ރައީސްގެ ވަދާއީ ހިތާބު:" އެންމެ ބޮޑު ކާމިޔާބަކީ ހަމަޖެހުމާއި ސުލްހަ ގެނެވުން"

ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހިތޯބު ދެއްވަނީ. ފޮޓޯ: ރައީސް

ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހިތޯބު ދެއްވަނީ. ފޮޓޯ: ރައީސް

ވެރިކަމުގައި ގައުމަށް ގެނެވުނު ހަމަޖެހުމާއި ސުލްޙަ މަސަލަސް ކަމަކީ ލިބުނު އެންމެބޮޑު ކުރިއެރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަ ކުރާ 55 ވަނަ ޖުމްހޫރީ ދުވަހާ ގުޅިގެން ދެއްވި ހިތާބުގައި އެ މަނިކުފާނު ވިދާޅުވީ ވޭތުވެގެން މިދާ ފަސް އަހަރު މާލޭގެ މަގުތައް އަމާންކަމާއެކު ބޭއްވުނީ، ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.

"ކުށްކުރާ ގްރޫޕްތަކާއި ޑްރަގުގެ ވިޔަފާރި އާއި ދެކޮޅަށް، އުނދަގޫ އަދި ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނު. މިމަސައްކަތުގައި ފުލުހުންނާއި ސިފައިން އަދާކުރި ދައުރު ބޮޑު،" ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެ މަނިކުފާނު ދެއްވާނެ އެންމެ ފަހު ހިތާބުގައި ވިދާޅުވި އެވެ.

އަންނަ ހުކުރު ދުވަހު އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ އެވެ.

ނޮވެމްބަރު 17، 2018 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ސޯލިހު މިއަދު ދެއްވި ހިތާބުގައި ވިދާޅުވީ ރާއްޖޭގެ ޝަރުއީ ދާއިރާއާ ފުލުހުންނާ ސިފައިން އަދި މިނިވަން މުއައްސަސާތަށް ސިޔާސީ ނުފޫޒުން މިނިވަންވުމަކީ ގައުމަށް ކޮންމެހެން ބޭނުން ކަމެއް ކަމަށާއި ނުފޫޒުން އެއްކިބާވެ މަސައްކަތްކުރުމުގެ ފުރުޞަތު އެދާއިރާތަކަށް އެ މަނިކުފާނު ދެއްވި ކަމަށެވެ.

ވެރިކަމުގެ ހައްގުތައް އަދާ ކުރުމުގައި ހަމަހަމަ ކަމާއެކު އިޖްތިމާއީ އަދާލަތު ގާއިމްކުރުމަށާއި ރަށްތަކުގެ މެދުގައި އޮތް ޒަމާންވީ ފަރަގު ކުޑަކުރަން އިސްކަން ދެއްވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ހިދުމަތްތައް ހަމަހަމަ ކުރެވި ، ވަސީލަތްތައް ފުރިހަމަކޮށް ، ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތެއްގެ މައްޗަށް ސަރުކާރުން އަދާކުރާންޖެހޭ ހައްގުތަކަށް އިސްކަން ދިނިން. ފަރުދީ ގޮތުން ރައްޔިތުންނަށް ހިދުމަތް ކުރުމަށް އޮތް ކޮންމެ ފުރުސަތެއްގެ ބޭނުން ސަރުކާރުން ހިފިން. ވާޖިބު އަދާކުރުމުގައި އިންސާފުވެރި އޯގާތެރި ހެޔޮވެރިކަމެއް ހުރިހާ ރައްޔިތުންނަށް ކޮށްދިނުމަށް އަޅުގަނޑު މަސައްކަތް ކުރިން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ޝުކުރު އެންމެނަށް

ވެރިކަމުގެ ފަސް އަހަރުގެ ދައުރުގައި އެއްބާރުލުމާއި އެހީތެރިކަން ދެއްވި ހުރިހާ ފަރާތްތަކަށް އެ ރައީސް މިއަދު ވެސް ޝުކުރު އަދާކުރެއްވި އެވެ.

"އެ ޕާޓީއަކަށް އަޅުގަނޑު ނިސްބަތްވާ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ލީޑަރޝިޕްއާ ، ޕާލިމަންޓަރީ ގްރޫޕާ އަދި އާންމު މެންބަރުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރާއެކު ތިއްބެވި ކޯލިޝަން ޕާޓީތަކުގެ ލީޑަޝިޕާއި އެ ޕާޓީތަކުގެ މެންބަރުންގެ އަގު ވަޒަންކުރައްވާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި ވަޒީރުންގެ މަޖިލީހާއި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންގެ މަސައްކަތް ވެސް ރައީސް ފާހަގަ ކުރެއްވެވި އެވެ.

ދިވެހިރާއްޖޭގެ ސިފައިންނާއި ފުލުހުން އަދާކުރެއްވި މުހިއްމު ގައުމީ ވާޖިބްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވުމަށް ފަހު ރައީސް ފާހަގަ ކުރެއްވީ ނޫސްވެރިންގެ މަސައްކަތް ވެސް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވި އެވެ.

"އަޅުގަނޑުގެ ނަޒަރުގައި ސަރުކާރުން ހޯދި ހުރިހާ ކާމިޔާބީއެއްގެ އެއް ބައިވެރިއަކީ ދިވެހި ލޮބުވެތި ރައްޔިތުން. އެކަމަށްޓަކައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވަން" ރައީސް ވިދާޅުވި އެވެ.

ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ގެނެވުމުގެ ކާމިޔާބީ ފާހަގަ ކުރެއްވުމާ އެކު ހިތާބުގައި އެމަނިކުފާނު ވިދާޅުވީ މިހޯދުނު ކާމިޔާބީތަށް ހިފަހައްޓައި، ދަމަހައްޓައި ގައުމުގައި އެކަން އަށަގެންނެވުމަކީ ދެން އަންނަ ހުރިހާ ސަރުކާރުތަކާ ވެރިންގެ މަސްއޫލިއްޔަތެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox