެސް އޭނާ ވިދާޅުވި އެވެ.

"އޭސީސީގެ މެންޑޭޓުތެރޭގަ ނުހިމެނޭ ކަމެއް އެ ބޭފުޅުން ކުރައްވާއިރު މިނިސްޓަރު ކީއްވެތޯ ތިހުންނަވަނީ ޖިނާއީ ތަހުގީގެެއް ހިންގުމުގެ ފުރަސަތު އެބޭފުޅުންނަށް ދެއްވައިގެން؟" ޔޫނުސް ވިދާޅުވި އެވެ.

ފްލެޓު ދިނުން ހުއްޓުވުމުގެ ގާނޫނީ ބާރެއް އޭސީސީއަށް ނެތްކަމުގެ ހުއްޖަތެއް ކަމަށް މެމްބަރު ޔޫނުސް ދެއްކެވީ ރާއްޖޭގައި ބޯޑާކޮންޓްރޯލް ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ނެކްސްބިޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުން އޭސީސީން އެދިގެން އެ މަސައްކަތް ހުއްޓާލަން ހައިކޯޓުން ނެރެދިން ވަގުތީ އަމުރާއި ގުޅިގެން ސުޕްރީމްކޯޓުގައި އިސްތިއުނާފުކުރި މައްސަލައަށް 2012 ވަނަ އަހަރު އެ ކޯޓުން ކުރި ހުކުމެވެ.

އެ ހުކުމުގައި ވާ ގޮތުން އޭސީސީގެ ފަރާތުން ދައުލަތުގެ އިދާރާތަކަށް އަންގާ އެފަދަ އިދާރީ އެންގުންތަކަށް އަމަލުކުރުން އެ އިދާރާތަކުގެ މައްޗަށް ގާނޫނީ ގޮތުން ލާޒިމްވެގެންވާކަމުގެ އިހްތިމާލެއް އޮތް ކަމަށް ހައިކޯޓުން ބުނި ނަމަވެސް އެފަދަ އިހްތިމާލެއް ވުޖޫދުގައި ނެތެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުވެސް ވިދާޅުވީ އޭސީސީން މައްސަލަ ބެލި ނަމަވެސް ފްލެޓު ދިނުމުގެ މަސައްކަތް ހުއްޓުވަން އެ ކޮމިޝަނަކަށް ނޭންގޭނެ ކަމަށެވެ. އަދި ޖިނާއީ ތަހުގީގެއް ހިންގަން ފުރުސަތު ވެސް އޭސީސީއަށް ދެވިގެން ނުވާނެ ކަމަށާއި އެފަދަ ތަހުގީގެއް ހިންގުމުގެ ގާނޫނީ ބާރު އެ ކޮމިޝަނަށް ނުލިބޭތީ ކަމަށް ވިދާޅުވި އެވެ.

ކޮމިޓީގެ މުގައްރިރު ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވެސް ސުޕްރީމް ކޯޓުގެ އެ ރޫލިން އަށް ރިއާޔަތްކުރައްވައި ވިދާޅުވީ އެފަދަ ބާރެއް އޭސީސީއަށް ލިބިގެން ނުވާ ކަމަށެވެ. އެހެން އެކަން އޮތް އިރު އެ އެންގުމާއި އެއްގޮތަށް އަމަލުކުރަން ސަރުކާރުން ފުރުސަތު ދީފައި އޮތީ ކޮން އުސޫލަކުންތޯ އޭނާ މިނިސްޓަރާ ސުވާލުކުރެއްވި އެވެ.

"ގާނޫނާ ހިލާފު ނިންމުމެއް ކަމަށްވަންޏާ އެ ނިންމުމާ އެއްގޮތައް އަމަލުނުކޮށް ކުރިއަށްދާންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެހެންވީމަ އެފަދައިން ކަނޑައަޅާފައިވާނަމަ، އެކަން(ފްލެޓް ދިނުން) ހުއްޓިފަ އޮވެގެން ނުވާނެ، ކުރިއަށްގެންދަންޖެހޭނެ. އެއީ ދިވެހި އެތައް ރައްޔިތެއްގެ ބޯހިޔާވަހިކަމާ ގުޅުންހުރި ހައްސާސީ މައްސަލައަކަށްވާތީވެ" އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އޭސީސީގެ އެންގުމާ އެއްގޮތައް އެ މަަސައްކަތް ހުއްޓާލީ ކުރީ ސަރުކާރުން ކަމަށާއި މި ސަރުކާރުގެ ވިސްނުމަކީ އޭސީސީން އެފަދައިން އަންގާފައިވާތީ އެ އެންގުމަށް އިހުތިރާމުކުރުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox