ހަނގުރާމަ މެދުކަނޑާލަން ނިންމުމުން އިޒްރޭލުގެ ސިޔާސީންގެ ކަންބޮޑުވުން

ހަނގުރާމަ މެދުކަނޑާލަން ނިންމުމުން އިޒްރޭލުގެ ސިޔާސީންގެ ކަންބޮޑުވުން

ފަލަސްތީނުގައި ކުރިއަށްދާ ހަނގުރާމަ ހަތަރު ދުވަހަށް މެދުކަނޑާލަން އިޒްރޭލުގެ ބޮޑުވަޒީރު ހަމާސްއާއެކު އެއްބަސްވުމަކަށް އައުމުން އިޒްރޭލުގެ ސަރުކާރުގެ ބައެއް އިސްވެރިންނާއި ސިޔާސީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިޒްރޭލުގެ ބައެއް ކެބިނެޓު މިނިސްޓަރުން ވެސް ހިމެނޭހެން މީސްމީޑިއާއާއި އެހެނިހެން ޕްލެޓުފޯމުތަކުގައި ފާޅުކުރަމުންދާ ކަންބޮޑުވުންތަކުގައި އެމީހުން ބުނެފައި ވަނީ ހަނގުރާމަ ހުއްޓާލަން އެއްބަސްވުމަކީ ހަމާސްގެ ހަމަލާތައް އިތުރަށް ވަރުގަދަވެ ހިންދެމިލަން ދެވޭ ފުރުސަތެއް ކަމަށެވެ.

ހަތަރު ދުވަހަށް ހަނގުރާމަ ހުއްޓައިލަން އިޒްރޭލާއި ހަމާސްއިން އެއްބަސްވުމަކަށް އައިސްފައި ވަނީ ގަތަރު މެދުވެރިކޮށް ކުރަމުން ގެންދިޔަ މަޝްވަރާގެ ތެރެއިންނެވެ. ހަނގުރާމަ މެދުކަނޑައިލާނެ ވަގުތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ރާއްޖެ ގަޑިން ހެނދުނު 7:00 އެވެ. ނަމަވެސް އެ ވަގުތަށް ހަނގުރާމަ ހުއްޓައިނުލައިފާނެ ކަމުގެ އިޝާރާތްތަކެއް އިޒްރޭލުގެ އަސްކަރިއްޔާއާ ހަވާލީދީ އިޒްރޭލު މީޑިއާތަކުން ވަނީ ދީފަ އެވެ.

Advertisement

ހަނގުރާމަ މެދުކަނޑައިލަންވި އެއްބަސްވުމުގައި؛

  • ހަތަރު ދުވަހަށް ހަނގުރާމަ މެދުކަނޑައިލާނެ
  • އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސްއިން ރަހީނު ކުރި 237 ޔަހޫދީންގެ ތެރެއިން 50 މީހުން މިނިވަން ކުރާނެ
  • އިޒްރޭލު ޖަލުތަކުގައި ތިބި 8200 ފަލަސްތީނީންގެ ތެރެއިން 150 މީހުން މިނިވަން ކުރާނެ
  • އިތުރަށް ހަމާސްއިން މިނިވަން ކުރާ ކޮންމެ 10 އަސީރަކަށް އިތުރު އެއް ދުވަސް ހަނގުރާމަ ހުއްޓާލައިފައި ބާއްވާނެ
  • ގާޒާއަށް ވަދެގަނެފައިވާ އިޒްރޭލުގެ އަސްކަރީ ޓޭންކުތަކާއި ފައުޖުތައް އެ ސަރަހައްދު ދޫކޮށް ނުނިކުންނާނެ
  • އެ މުއްދަތުގައި އިންސާނީ އެހީގެ ގާފިލާތަކަށް އެއްވެސް ހުރަހެއް ނެތި ގާޒާއަށް ވަދެވޭނެ
  • އިޒްރޭލުގެ ޖާސޫސީ ޑުރޯންތައް ގާޒާގެ މަތިން އުދުއްސުން ކޮންމެ ދުވަހަކު ހަ ގަޑިއިރަށް މެދުކަނޑައިލަން ޖެހޭނެ

ހަނގުރާމަ ހުއްޓައިލުމަށްވި އެއްބަސްވުމަށް އެންމެ ބޮޑަށް ފާޑު ކިޔާފައި ވަނީ އިޒްރޭލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު, އިތަމާ ބެން ގްވިރް އެވެ. އެކްސްގައި އޭނާ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މިއީ ހަމާސްއިން ބޭނުންވި ގޮތް ކަމަށާއި ހަނގުރާމަ މެދުކަނޑައިލުމުން އެމީހުންގެ ހަމަލާތައް އިތުރަށް ވަރުގަދަ ކުރުމުގެ ދޮރު ހުޅުވިގެންދާނެ ކަމަށެވެ.

އަދި މިއީ 2011 ވަނަ އަހަރު އިޒްރޭލުން އެޅި ކަހަލަ ޅަ އެއްޗެއް ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

2011 ވަނަ އަހަރު ހަމާސްއިން ރަހީނު ކުރި އިޒްރޭލު ސިފައިންގެ މީހެއްގެ ބަދަލުގައި އިޒްރޭލުގެ ޖަލުތަކުގައި ތިބި 1000 ފަލަސްތީނީން މިނިވަން ކުރި އެވެ.

ބެން ގްވިރް އިތުރަށް ބުނެފައި ވަނީ އިޒްރޭލުގައި މާބޮޑު އެއްބައިވަންތަކަމެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށާއި ހަނގުރާމަ ހުއްޓައިލުމަށް ނިންމި ނިންމުމުގެ ސަބަބުން ލިބޭ ގެއްލުން އަންނަން އޮތް ޖީލުތަކަށް ދެމިގެންދާނެ ކަމަށެވެ.

ހަނގުރާމަ ހުއްޓައިލުމަށް ނިންމި ނިންމުމާ މެދު ކަންބޮޑުވުން ފާޅު ކުރަމުން އިޒްރޭލުގެ ސެޓުލްމެންޓުސް އެންޑު ނެޝަނަލް މިޝަންސް މިނިސްޓަރު، އޯރިޓް ސްޓްރޮކް ބުނެފައި ވަނީ ކެބިނޭތު ބައްދަލުވުމުގައި އެ އެއްބަސްވުން ފާސް ކުރުމަށް ވޯޓު ދިނީ ރުހުމުގައި ނޫން ކަމަށާއި އެކަން އޮގޮތަށް ކުރެވުނީ އޮތް މަޖުބޫރީ ހާލަތެއްގެ ސަބަބުން ކަމަށެވެ.

ހަނގުރާމަ ހުއްޓައިލުމަށްވި އެއްބަސްވުމުގެ ސަބަބުން އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން ލިބޭނެ ކަމަށް ބުނެ އިޒްރޭލުގެ އަލްމަގޯ ޓެރާ ވިކްޓިމްސް އެސޯސިއޭޝަނުން ވަނީ އިޒްރޭލުގެ ހައި ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް އެ މައްސަލަ ވަނީ އެ ކޯޓުން ބަލައިނުގަނެ ބޭރު ކޮށްލައިފަ އެވެ.

އޮކްޓޯބަރު 7، ގައި ފެށި ހަނގުރާމައަށް ދޮޅު މަސް ވާން ގާތްވެފައިވާއިރު މިހާތަނަށް އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 14،000 އަށްވުރެ ގިނަ މީހުން ވަނީ މަރާލައިފަ އެވެ. އޭގެތެރެއިން 5600 ކުޑަކުދިން ވެސް ހިމެނެ އެވެ.

ވައިގެ ހަމަލާތަކުގެ އިތުރުން އިޒްރޭލުން ގާޒާގެ އުތުރަށް ވަނީ ވަދެގަނެފަ އެވެ. ޓޭންކަރުތަކާއި އެއްގަމު ސިފައިން ބޭނުންކޮށްގެން އިޒްރޭލު އަސްކަރިއްޔާއިން ދަނީ އުތުރު ގާޒާ ސުންނާފަތި ކުރަމުންނެވެ

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox