އިޒްރޭލުން ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރާއި ގިނަ އަދަދެއްގެ ޑޮކްޓަރުން އަސީރުކޮށްފި

އިޒްރޭލު ސިފައިން އަލް ޝިފާ ހޮސްޕިޓަލުގެ ގޯތި ތެރޭގައި ހަރަކާތްތެރިވަނީ : އިޒްރޭލުން ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރާއި ގިނަ އަދަދެއްގެ ޑޮކްޓަރުން އަސީރުކޮށްފި -

އިޒްރޭލު ސިފައިން އަލް ޝިފާ ހޮސްޕިޓަލުގެ ގޯތި ތެރޭގައި ހަރަކާތްތެރިވަނީ : އިޒްރޭލުން ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރާއި ގިނަ އަދަދެއްގެ ޑޮކްޓަރުން އަސީރުކޮށްފި -

އިޒްރޭލު ސފިައިން، އުތުރު ގާޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލު ކަމަށްވާ އަލް ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. މުހައްމަދު އަބޫ ސަލްމިޔާ އަދި އެ ހޮސްޕިޓަލުގެ ގިނަ އަދަދެއްގެ ޑޮކްޓަރުން އަސީރުކޮށްފި އެވެ.

ނަމަވެސް, އެ ފަރާތްތައް އަސީރު ކުރި ސަބަބެއް އިޒްރޭލު ސިފައިން ދީފައި ނުވާ ކަމަށް އެ ހޮސްޕިޓަލުގެ ޑޮކްޓަރަކާ ހަވާލާދީ އަލްޖަޒީރާއިން ވަނީ ރިޕޯޓުކޮށްފަ އެވެ.

އުތުރު ގާޒާއަށް އެއްގަމު މަގުން އަރައިގެން އިޒްރޭލު ސިފައިން ޝިފާ ހޮސްޕިޓަލަށް ވަދެގަތީ މި މަހުގެ 15 ގަ އެވެ. ވަދެގަނެފައިވަނީ އެ ހޮސްޕިޓަލަކީ ހަމާސްގެ މައި މަރުކަޒެއް ހިންގާ ތަނެއް ކަމަށް ބުނެ އެވެ. ނަމަވެސް މިވީ ތިން ދުވަހުގެ ތެރޭގައި އިޒްރޭލަށް އެ ހޮސްޕިޓަލުން އެކަށީގެންވާ ހެއްކެއް ހޯދިފައެއް ނުވެ އެވެ.

Advertisement

އެއަށްފަހު މި މަހު 18 ގައި އިޒްރޭލުން ވަނީ އެ ހޮސްޕިޓަލު އެކީގައި ހުސްކުރުމަށް ގަޑީރެއްގެ މުހުލަތުވެސް ދީފަ އެވެ. ނަމަވެސް އެ ދުވަހު އިޒްރޭލުން ހޮސްޕިޓަލަށް މާ ވަރުގަދަ ހަމަލާތަކެއް ނުދެ އެވެ.

އެ ދުވަހު ޝިފާ ހޮސްޕިޓަލުގެ އިސް އޮފިޝަލަކު އަލް ޖަޒީރާއަށް ވިދާޅުވި ގޮތުގައި، ފަރުވާ ހޯދަން ވަދެ ތިބި މީހުންނާއި އިޒްރޭލުން ކެނޑިނޭޅި ދޭ ހަމަލާތަކުން ހިމާޔަތް ހޯދަން ވަދެ ތި މީހުންނާ އެކު ޖުމްލަ 7،500 އަށްވުރެ ގިނަ މީހުން އެ ހޮސްޕިޓަލުގައި އެބަތިއްބެވެ. އޭގެ ތެރޭގައި ހާލު ބޮޑު 300 އެއްހާ ބަލިމީހުން ވެސް ހިމެނެ އެވެ.

މިދިޔަ ހަފުތާގެ ތެރޭގައި އެ ހޮސްޕިޓަލާއި ބެއިތު ހަނޫން ހޮސްޕިޓަލަށް ދިން ހަމަލާތަކުގައި ޝަހީދުވި 100 އަށްވުރެ ގިނަ މީހުން އިއްޔެ ވަނީ ގާޒާގައި އެއް ވަޅެއްގައި ވަޅުލާފަ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ކޮން ބައެއްކަން ދެނެގަނެވިފައިނުވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

މިދިޔަ މަހުގެ ހަތެއްގައި ހަނގުރާމަ އިއުލާނުކޮށް މެދުކެނޑުމެއްނެތި ދެމުންދާ ހަމަލާތަކުގައި ހުކުރު ދުވަހާ ހަމައަށް ގާޒާއިން މަރުވި މީހުންގެ އަދަދު ވަނީ 14،500 އަށްވުރެ މައްޗަށް އަރާފަ އެވެ. އޭގެ ތެރޭގައި 5،600 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ.

ރަސްމީ ހިސާބުތައް ދައްކާގޮތުން މި ހަމަލާތަކުގެ ފުރަތަމަ މަހު އިޒްރޭލުން ވަނީ ދުވާލަކަށް އެވްރެޖުކޮށް 320 މީހުން މަރާލާފަ އެވެ. ހަމާސް ޖަމާއަތާ ދެކޮޅަށް ކަމަށް ބުނެ ދޭ މި ހަމަލާތަކުގައި މަރުވާ މީހުންގެ 98 އިންސައްތަ އަކީ އާންމުންނެވެ. އޭގެ ތެރެގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެ އެވެ. ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު އުޅެނީ 27،500 އިން މަތީގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox