ރާއްޖެ ގަޑިން މިއަދު ހެނދުނު 10:00 ގައި ފަލަސްތީނު ހަނގުރާމަ މެދުކަނޑައިލަނީ

ގާޒާ ތެރެއަށް ވަދެގަނެފައިވާ އިޒްރޭލު އަސްކަރިއްޔާގެ ޓޭންކުތަކެއް --

ގާޒާ ތެރެއަށް ވަދެގަނެފައިވާ އިޒްރޭލު އަސްކަރިއްޔާގެ ޓޭންކުތަކެއް --

ރާއްޖެ ގަޑިން މިއަދު ހެނދުނު 10:00 ގައި ހަނގުރާމަ ހުއްޓައިލުމަށް އިޒްރޭލާއި ހަމާސްއިން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރި، ގަތަރުން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގަތަރުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ މިއަދުގެ ހެނދުނު 10:00 ގައި ހަނގުރާމަ ހުއްޓައިލުމަށްފަހު އަސީރުންގެ ފުރަތަމަ ބެޗު މިނިވަން ކުރާނީ ރާއްޖެ ގަޑިން މިރޭ އަށެއް ޖަހާއިރު ކަމަށެވެ.

އަސީރުން މިނިވަން ކުރުމަށް ފުރަތަމަ ނިންމާފައި ވަނީ ހަމާސްއިންނެވެ. ރާއްޖެ ގަޑިން މިރޭ 8:00 ޖަހާއިރު، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ 13 އަސީރުން މިނިވަން ކުރާނެ އެވެ. އޭގެތެރޭގައި ގިނައިން ހިމެނޭނީ ކުޑަކުދިންނާއި އަންހެނުން ކަމަށް ހަމާސްއިން ބުނެ އެވެ.

އަސީރުންގެ ފުރަތަމަ ބެޗު ހަމާސްއިން މިނިވަން ކުރުމާއެކު ގާޒާއަށް ވަނުމަށް ރަފާހު ބޯޑަރުގައި ފުނި ޖެހިފައި ތިބި އިންސާނީ އެހީގެ ގާފިލާތަކަށް ބޯޑަރު ހުރަސްކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ހަމާސްއިން ބުނެފައި ވަނީ މިނިވަން ކުރާ ކޮންމެ ބެޗެއްގައި ވެސް ހިމެނުމަށް އިސްކަން ދެނީ އެއް އާއިލާއަކަށް ނިސްބަތްވާ މީހުން ކަމަށެވެ. ހަތަރު ދުވަހަށް ބަހާލައިގެން ކޮންމެ ދުވަހަކު ވެސް އެގޮތަށް އަސީރުން މިނިވަން ކުރަމުންދާނެ ކަމަށް ހަމާސްގެ އޮފިޝަލުން ބުނެފައިވެ އެވެ.

އެ މުއްދަތުގައި އިޒްރޭލުން ވެސް އެއްބަސްވެފައި ވާގޮތަށް އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ އަސީރުން މިނިވަން ކުރަމުން ގެންދާނެ އެވެ. ނަމަވެސް އިޒްރޭލުން މާދަމާ މިނިވަން ކުރާނީ ކިތައް އަސީރުން ކަމެއް ސާފު ނުވާ ކަމަށް ގަތަރުން ބުނެ އެވެ.

ހަމާސްއިން އަސީރުން މިނިވަން ކުރި ނަމަވެސް އެ އަސީރުން އިޒްރޭލާ ހަވާލު ކުރެވޭނީ އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނީން މިނިވަން ކުރުމުން ކަމުގެ ޔަގީންކަން ގަތަރުން ވަނީ ދީފަ އެވެ.

ހަނގުރާމަ މެދުކަނޑައިލަންވި އެއްބަސްވުމުގައި؛

  • ހަތަރު ދުވަހަށް ހަނގުރާމަ މެދުކަނޑައިލާނެ
  • އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސްއިން ރަހީނު ކުރި 237 ޔަހޫދީންގެ ތެރެއިން 50 މީހުން މިނިވަން ކުރާނެ
  • އިޒްރޭލު ޖަލުތަކުގައި ތިބި 8200 ފަލަސްތީނީންގެ ތެރެއިން 150 މީހުން މިނިވަން ކުރާނެ
  • އިތުރަށް ހަމާސްއިން މިނިވަން ކުރާ ކޮންމެ 10 އަސީރަކަށް އިތުރު އެއް ދުވަސް ހަނގުރާމަ ހުއްޓާލައިފައި ބާއްވާނެ
  • ގާޒާއަށް ވަދެގަނެފައިވާ އިޒްރޭލުގެ އަސްކަރީ ޓޭންކުތަކާއި ފައުޖުތައް އެ ސަރަހައްދު ދޫކޮށް ނުނިކުންނާނެ
  • އެ މުއްދަތުގައި އިންސާނީ އެހީގެ ގާފިލާތަކަށް އެއްވެސް ހުރަހެއް ނެތި ގާޒާއަށް ވަދެވޭނެ
  • އިޒްރޭލުގެ ޖާސޫސީ ޑުރޯންތައް ގާޒާގެ މަތިން އުދުއްސުން ކޮންމެ ދުވަހަކު ހަ ގަޑިއިރަށް މެދުކަނޑައިލަން ޖެހޭނެ

ހަމާސްއާއި އިޒްރޭލު ހަނގުރާމަ ކުރަން ފެށީ މިދިޔަ އޮކްޓޫބަރު 7 ގައި އިޒްރޭލަށް ހަމާސްއިން ދިން ކުއްލި ހަމަލާއާ ގުޅިގެންނެވެ. ހަނގުރާމައަށް ހަތް ހަފުރާ ވީފަހުން ހަމަލާތައް މެދުކަނޑައިލަން ދެފަރާތުން އެއްބަސްވުމަކަށް އާދެވިފައި މިވަނީ ގާޒާގެ އެތައް ހާސް ރައްޔިތުންނެއް ޝަހީދުކޮށްލައި ގާޒާގެ ބޮޑު ބައެއް ބިމާ ހަމަކޮށް ސުންނާފަތި ކޮށްލި ފަހުންނެވެ. މިއަދު ހަނގުރާމަ ހުއްޓައިލާއިރު، ގާޒާގެ ރައްޔިތުން ތިބީ ކާބޯތަކެއްޗަށް ޖެހި ވަރަށް ނިކަމެތި ހާލުގަ އެވެ.

ހަނގުރާމައަށް ދޮޅު މަސްވެފައި ވާއިރު، ހަމާސްގެ ބެލުމުގެ ދަށުގައި އިޒްރޭލުގެ 240 އަށްވުރެ ގިނަ ޔަހޫދީން އަސީރުންގެ ގޮތުގައި އެބަ ތިއްބެވެ. އަދި އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނުގެ 8000 އަށްވުރެ ގިނަ އަސީރުން އެބަ ތިއްބެވެ.

އިޒްރޭލު ބޮޑުވަޒީރުގެ އޮފީހުން ވަނީ ހަނގުރާމަ މެދުކަނޑާލައިފައި އޮންނަ ހަތަރު ދުވަހު ހަމަލާ ބަދަލު ނުކުރާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އެ އެއްބަސްވުމަށް ފުރިހަމައަށް އިހުތިރާމު ކުރާނެ ކަމަށް ހަމާސްގެ އަސްކަރީ ގޮފި، ގައްސާމް ބްރިގޭޑްސްއިން ވެސް ވަނީ ބުނެފަ އެވެ.

އިޒްރޭލުން ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާއްމު ތަކުގައި މިހައިތަނަށް ފަލަސްތީނުގެ 14،532 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެ އެވެ. އޭގެތެރެއިން 6000 އަކީ ކުޑަކުދިންނެވެ. އިޒްރޭލުގެ ހަމަލާތަކުގައި ގާޒާގެ އެތައް ހާސް ރައްޔިތުންގެ ގެދޮރު ގެއްލި ވަނީ ހާލުގައި ޖެހިިފަ އެވެ.

ހަތަރު ދުވަހަށް ހަނގުރާމަ މެދުކަނޑައިލުމަށް ނިންމަކީ ވެސް ރަނގަޅެއް ނަމަވެސް އެއީ ގާޒާގެ ހާލަތާ އަޅައި ބަލާއިރު، އެހީ ފޯރުކޮށްދޭން އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް އެހީ ފޯރުކޮށްދޭ ބައިިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލީޑަރުން މިނިވަންކުރުމާއެކު އިތުރު މުޒާހަރާއަށް ތައްޔާރުވަނީ

އިންޑިއާގެ އުއްތަމަ ފަނޑިޔާރު، ވަޒީފާއެއް ނެތް ބައެއް ޒުވާނުންނަކީ "ކޮކްރޯޗް" ނުވަތަ ކުރަފިތަކެއްގެ ގޮތުގައި ސިފަކުރެއްވުމާ ގުޅިގެން، މިދިޔަ މޭ މަހު މި ހަރަކާތް ފެށި އަބީޖީތު ދިޕްކޭ އާއި އެ ހަރަކާތުގެ އެހެން ލީޑަރުން ހައްޔަރުކުރީ އިންތިޚާބީ އިސްލާހުތަކަށް ގޮވާލައި މުޒާހަރާ ކުރުމަށް ހޮނިހިރު ދުވަހު ދިއްލީއަށް ދިޔުމުންނެވެ.

ބޮޑެތި ޓީވީ ނެޓްވޯކްތަކާ ދެކޮޅަށް ތަހުގީގެއް ފަށައިފި

ރައީސް ޓްރަމްޕްގެ ހަރަކާތްތައް ކަވަރުކުރާ "ޕޫލް ކަވަރޭޖް" އެމެރިކާގެ ބޮޑެތި ޓީވީ ނެޓްވޯކްތަކުން މެދުކަނޑާލުމާ ގުޅިގެން، ވާދަވެރިކަމާ ބެހޭ ގާނޫނުތަކާ ޚިލާފުވެފައިވޭތޯ ބަލަން ޖަސްޓިސް ޑިޕާޓްމަންޓުން ތަހުގީގެއް ފަށައިފިއެވެ. މި ތަހުގީގު ފަށާފައިވަނީ ބައެއް ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން މަނާކުރުމާ ގުޅިގެން، މީޑިއާތަކުން ގުޅިގެން ޚިދުމަތް މެދުކަނޑާލުމަކީ ވިޔަފާރީގެ ބާރުތައް ހިސާރުކުރުން މަނާކުރާ "ޝާމަން އެކްޓް" އާ ޚިލާފު ކަމަކަށް ވެދާނެތީއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވެ ސަލާމަތްވި ގާތިލު ޖަލަށް

އެމެރިކާގައި މަރުގެ އަދަބު އިއްވާފައިވާ ކްރިސްޓާ ޕައިކްގެ ގަޔަށް ވިހަ އިންޖެކްޝަން ޖަހައިގެން މަރާލަން ކުރި މަސައްކަތް ނާކާމިޔާބުވެ، ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ އަނބުރާ ޖަލަށް ބަދަލުކޮށްފިއެވެ. މިއީ ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި މީހަކު ސަލާމަތްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ ހާލު ރަނގަޅުވަމުން އަންނާތީ ކަމާބެހޭ ފަރާތްތަކުން ވަނީ ހައިރާންކަން ފާޅުކޮށްފައެވެ.

އެއާޕޯޓު ހަމަލާގައި 12 މަރު، 309 މީހުންނަށް އަނިޔާ

ސައުދީ އަރަބިއްޔާގެ ރިޔާދު އެއާޕޯޓަށް ދިން ނުރައްކާތެރި ހަމަލާއެއްގައި 12 މީހުން މަރުވެ 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވުމާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުކަނޑާލައިފިއެވެ. ސައުދީ ކޯލިޝަނުން މި ހަމަލާގެ ތުހުމަތު ހޫތީންނަށް ކުރާއިރު، މިއީ 2015 ވަނަ އަހަރުގެ ފަހުން އެގައުމަށް ދިން އެންމެ ނުރައްކާތެރި ހަމަލާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މުޒާހަރާތަކުން ހައްޔަރުކުރި މީހުން ދޫކުރުމަށް އދ އިން ގޮވާލައިފި

އިންޑިއާގެ އިންތިޚާބީ ނިޒާމު އިސްލާހުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން، އުސޫލުން ބޭރުން ހައްޔަރުކޮށްފައިވާ މީހުން ވަގުތުން މިނިވަންކުރުމަށް އދ. އިން އިންޑިއާ ސަރުކާރަށް ގޮވާލައިފިއެވެ. "ކޮކްރޯޗް ޖަންތާ ޕާޓީ" އިން އިސްވެ ކުރިއަށްގެންދާ މި ހަރަކާތުގެ ތެރެއިން އާންމުންނާއި ނޫސްވެރިން ހިމެނޭހެން އެތައް ހާސް ބަޔަކު ހައްޔަރުކޮށްފައިވާތީ، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ވަނީ ނުހަނު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރިޔާދް އެއާޕޯޓުގައި ބާރުގަދަ ގޮވުމެއް، ގިނަ ފްލައިޓްތައް ކެންސަލް

ސައުދީ އަރަބިއްޔާގެ ރިޔާދް އެއާޕޯޓުގައި ހިނގި ބާރުގަދަ ގޮވުމަކާ ގުޅިގެން ގިނަ ބަޔަކު ޒަޚަމްވެ، އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މި ހާދިސާއާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި ގިނަ އެއާލައިންތަކަކުން ރިޔާދަށް ކުރަން ހަމަޖެހިފައިވާ ފްލައިޓްތައް ކެންސަލްކޮށް، އެއާޕޯޓުގެ ބައެއް ސަރަހައްދުތައް ވަނީ ހުސްކޮށްފައެވެ.

މި އަހަރު ވެސް ސުލްހައިގެ އިނާމު ނުލިބުމުން ޓްރަމްޕްގެ ނުރުހުން

މި އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ނަވީ ޕިއްލޭއަށް ދިނުމަށް ނިންމި ނިންމުމަކީ "ލަދުވެތި" ނިންމުމެއް ކަމަށް ސިފަކުރައްވައި، އެ އިނާމު ލިބިވަޑައިނުގެންނެވުމުން ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ނޯބެލް ކޮމިޓީން މި އިނާމު ޕިއްލޭއަށް ދިނީ ބައިނަލްއަގުވާމީ ގާނޫނީ ނިޒާމު ކުރިއެރުވުމަށާއި އިންސާފު ހޯދައިދިނުމަށް އޭނާ ކުރެއްވި މުހިންމު މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

Newsletter

Get the latest news delivered straight to your inbox