އިޒްރޭލުގެ ހަމަލާތަކުގައި ގާޒާއިން މަރުވާ މީހުންގެ އަދަދު ނުބެލެހެއްޓޭ ހިސާބަށް

އިޒްރޭލުގެ ހަމަލާތަކުގައި ގާޒާއިން މަރުވާ މީހުންގެ އަދަދު ނުބެލެހެއްޓޭ ހިސާބަށް

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމު ވަރުގަދަކޮށް ދެމުންދާ ހަމަލާތަކުގައި ގާޒާއިން މަރުވާ މީހުންގެ އަދަދު ނުބެލެހެއްޓޭ ހިސާބަށް ގޮސްފި ކަމަށް އދ. އިން ބުނެފި އެވެ.

އދ. އިން ބުނި ގޮތުގައި ގާޒާގައި މަރުވާ މީހުންގެ އަދަދުގެ އަދާހަމައެއް އެންމެ ފަހުން ލިބުނީ ހުކުރު ދުވަހު ކަމަށެވެ. މިވީ ތިން ދުވަހުގެ ތެރޭގައި މަރުވި އަދި ޒަހަމްވި މީހުންގެ އަދަދު، ގާޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ. އދ. ގެ އޮފިޝަލުންނަށް ވެސް އަންގާފައި ނުވެ އެވެ.

މިދިޔަ މަހުގެ ހަތެއްގައި ހަނގުރާމަ އިއުލާނުކޮށް މެދުކެނޑުމެއްނެތި ދެމުންދާ ހަމަލާތަކުގައި ހުކުރު ދުވަހާ ހަމައަށް ގާޒާއިން މަރުވި މީހުންގެ އަދަދު އުޅެނީ 11,078 ގަ އެވެ.

އެއީ އެ މުއްދަތުގައި ދުވާލަކަށް އެވްރެޖުކޮށް 320 މީހުންނެވެ. ހަމާސް ޖަމާއަތާ ދެކޮޅަށް ކަމަށް ބުނެ ދޭ މި ހަމަލާތަކުގައި މަރުވާ މީހުންގެ 98 އިންސައްތަ އަކީ އާންމުންނެވެ. އޭގެ ތެރެގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެ އެވެ.

ހުކުރު ދުވަހު އދ. އިން ދިން އަދާހަމާގައި ބުނެފައިވާ ގޮތުން މަރުވި މީހުންގެ އިތުރުން، ގެއްލިފައިވާ މީހުންގެ އަދަދު 2،700 އަށް އަރަ އެވެ. އޭގެ ތެރޭގައިވެސް 1،500 އެއްހާ ކުޑަކުދިން ހިމެނެ އެވެ. ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު އުޅެނީ 27،500 އިން މަތީގަ އެވެ.

ހުކުރު ދުވަހުގެ ފަހުންވެސް އިޒްރޭލުން ވަނީ ވައިގެ މަގުން އަދި އުތުރު ގާޒާއަށް އެއްގަމު މަގުން ވަދެ ހަމަލާތައް ދެމުންނެވެ. އެގޮތުން އެންމެ ވަރުގަދަ ހަމަލާތަކެއް ދީފައިވަނީ ގާޒާގައި ހުންނަ އަލް ޝިފާ ހޮސްޕިޓަލަށެވެ.

އިޒްރޭލުން ބުނާ ގޮތުން ޝިފާ ހޮސްޕިޓަލުގެ ބިމު އަޑީގައި ހަމާސްއިން ދަނީ އެމީހުންގެ މައި މަރުކަޒު ހިންގަމުންނެވެ.

އެ ބުނުމަށް އެއްވެސް ހެއްކެއް އިޒްރޭލަށް ދެއްކިފައި ނުވާއިރު، ހަމާސްއިން ދަނީ އެކަން ދޮގުކުރަމުންނެވެ. އަދި މިއީ އާންމުންނަށް އަމާޒުކޮށް ހިންގާ ހަނގުރާމައިގެ ޖަރީމާއެއްގެ ނިވާފަތްގަނޑެއްގެ ގޮތުން ދައްކާ ވާހަކައެއް ކަމަށްވެސް ހަމާސްއިން ބުނެ އެވެ.

ނަމަވެސް، އިޒްރޭލުން ދަނީ ކެނޑިނޭޅި ވައިގެ މަގުން އެ ހޮސްޕިޓަލާއި ވަށައިގެންވާ ސަރަހައްދަށް ހަމަލާދެމުންނެވެ. އަދި، އެއްގަމު މަގުން އުތުރު ގާޒާއަށް ވަދެގަނެފައިވާ އިޒްރޭލުގެ ސިފައިންނާއި ޓޭންކުތަކުންވެސް އެ ހޮސްޕިޓަލަށް މިހާރު ހަމަލާ ދެމުންދާ ކަމަށް އެ ހޮސްޕިޓަލުގެ ޑިރެކްޓަރު ގަތަރުގެ އަލް ޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox