ފަލަސްތީނުގެ ޖެނިންއަށް އިޒްރޭލުން ވަދެގަނެ ފަސް މީހުން ޝަހީދުކޮށްލައި

ފަލަސްތީނުގެ ޖެނިންއަށް އިޒްރޭލުން ވަދެގަނެ ފަސް މީހުން ޝަހީދުކޮށްލައި

އިޒްރޭލާއި ހަމާސްއާ ދެމެދު ވެފައި އޮތް އެއްބަސްވުމުގެ ދަށުން ހަތަރު ދުވަހަށް ހަނގުރާމަ ހުއްޓާލާފައި އޮއްވައި ހުޅަނގު އައްސޭރީގެ ޖެނިންއަށް އިޒްރޭލުން ވަދެގަނެ ފަސް މީހުން ޝަހީދުކޮށްލައިފި އެވެ.

ޖެނިންއަށް އިޒްރޭލުން ވަދެގަނެފައި ވަނީ އަސްކަރީ އޮޕަރޭޝަނެއް ހިންގުމުގެ ނަމުގައި ރޭގެ ވަގުތެއްގައި ކުއްލިއަކަށެވެ. ގާތްގަނޑަކަށް 12 ގަޑިއިރަށް ދިގުދެމިގެންދިޔަ އެ އޮޕަރޭޝަނުގައި އިޒްރޭލު ސިފައިން ވަނީ ފަލަސްތީނުގެ ފަސް މީހުން ޝަހީދު ކޮށްލައި 18 މީހުން ޒަހަމުކޮށްލައިފަ އެވެ. އޭގެތެރެއިން ދެމީހުންގެ ހާލު ސީރިއަސް ކަމަށް ސިއްހީ އިދާރާތަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓު ކޮށްފައިވެ އެވެ.

އެ އޮޕަރޭޝަންތަކުގައި ޒަހަމުވި މީހުންނަށް ސިއްހީ އެހީ ފޯރުކޮށްދިނުމަށް ވެސް އިޒްރޭލުން ހުރަސް އެޅި ކަމަށް ފަލަސްތީނުގެ ރެޑް ކުރެސެންޓާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވެ އެވެ. އެގޮތުން އިޒްރޭލުން ދިން ހަމަލާއެއްގައި މެއަށް ވަޒަން އަރައި ޒަހަމުވި 18 އަހަރުގެ މަހުމޫދު އަބޫ ހައިޖާ މަރުވަންދެން ކުއްލި ފަރުވާ ފޯރުކޮށްދިނުމަށް އިޒްރޭލުން ހުރަސްއެޅި ކަމަށް ރެޑް ކުރެސެންޓުން ބުނެފައިވެ އެވެ.

އެ އޮޕަރޭޝަނުގައި އިޒްރޭލު ސަފައިން ވަނީ ޖެނިންގެ އެންމެ ބޮޑު ދެ ހޮސްޕިޓަލް ވަށާލައި އެތަނުގެ އެމްބިއުލޭންސްތައް ފާސްކޮށްފަ އެވެ. އެ އޮޕަރޭޝަނުގައި އެމްބިއުލޭންސްތަކުގައި މަސައްކަތް ކުރާ ދެ މީހުން އިޒްރޭލުން އަސީރު ކުރި އެވެ.

އިޒްރޭލުން ހަމާސްއާ ވެފައިވާ އެއްބަސްވުމުގެ ދަށުން ހަމަލާދިނުން ހުއްޓާލައިފައި ވަނީ ގާޒާއަށެވެ. ޖެނިންގައި ރޭގައި އިޒްރޭލުން ހިންގި ފަދަ އޮޕަރޭޝަންތަކަކީ ހަނގުރާމައިގެ ކުރިން ވެސް އިޒްރޭލުން އާންމުކޮށް ހިންގާ ޖަރީމާތެކެކެވެ. އިޒްރޭލުގެ ޖަލުތަކުގައި ތިބި ގިނަ ފަލަސްތީނީންނަކީ ފަލަސްތީނުގެ އަވަށްތަކަށް އެގޮތަށް ވަދެގަނެ އިޒްރޭލުން އަސީރުކޮށްފައިވާ މީހުންނެވެ. އާންމުކޮށް އިޒްރޭލުން އަސީރު ކުރާ ފަލަސްތީނީންނަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމުގެ ވިސްނުން ފާޅުކޮށް، އިޒްރޭލާ ދެކޮޅު ޝުއޫރު ފާޅު ކުރާ މީހުންނެވެ.

ހުޅަނގު އައްސޭރިއަށް ވަދެގަނެ އިޒްރޭލުން އަސްކަރީ އޮޕަރޭޝަނެއް ހިންގާފައި ވާއިރު، ހަނގުރާމަ މެދުކަނޑައިލުމަށް އިޒްރޭލުން ވި އެއްބަސްވުމާ އެއްގޮތަށް މިނިވަން ކުރި ފަލަސްތީނީންނަށް މަރުހަބާ ކިޔުމުގެ ހަރަކާތްތަކެއް ފާއިތުވި ދެ ހަފުތާގެ ތެރޭގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ ހަރަކާތްތަކުގެ ތެރޭގައި ބައެއް ފަލަސްތީނީން ވަނީ ހަމާސްއަށް ތާއީދުކޮށް ހަމާސްގެ ދިދަ ވެސް ވިހުރުވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox