ދައްޗަސް އެމްއެމްއޭން ލަފާދެނީ އެންމެނަށް ލިބޭ ސަބްސިޑީ އުވާލައި، އާސަންދަ ހަމައަކަށް އަޅުވަން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ: ހަރަދު ކުޑަކުރަން އަޅަންޖެހޭ ފިޔަވަޅުތައް ކޮންމެހެން ތަންފީޒުކުރަން ލަފާދިން -- އަދަދު ފައިލް ފޮޓޯ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ: ހަރަދު ކުޑަކުރަން އަޅަންޖެހޭ ފިޔަވަޅުތައް ކޮންމެހެން ތަންފީޒުކުރަން ލަފާދިން -- އަދަދު ފައިލް ފޮޓޯ

ތަންފީޒުކުރަން ގޮންޖެހުންތައް ހުރި ނަމަވެސް އަންނަ އަހަރު ރިކަރަންޓް ހަރަދު ކުޑަކުރަން ހުށަހަޅާފައިވާ ސިޔާސަތުތައް ތަންފީޒުކުރަން މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ން މިއަދު ލަފާ ދީފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މަރުކަޒީ ބޭންކުން އެރުވި ލަފާގައި ވަނީ، މި އަހަރެކޭ އެއް ފަދައިން އަންނަ އަހަރު ވެސް ހަރަދު ކުޑަކުރަން ހުށަހަޅާފައިވާ ސިޔާސަތުތައް ތަންފީޒު ނުވެ ލަސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެމްއެމްއޭން އެ ފާހަގަކުރި ގޮތަށް ކުރީ ސަރުކާރުން ވަނީ މި އަހަރުގެ ތެރޭގައި އެންމެނަށް ލިބޭ ފިއުލް ސަބްސިޑީ އުވާލަން މަސައްކަތް ކޮށްފަ އެވެ. ނަަމަވެސް, އެކި ގޮތްގޮތުން ދިމާވީ ގޮންޖެހުންތަކުގެ ތެރޭގައި އެކަން ތަންފީޒެއް ނުވެ އެވެ.

އަންނަ އަހަރު ހަރަދު ކުޑަކުރަން ހުށަހަޅާފައިވާ ސިޔާސަތުތަކުގެ ތެރޭގައި ހިމެނެނީ އެންމެނަށް ލިބޭ ކަރަންޓާއި ތެލާއި ކާޑު އަދި ނަރުދަމާގެ އިންޑައިރެކްޓް ސަބްސިޑީގެ ބަދަލުގައި، އާމްދަނީ އާއި ދިރިއުޅުމުގެ ފެންވަރަށް ބަލައި، ޓާގެޓަޑް ސަބްސިޑީއަކަށް ބަދަލުކުރުމެވެ. އަނެއް ކަމަކީ އާސަންދައިގެ ނިޒާމުން ކުރާ ހޭދަ ވެސް ޓާގެޓިން ނިޒާމާ ގުޅުވާލައި، މެޑިކަލް ކޮންސިއުމަބަލްސް ބަލްކް ޕްރޮކިއުމަންޓްގެ ދަށުން ހޯދުމެވެ.

މިއީ ކުރަން އުނދަގޫ ކަމެއް ނަމަވެސް އެމްއެމްއޭން ވަނީ ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ހުރި ހިރާސްތައް ކުޑަކޮށް، އަވަސް މުއްދަތެއްގެ ތެރޭގައި ތަންފީޒުކުރަން ލަފާދީފަ އެވެ.

އޭގެ އިތުރުން އެމްއެމްއޭން ވަނީ މިހާރު ފައިސާ ލިބިގެން ހިނގަމުންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް އިސްކަން ދިނުމަށް ވެސް ލަފާދީފަ އެވެ. އަދި, އަލަށް ފަށަން ރާވާފައިވާ މަޝްރޫއުތަކުގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން އުނިކުރެވޭނެ މަޝްރޫއުތަކެއް ދެނެގަނެ، ކެޕިޓަލް ހަރަދު އިތުރަށް ދަށް ކުރުމަށެވެ.

އެމްއެމްއޭން ސަޕްލިމެންޓަރީ ބަޖެޓަށް ދިން ލަފާގައި ވެސް ވަނީ ފައިސާ ނުލިބޭ މަޝްރޫއުތައް ނުފެށުމަށެވެ. އަދި ކެޕިޓަލް ހަރަދު ހިނގާނެ މިންވަރު އަންދާޒާކުރުމަށް ޓަކައި ދައުލަތުގެ އިންފްރާޗްސްޓްރަކްޗާ އިންވެސްޓްމަންޓް ޕްލޭނެއް ތައްޔާރުކުރުން އެއީ މުހިންމު ކަމެއްކަމުގައި ވެސް އެ އޮތޯރިޓީން ދެކޭ ކަމަށް ލަފާގައި ބަޔާންކޮށްފައި ވެ އެވެ.

އޭގެ އިތުން އެމްއެމްއޭން ދިން ލަފާގައި ފާހަގަކުރި ކަންކަމަކީ:

  • މެދުރާސްތާގައި ހިންގުން ހަރުދަނާ ކުރެވެން ނެތް ކުންފުނިތައް ޕްރައިވެޓައިޒް ކުރުން
  • ބޭރުން ދަރަނި ހޯދަން ދަތިވާނެ އަދި އެތެރޭގެ ބާޒާރުން އެވަރަށް ފައިސާ ލިބޭނެ ކަމަށް ނުބެލެވުން
  • ފައިސާ ޗާޕުކުރުމުގެ ބަދަލުގައި ލިބޭ އާމްދަނީން ހަރަދުތައް ކުރުމަށް އިސްކަން ދިނުން
  • އިގުތިސޯދުގައި އިތުރުވެފައިވާ ނަގުދު ފައިސާގެ ސަބަބުން ޑޮލަރުގެ އަގު މަތިވާ ކަމަށް ފާހަގަކުރެވޭ، ހާލަތު އިތުރަށް ގޯސްވާނަމަ އެމްއެމްއޭން އޯޕަން މާކެޓް އޮޕަރޭޝަންސް (އޯއެމްއޯ) ފެށުމަށް މަޖުބޫރުވުން
  • ރިޒާވަށް ބޭނުންވާ ބޭރު ފައިސާ އަވަހަށް ނުލިބިއްޖެ ނަމަ ބޭރު ފައިސާގެ އަގާ އެކީ ތަކެތީގެ އަގު ބޮޑު ވެދާނެތީ، ބޭރުން ހޯދަން ޖެހޭ ފައިސާ ވީހާ ވެސް އަވަހަކަށް ހޯދުން

ހަރަދުތައް ކުޑަކުރަން ލަފާ ދިން ނަމަވެސް އަންނަ އަހަރަށް ލަފާކޮށްފައިވާ އާމްދަނީ ލިބޭނެ ކަމަށް އެމްއެމްއޭން ބުނެފައި ވެ އެވެ. އެގޮތުން އާމްދަނީގެ ގޮތުގައި ހުށަހަޅާފައިވާ އަންދާޒާއަކީ އިގްތިސާދީ ކުރިއެރުންތަކަށް ރިއާޔަތްކޮށް އެކަށޭނެ މިންވަރެއް ކަމަށް ފާހަގަކޮށްފައިވެ އެވެ.

އެހެން ނަމަވެސް، ފާއިތުވި އަހަރުތަކެކޭ އެއް ފަދައިން، އަންދާޒާކުރި ވަރަށް ހިލޭ އެހީ ނުލިބިދާނެ ކަމުގެ ކަންބޮޑުވުން އެމްއެމްއޭން ހިއްސާކުރި އެވެ. މިކަމަށް ރިއާޔަތްކޮށް އެ އޮތޯރިޓީން ލަފާދިނީ ކޮންޒަވޭޓިވް އަދަދެއް ހިލޭ އެހީގެ ގޮތުގައި ހިމެނުމަށެވެ.

ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް މިހާރު އަންދާޒާކޮށްފައިވާ އަދަދަކީ 1.3 ބިލިއަން ރުފިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox