ގަރާރާ މެދު އީވާ އާއި އަފީފު ނިންމުން ގޯސް: އަމީންއާއްމު

މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ އާއި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު. އާޓްވޯކް: ރައްޔާން މުހައްމަދު/އަދަދު

މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ އާއި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު. އާޓްވޯކް: ރައްޔާން މުހައްމަދު/އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން މަޖިލީހަށް ހުށަހެޅި ގަރާރު ގަވައިދާ ހިލާފު ކަމަށް ނިންމައި، މިއަދު ތާވަލުކުރި ދެ ޖަލްސާ ވެސް ކުރިއަށް ނުގެންދިޔައީ ރަނގަޅަށް ނޫން ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

ނަޝީދު ވަކިކުރަން ހުށަހެޅި ގަރާރު ގަވައިދާ ހިލާފު ކަމަށް، މިއަދުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި އަފީފު ނިންމެވީ ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ނެންގެވި ނިޒާމާ ބެހޭ ނުކުތާއަކަށް ރިއާޔަތްކުރައްވައިގެންނެވެ.

އާޒިމު ނެންގެވި ނުކުތާ ރަނގަޅު ކަމަށް ކަނޑައަަޅުއްވައި އަފީފު ވިދާޅުވީ އެ ގަރާރުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެހެން ވިދާޅުވެ ޖަލްސާ ނިންމަވައިލެއްވީ އެވެ.

Advertisement

މިއަދުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު އަފީފާ ހަވާލުކުރީ ނައިބުރައީސް އީވާ އަބްދުﷲ ސަލާމް ވިދާޅުވެފައި ވާތީ ކަމަށް އެ ޖަލްސާ ފެށިއިރު އަމީން އާއްމު ފާތިމަތު ނިއުޝާ އިއުލާނުކުރެއްވި އެވެ. އެހެން ނަމަވެސް މިއަދު ކުއްލި ގޮތަކަށް ތާވަލުކުރި ދެވަނަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން އީވާ ވަޑައިގެންނެވި އެވެ. އެ ޖަލްސާ ފެށްޓެވުމަށް ފަހު އީވާ ވިދާޅުވީ ގަރާރާ މެދު އަފީފު ނިންމެވި ނިންމެވުން އެގޮތަށް އޮތުމުން އޭގެ މަސައްކަތް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

"މިއަދުގެ ދެވަނަ ޖަލްސާ ތާވަލުކުރެއްވީ ފުރަތަމަ ޖަލްސާގައި އަފީފު ނިންމެވި ނިންމެވުން ގޯސް ކަމަށް ސެކްރެޓޭރިއަޓުން ދެކޭތީތޯ" "އަދަދު"ން ސުވާލުކުރުމުން އަމީން އާއްމު ނިއުޝާ ވިދާޅުވީ، ދެވަނަ ޖަލްސާ ތާވަލުކުރީ އެހެންވެ ކަމަށެވެ.

މަޖިލީހުގެ ޑިރެކްޓަރް އޮފް ކޮމިއުނިކޭޝަންސް ހަސަން ޒިޔާއު "އަދަދު" އަށް ވިދާޅުވި ގޮތުގައި ދެވަނަ ޖަލްސާގައި ނައިބު ރައީސް އީވާ ނިންމެވި ނިންމެވުމާ މެދުގައި ވެސް އިދާރާއިން ދެކެނީ ހަމަ އެގޮތަށެވެ. ފުރަތަމަ ޖަލްސާގައި އަފީފު އެގޮތަށް ނިންމެވީ އެގޮތަށް ނުނިންމަވަން އަމީންއާއްމު ލަފާ ދެއްވާފައި ވަނިކޮށް ކަމަށް ވެސް ޒިޔާއު ވިދާޅުވި އެވެ.

""އިދާރާއިން ދެކެނީ މައްސަލަ އެގޮތަށް ރިޔާސަތަށް ބޭރު ނުކުރެވޭނެ ކަމަށް،"ޒިޔާއު ވިދާޅުވި އެވެ.

އެގޮތަށް ނިންމެވި އިރު ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާގެ ގާނޫނީ ލަފާ ހޯއްދެވިންތޯ، "އަދަދު" އިން ސުވާލުކުރުމުން މެމްބަރު އަފީފު ވިދާޅުވީ އެކަމުގައި ލަފާ ހޯއްދަވަން ޖެހިވަޑައިނުގަންނަވާ ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ގަރާރު ގަވައިދާ ހިލާފުކަން ގަވައިދަށް ބެލީމާ އެނގިވަޑައިގަންނަވާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox