ކުނޑި ލަޠީފުގެ "ޙަޤީޤަތަކީ މިއީއެވެ" ގައި އިޝާރާތްކުރައްވާ ދާރައަކީ ކޮބާ؟

ކުނޑި ލަޠީފުގެ "ޙަޤީޤަތަކީ މިއީއެވެ" ގައި އިޝާރާތްކުރައްވާ ދާރައަކީ ކޮބާ؟

އެރޭ ކިލާހުގައި ކިޔަވައިދިނީ އަދަބިއްޔާތުގައި ބޭނުންކުރާ ބަހަވީ އުކުޅުތަކުގެ ތެރެއިން އިޝާރާތް ނުވަތަ އެލޫޝަނެވެ. އެލޫޝަނަކީ މުޞައްނިފުގެ މެސެޖަށް އިތުރު ބާރެއް ދިނުމުގެ ގޮތަކުން، ތަނަކަށް، ކަމަކަށް، މީހަކަށް، ނުވަތަ ހާދިސާއަކަށް ކުރާ އިޝާރާތެއް ކަމަށް ބުނެދީފައި، މިސާލެއްގެ ގޮތުގައި މި ކިޔައިދިނީ، އަލްމަރްޙޫމް މުޙައްމަދު ޢަބްދުއްލަޠީފް (ކުނޑި ލަޠީފު)ގެ މަޝްހޫރު، ޢިބްރަތްތެރި ޅެން "ޙަޤީޤަތަކީ މިއީ އެވެ" މި ޅެމުގެ ތިރީގައިމިވާ ބައިތެވެ.

"ދާރަޔާ ސިކަންދަރާ ސީޒަރާ ނަޕޯލިޔަން

މާދުރަށް ވިދާލިނަން އޮބައިފިޔޭ އެފަޑުވެގެން"

އިތުރަށް ކިޔައިދެމުން ދިޔައީމެވެ. ސިކަންދަރަކީ ކާކުކަމެވެ. ސީޒަރާއި ނަޕޯލިޔަނަކީ ކޮބައިކަމެވެ. އެކަމަކު އެ ކުލާހުގައިވެސް، ލަދުންހުރެމެ އަހަރެން އިޢުތިރާފުވާން ޖެހުނީ، ޅެންވެރިޔާ އެ އިޝާރާތްކުރައްވާ ދާރައަކީ ކާކުކަން "މިސް"އަށް އަދި ނޭނގޭކަމަށެވެ.

މިގޮތެއް އަހަންނަކަށް ކަމަކުނުދިޔައެވެ. ދާރަ އަކީ ކާކުތޯ ބަލަން އަހަރެން ޢަޒުމުކަނޑައެޅީމެވެ. އަލުންބަލުން މަސައްކަތް ފަށައިފީމެވެ. މި މަސައްކަތުގެ ތެރެއިން ފާޅުވި ނަމަކީ އިންޑިޔާގައި އޮތް މުޣަލް ވެރިކަމުގައި މުހިއްމު ދައުރެއް އަދާކުރި އެއް އަމީރުކަމުގައިވާ މުޙައްމަދު ދާރާ ޝުކޯހްގެ ނަމެވެ.

Advertisement

އެއީ ނަން މަޝްހޫރު ޝާހް ޖަހާނާއި މުމްތާޒުގެ ދޮށީ ދަރިކަލުންނެވެ. ޝާހް ޖަހާން އޭނާގެ ބައްޕަ، އޭރު ވެރިކަމުގައި ހުންނެވި ނޫރުއްދީން މުޙައްމަދު ސާލިމް ނުވަތަ ޖަހަންގީރް ރަސްގެފާނާ ދެކޮޅަށް ހަތިޔާރު ނަގައި ނާކާމިޔާބު ބަޣާވާތެއް ހިންގިއެވެ. މި މައްސަލައިގައި ޖަހަންގީރު ޝާހްޖަހާނަށް މަޢާފު ދިނެވެ. އެހެން ނަމަވެސް، އަދަބެއްގެ ގޮތުން، އޭނާގެ ދަރިންކޮޅު، ރަހީނުންގެ ގޮތުގައި ގެންދިޔައެވެ. ނަތީޖާއަކަށް ވެގެންދިޔައީ، ދާރާ ޝުކޯހަށް އޭނާގެ ބައްޕައާ ދުރުގައި ގިނަ އަހަރުތަކެއް ވޭތުކުރަން ޖެހުމެވެ. އޭނާއަށް އޭނާގެ ބައްޕައާ ދެން ބައްދަލުވި ކަމަށް ބުނެވެނީ އޭނާގެ ޢުމުރުން ތޭރަ އަހަރުގައި އޭނާގެ ބައްޕަ ޝާހްޖަހާން މުޣަލް ތަޚުތުގައި އިށީނުމުންނެވެ.

ކޮންމެއަކަސް، ދާރާ ވެގެންދިޔައީ އޭނާގެ ބައްޕަގެ އެންމެ އަރިސް އެކަކަށެވެ. ވަލީއަހުދުގެ ލަޤަބު ދިނުމަށްފަހު، ފުރާވަރަށް އެޅީއްސުރެ އޭނާ ތައްޔާރުކުރަމުން ދިޔައީ ވެރިކަންކުރުމަށެވެ. އެގޮތުން ދީނާއި ޢިލްމު އުގެނުމަށް، އޭނާ ގަނޑުވަރުގައި ބަހައްޓާފައި ހުރީ، އޭނާގެ ކޮއްކޮމެން އެހެން ސަރަޙައްދުތަކުގައި އިދާރީ ހިންގުމުގެ މަސައްކަތްތަކަށް ފޮނުވުމަށްފަހުގަ އެވެ. ވަރަށް ހަގު ޢުމުރުގައި ބޮޑެތި ލަޤަބުތަކާއި ޒިންމާތައް އޭނާއާ ހަވާލުކުރަމުންދިޔަ އެވެ. ސިޔާސީ މައިދާނުގައި އެއް އުސްމިނުން އަނެއް އުސްމިނަށް ދާރާ ދަތުރުކުރަމުން ދިޔައީ ވިދުވަރެއްހާ ހަލުވި ދުވެއްޔެއްގައެވެ. ދީނީ ޢިލްމު އުގެނުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން ދާރާ ކުރި އެއްކަމަކީ، ހުރިހާ ދީނަކާ ބެހޭ މަޢުލޫމާތު އެއްކުރުމެވެ. އެހެން ނަމަވެސް މި ހުރިހާ ދީނަކާ ގުޅޭ ގޮތުން މަޢުލޫމާތުތައް ވެގެންދިޔައީ އޭނާގެ އަޤީދާ އިމްތިޙާނުކުރެވުނު ކަމަކަށެވެ. ނަތީޖާއަކަށްވީ، ސެކިއުލަރިޒަމްގެ ވިސްނުން އޭނާގެ ހިތުގައި ވަކި ހިއްޕާލުމެވެ. އޭނާގެ މި ޚިޔާލުތައް ތަފްޞީލުކޮށް، ޢުމުރުން 44 އަހަރުގައި ދާރާ ފޮތެއް ލިޔުނެވެ. އެއަށް ކީ "މަޖްމާއުލް ބަހްރައިން" ނުވަތަ "ދެކަނޑު ބައްދަލުވުން"އެވެ. އޭގައި ހުރި ވާހަކަތަކާއި، އޭނާގެ ޤަބޫލުކުރުންތަކުގެ ސަބަބުން އޭނާ ވެގެންދިޔައީ އިސްލާމީ މުޣަލް ދަރުބާރުގެ ނަފުރަތު ލިބުނު އަމީރަކަށެވެ.

ކަން މިހެން އޮއްވައި ދާރާގެ ބައްޕަ، ރަސްގެފާނު ޝާހް ޖަހާން ބަލި އެނދުގައި އޮށޯންނަން ޖެހިއްޖެ އެވެ. އޭރު އޭނާގެ ދެން ތިބި ފިރިހެން ކޮއްކޮމެންވީ އެ ރަސްކަމުގެ އެހެން ސަރަޙައްދުތަކަށް ފޮނުވާލާފައެވެ. މި މީހުން ޝައްކުކުރީ ރަސްގެފާނު އަވަހާރަވުމުން އެކަން ފޮރުވައިގެން ވެރިކަން އަތުލުމަށް ދާރާ ޝުކޯހް މަސައްކަތްކުރަނީކަމަށެވެ. މިހެން ޝައްކުކޮށް، ދާރާގެ ހަގަށް ހުރި ޝުޖާ ލަޝްކަރަކާއެކު ވެރިކަން އަތުލުމަށް ދިޔައެވެ. އެހެން ނަމަވެސް ދާރާ، އޭނާގެ ދަރިފުޅުގެ ކޮމާންޑުގެ ދަށުގައި ފޮނުވި ލަޝްކަރަކުން މި މީހުން ބަލިކޮށް، ޝުޖާ މަރާލިއެވެ. މިހާ ހިސާބުން ދާރާގެ ދެ ކޮއްކޮއިން ކަމުގައިވާ މުރާދް ބަޚްޝް އައުރަންގަޒީބު އަލަމްގީރާ ބައިއަތު ހިފައި، ދާރާ ބަލިކުރަން ނިންމިއެވެ. 1658 ވަނަ އަހަރު މި ދެ ބައި މީހުން ކުރި ހަނގުރާމައަކުން ދާރާއަށް ކުރިއެއް ނުހޯދުނެވެ. އެހިސާބުން އޭނާ ނިންމީ އާގަރާ ދޫކޮށް ފިލައިގެން ދިއުމަށެވެ. އެހެން ނަމަވެސް އައުރަންގަޒީބާ ދެކޮޅަށް އަނެއްކާވެސް ހަނގުރާމަކޮށް، އޭނާއަށް ބަލި ޤަބޫލުކުރަން މަޖުބޫރުވިއެވެ. ދެން އޭނާ ސިންދަށް ގޮސް އަފްޣާން ލީޑަރެއްގެ ހިމާޔަތް ހޯދައިގެން ހުއްޓައި، އެލީޑަރު އޭނާއަށް ގައްދާރުވެ، އޭނާގެ ކޮއްކޮ އައުރަންގަޒީބާ އޭނާ ހަވާލުކުރިއެވެ. އިސްލާމް ދީނާ ދެކޮޅު މީހެއްގެ ގޮތުގައި އޭނާ ޤަތުލުކޮށްފައިވަނީ 1659 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 30 ވަނަ ދުވަހުގަ އެވެ.

މުޣަލް ދަރުބާރުން ނިކުމެ، ދިވެހި އަދަބީ ގުލްޝަނަށް އެނބުރިދަމާ ހިނގާށެވެ. އަލްމަރްޙޫމް މުޙައްމަދު ޢަބްދުއްލަޠީފް (ކުނޑި ލަޠީފު)ގެ މަޝްހޫރު، ޢިބްރަތްތެރި ޅެން "ޙަޤީޤަތަކީ މިއީއެވެ" މި ޅެމުގައި އިޝާރާތްކުރައްވާފައިވާ އެހެން މީހުންގެ ވާހަކަވެސް ހަނދާންކޮށްލަން ހިނގާށެވެ. ސިކަންދަރާއި ސީޒަރާއި ނަޕޯލިއަން މިއީ ހައްތަހާވެސް، އެމީހުންގެ ބާރާއި ނުފޫޒުގެ ސަބަބުން މުޅި ދުނިޔެއަށް އެމީހުންގެ ނަން މަޝްހޫރު ވެގެންދިޔަ މީހުންނެވެ. އެހެން ނަމަވެސް، މިއިން އެކަކަށްވެސް މަރުގެ ކުރިމަތީ ގަދަބަދަވި ކަމެއް ނުދެއްކުނެވެ. އެމީހުންގެ ބާރަކުން، ނުފޫޒަކުން، އަޖަލު ހަމަވުމުން، އެ ނިޔާ ހުއްޓުވުމަށް އެއްވެސް ކަމެއް ނުކުރެވުނެވެ. މިއިން ކޮންމެ މީހެއްގެ ވެސް މަރު އައިސްފައި ވަނީ ނިކަމެތިކަމާއެކުގައެވެ. ސިކަންދަރުގެ މަރާމެދު ތާރީޚު ދިރާސާކުރާ މީހުން ޚިލާފު އުފައްދައެވެ. އެއްބަޔަކު ދެކޭ ގޮތުގައި އޭނާ މަރުވީ އޭނާއާ ދެކޮޅު ބަޔަކު އޭނާއަށް ވިހައެއް ބޯންދީގެންނެވެ. އެހެން މީހުން ދެކޭ ގޮތުގައި އެ ގަދަ ފަދަ ސިކަންދަރު މަރުވީ ކުޑަކުޑަ މަދިރިއެއްގެ ޒަރިއްޔާއިން މެލޭރިޔާ ޖެހިގެންނެވެ. ސީޒަރތޯއެވެ. ޖޫލިޔަސް ސީޒަރ މަރާލީ އޭނާގެ އަމިއްލަ ސެނެޓުގެ މީހުންނެވެ. އެމީހުން އޭނާއަށް ޣައްދާރުވެ، އޭނާގެ އެންމެ އަރިސް ބްރޫޓަސްވެސް އެ ބައިގެ ތެރޭގައި ހިމެނިގެން އޭނާ ޤަތުލުކުރީއެވެ. އެއް އިރެއްގައި މުޅި ދުނިޔެ އިސްތިޢުމާރުކޮށްފާނެޔޭ ހީވި ފަރަންސޭސި އެމްޕަރަރ ނަޕޯލިއަންވެސް މަރުވީ، ގޭ ބަންދުގައި އޮވެ، ބަލިޙާލުގައެވެ.

ލަޠީފްގެ ޅެމުގައި ދާރާ ޝުކޯހްގެ ނަންވެސް ގެނެސްފައި މި އޮންނަނީ، ސިކަންދަރާއި، ނަޕޯލިޔަނާއި، ސީޒަރުފަދަ މީހުންނާ އެއްސަފެއްގައެވެ. ބާރުވެރި މީހުންނަށްވެސް ނިކަމެތި ގޮތުގައި ނިމުން އަތުވެދާނޭކަން އަންގައިދިނުމަށްޓަކައެވެ. ޅެމުގެ ފުރަތަމަ ބައިތުގައި އެ ދެއްވާ ބަޔާނަށް ބާރުދެއްވުމުގެ ގޮތުންނެވެ. އިސްވެ ދެންނެވި އިޝާރާތްތަކުން އެ މަޤްޞަދު ކިތަންމެ ރަނގަޅަކަށްވެސް ހާޞިލުކުރައްވާފައިވެއެވެ. ނިންމާލަމުން އެ މުހިއްމު ބައިތު ހަނދާންކޮށްލަމާ ހިނގާށެވެ.

"ކާކުތޯ ނުދާނެނީ މިގުލްޝަނުން ވަކިވެ ހިނގާ

ކާކުތޯއެ ހަރުލަނީ ނުދާނެހެން މި ތާކުގާ"

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox