ގާޒާގެ އިންޑޮނީޝިއަން ހޮސްޕިޓަލުން ވެސް މީހުން ފައްސައިލަނީ، އިޒްރޭލުން ދިނީ އެންމެ 4 ގަޑިއިރު

ގާޒާގައި ހުންނަ އިންޑޮނީޝިއަން ހޮސްޕިޓަލަށް އިޒްރޭލުން ހަމަލާ ދިން ދުވަހުގެ މަންޒަރެއް. ފޮޓޯ:އަލްޖަޒީރާ

ގާޒާގައި ހުންނަ އިންޑޮނީޝިއަން ހޮސްޕިޓަލަށް އިޒްރޭލުން ހަމަލާ ދިން ދުވަހުގެ މަންޒަރެއް. ފޮޓޯ:އަލްޖަޒީރާ

ގާޒާގެ ރައްޔިތުންގެ ސިއްހީ ހިދުމަތުން މަހުރޫމުކުރަން އިޒްރޭލުން ހިންގާ ޖަރީމާ ފުޅާކޮށް، އިންޑޮނީޝިއަން ހޮސްޕިޓަލުގައި ތިބި މީހުން އެތަނުން ނެރެން ފަށައިފި އެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ އަލްޖަޒީރާ ނޫހުން ބުނީ އިންޑޮނީޝިއަން ހޮސްޕިޓަލްގައި ތިބި މީހުން އެތަނުން ނުކުންނަން އިޒްރޭލު ސިފައިން ދިނީ އެންމެ ހަތަރުގަޑި އިރުގެ މުހުލަތެކެވެ. އަލްޖަޒީރާ ބުނި ގޮތުގައި އެ އެޖެންސީއަށް މައުލޫމާތު ދެއްވި އޮފިޝަލް ހުންނެވީ ހޮސްޕިޓަލުގެ އެތެރޭގަ އެވެ.

އިޒްރޭލުން ކެނޑިނޭޅި ބޮން އަޅައި ގާޒާގެ ގިނަ އިމާރާތްތައް ބިމާހަމަކުރަމުން ދާއިރު އެ ހަމަލާތަކުން ދިފާއުވާން އާންމުންގެ އެތައް ސަތޭކަ ބަޔަކު ގޮސް ތިބީ އެރަށުގެ ހޮސްޕިޓަލްތަކުގަ އެވެ. އެ ހޮސްޕިޓަލްތަކުގެ ވަށައިގެންވާ ސަރަހައްދުތަކަށް ބޮން އެޅުމަށް ފަހު އިޒްރޭލު ސިފައިން ގާޒާއަށް ވަދެގަނެ، ފުރަތަމަ ވެސް ހަމަލާ ދިނީ ހޮސްޕިޓަލްތަކަށެވެ.

Advertisement

ހޮސްޕިޓަލްތައް ހުއްޓުވަން ހިންގާ ޖަރީމާގައި އިޒްރޭލު ސިފައިން ވަނީ އައް ޝިފާ ހޮސްޕިޓަލް އެމީހުންގެ ބާރުގެ ދަށަށް ގެންފޮސްފަ އެވެ. އެ ހޮސްޕިޓަލަށް އިޒްރޭލު ސިފައިން ވަދެގަތްފަހުން، 100 މީހެއްގެ ހަށިގަނޑު ނެރެފައި ވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

އޮކްޓޯބަރު 7، ގައި ހަނގުރާމަ އިއުލާނުކޮށް މެދުކެނޑުމެއްނެތި ދެމުންދާ ހަމަލާތަކުގައި ހުކުރު ދުވަހާ ހަމައަށް ގާޒާއިން މަރުވި މީހުންގެ އަދަދު ވަނީ 14،500 އަށްވުރެ މައްޗަށް އަރާފަ އެވެ. އޭގެ ތެރޭގައި 5،600 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox