ހަތަރު ދުވަހަށް ހަމަލާތައް ހުއްޓާލަން އިޒްރޭލާއި ހަމާސްއިން އެއްބަސްވެއްޖެ

ގާޒާއަށް ދިން ހަމަލާތަކުގައި ލިބިފައިވާ ގެއްލުންތައް : ހަތަރު ދުވަހަށް ހަމަލާތައް ހުއްޓާލުމަށް އިޒްރޭލާ ހަމާސްއިން އެއްބަސްވެއްޖެ -

ގާޒާއަށް ދިން ހަމަލާތަކުގައި ލިބިފައިވާ ގެއްލުންތައް : ހަތަރު ދުވަހަށް ހަމަލާތައް ހުއްޓާލުމަށް އިޒްރޭލާ ހަމާސްއިން އެއްބަސްވެއްޖެ -

އޮކްޓޯބަރު 7، އިން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހަތަރު ދުވަހުގެ މުހުލަތަކަށް ވަގުތީ ގޮތުން މެދުކަނޑާލަން ހަމާސް އަދި އިޒްރޭލުން އެއްބަސްވެއްޖެ އެވެ.

މި އެއްބަސްވުމަކީ ގަތަރު މެދުވެރިވެގެން އިޒްރޭލް އަދި ފަލަސްތީނުގެ އޮތޯރިޓީއާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ތެރެއިން އާދެވުނު އެއްބަސްވުމެކެވެ. ގަތަރުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ހަމަލާތައް ހުއްޓާލުން ފަށާ ވަގުތު ކުރިއަށް އޮތް 24 ގަޑީރުގެ ތެރޭގައި ހާމަކުރާނެ ކަމަށެވެ.

ހަމާސްއިން މި އެއްބަސްވުމަށް ފެހި ސިގްނަލް ދިނީ އިއްޔެ އެވެ. އިޒްރޭލުން ހަމަލާތައް ހުއްޓާލުމަށް ރަސްމީކޮށް އެއްބަސްވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުން އެކަމަށް ފާސްކޮށްގެންނެވެ.

ގަތަރުން ބުނާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން އޮކްޓޯބަރު 7، ގައި ހަމާސްއިން ހައްޔަރު ކުރި އިޒްރޭލުގެ 50 ކުޑަކުދިންނާއި އަންހެނުން މިނިވަންކުރާނެ އެވެ. އަދި ބަދަލުގައި އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުންވެސް މިނިވަންކުރާނެ އެވެ.

"މި އެއްބަސްވުމުގެ ދަށުން ހަމަލާތައް މެދުކަނޑާލުމުގެ އިތުރުން، ގާޒާގެ ހުރިހާ ސަރަހައްދަކަށް އެހީގެ އުޅަނދުތައް ވަދެވޭނެ މަގު ފަހިކޮށްދިނުމުގެ ފުރުސަތާއި އަނިޔާވެފައިވާ މީހުން އެހެން ގައުމުތަކަށް ފަރުވާއަށް ފޮނުމުވުގެ ފުރުސަތުވެސް ލިބިގެންދާނެ" އިއްޔެ ގަތަރުގެ އަލް ޖަޒީރާއަށް މައުލޫމާތު ދިން ހަމާސްގެ އިސް އޮފިޝަލަކު ބުނެފައިވެ އެވެ.

އޮކްޓޯބަރު 7، ގައި ފެށި ހަނގުރާމައަށް ދޮޅު މަސް ވާން ގާތްވެފައިވާއިރު މިހާތަނަށް އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 14،000 އަށްވުރެ ގިނަ މީހުން ވަނީ މަރާލައިފަ އެވެ. އޭގެތެރެއިން 5600 ކުޑަކުދިން ވެސް ހިމެނެ އެވެ.

ވައިގެ ހަމަލާތަކުގެ އިތުރުން އިޒްރޭލުން ގާޒާގެ އުތުރަށް ވަނީ ވަދެގަނެފަ އެވެ. ޓޭންކަރުތަކާއި އެއްގަމު ސިފައިން ބޭނުންކޮށްގެން އިޒްރޭލު އަސްކަރިއްޔާއިން ދަނީ އުތުރު ގާޒާ ސުންނާފަތި ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox