ހުލާސާކޮށް އިއްޔެ: މި ސަރުކާރުގެ ކާމިޔާބުގެ ވާހަކަ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރައީސް ސޯލިހުގެ ސަރުކާރުގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ އަނިޔާވެރިކަމާ ނުލައި ރައްޔިތުންނަށް މިނިވަންކަން ދީގެން ހެޔޮ ވެރިކަމެއް ކޮށް، ތަރައްގީވެސް ގެނައުން ކަމަށް އިކޮނޮމިކް މިނިސްޓަރު، ފައްޔާޒު އިސްމާއިލް އިއްޔެ ވިދާޅުވި އެވެ.

މި ދައުރުގެ އެންމެ ފަހު ވަޒީރުންގެ ބައްދަލުވުން ނިންމަވައިލެއްވުމަށްފަހު "އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ފައްޔާޒް ވިދާޅުވީ ތަރައްގީ ގެނެވޭނީ ޚުދުމުހުތާރު ވެރިއަކަށް ކަމަށް ބުނާތީ ވަރަށް ގިނައިން އަޑު އިވޭ ކަމަށެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫންކަން މިދިޔަ ފަސް އަހަރު ތެރޭގައި މި ސަރުކާރުން ސާބިތު ކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ގިނަ ފަހަރަށް އަޑުއިވޭނެ ތަރައްގީ ގެނެވޭނީ ޚުދުމުހުތާރު ވެރިއަކަށޭ، މިހާރު އަޅުގަނޑުމެންނަށް ސާފުކޮށްދެވިފައި އޮތީ ޑިމޮކްރެސީ އާއި މިނިވަންކަމާ އެއްކޮށް ވެސް ތަރައްގީ ގެނެވޭނެކަން،" ފައްޔާޒް ވިދާޅުވި އެވެ.

ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ވަރަށް ބޮޑެތި ގޮންޖެހުންތަކާ އެކު ވެސް ރާއްޖޭގެ ހުރިހާ ދާއިރާތައަކަށް ކާމިޔާބީތަކެއް ހޯދިއްޖެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ވެރިކަމާ ހަވާލުވި އިރު، ގައުމު އޮތީ ވަރަށް ދަށް ހާލަތެއްގައި ކަން ފާހަގަ ކުރައްވައި ފައްޔާޒް ވިދާޅުވީ އުމްރާނީ ގޮތުންނާއި އިގުތިސާދީ ގޮތުން އަދި އަދުލު އިންސާފުގެ ދާއިރާއިންނާއި އިޖުތިމާއީ ގޮތުން ވެސް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ.

މިނިސްޓަރު ފައްޔާޒް އެ މޭރުމުން ވާހަކަދައްކަވާފައި ވާއިރު، ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުގެ ކެމްޕޭނު ޝިއާރެއްގެ ގޮތުގައި ވެސް ބޭނުން ކުރެއްވީ އުފާވެރި އަމާން ރާއްޖެ އެވެ. އެއީ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި ފަސް އަހަރަކީ ސިޔާސީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވެސް ރާއްޖެއަށް އެންމެ ހަމަޖެހުން ލިބުނު ފަސް އަހަރު ކަމަށް ވާތީ އެވެ.

މުހިއްމު ބައެއް ހަބަރު

ދުވަހުގެ ފޮޓޯ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ ފަހުގެ ކެބިނެޓު ބައްދަލުވުން ނޮވެމްބަރު 14، 2023 ގައި ކުރިޔަށް ދަނީ. -- ފޮޓޯ: ރައީސް އޮފީސް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ ފަހުގެ ކެބިނެޓު ބައްދަލުވުން ނޮވެމްބަރު 14، 2023 ގައި ކުރިޔަށް ދަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ ފަހުގެ ކެބިނެޓު ބައްދަލުވުން ނޮވެމްބަރު 14، 2023 ގައި ކުރިޔަށް ދަނީ. -- ފޮޓޯ: ރައީސް އޮފީސް

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox