ރެއާލް އިން އެމްބާޕޭ ނުގެންނާނެ ސަބަބުތައް ކިޔައިދީފި

Nov 9, 2023, 1:53 PM
ރެއާލް އިން އެމްބާޕޭ ނުގެންނާނެ ސަބަބުތައް ކިޔައިދީފި

މެޑްރިޑް (ނޮވެމްބަރު 9) - ރެއާލް މެޑްރިޑުން ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ އެޓީމަށް ސޮއި ނުކުރާނެކަން ހާމަކޮށްފައިވާކަމަށް ސްޕެއިންގެ ނޫސްތަކުން ބުނަން ފަށައިފި އެވެ.

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ކިލިއަން އެމްބާޕޭ އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. ޕީއެސްޖީ އިން މަސައްކަތްކުރަމުން އަންނަނީ އެމްބާޕޭގެ ކޮންޓްރެކްޓް އާކޮށް ރަނގަޅު ފީއެއްގައި އޭނާ ވިއްކާލުމަށެވެ. ނަމަވެސް އާ ކޮންޓްރެކްޓެއްގައި ސޮއިކުރުމުގެ ޝައުގުވެރިކަމެއް އެމްބާޕޭގެ ނެތެވެ.

މިދިޔަ ތިން އަހަރުވެސް އެމްބާޕޭގެ ސޮއި ހޯދުމަށް އެންމެ ބޮޑަށް މަސައްކަތްކުރި އެއް ކުލަބަކީ ރެއާލް މެޑްރިޑެވެ. އެމްބާޕޭ ވެސް މެޑްރިޑަށް ދާން ބޭނުންވެގެން ގިނަ މަސައްކަތްތަކެއް ކުރި އެވެ. ނަމަވެސް އެކަން ކާމިޔާބު ނުވެ އޭނާ ޖެހުނީ ޕީއެސްޖީގައި މަޑުކުރާށެވެ.

އަންނަ ސީޒަނުގައި އެމްބާޕޭ ޕީއެސްޖީ ދޫކޮށްލާނެކަން ޔަގީންވެފައިވާއިރު، އޭނާ ހޯދުމަށް މިހާރު ރެއާލްގެ ޝައުގުވެރިކަމެއް ނެތެވެ. ސްޕެއިން މީޑިއާތަކުން ބުނާ ގޮތުން ރެއާލް އިން އެމްބާޕޭ ސޮއިނުކުރަން ނިންމީ މައިގަނޑު ތިން ސަބަބަކާ ހުރެ އެވެ.

ފުރަތަމަ ސަބަބަކީ މުސާރައިގެ ގޮތުގައި އަހަރަކު 20 މިލިއަން ޔޫރޯ އާއި ބޯނަސްގެ ގޮތުގައި ވެސް ބޮޑު ހޭދައެއް އެކުލަބުން އެމްބާޕޭއަށް ހޭދަކުރަން ޖެހުމެވެ.

ދެ ވަނަ ސަބަބަކީ އެކުލަބުން ޒުވާން ކުޅުންތެރިންނަށް އިންވެސްޓް ކުރާއިރު، އެމްބާޕޭގެ އުމުރު މަތިވުމެވެ. މިހާރު އެމްބާޕޭގެ އުމުރަކީ 24 އަހަރެވެ. އެ ކްލަބުން އެންމެ ފަހުން ސޮއިކުރި ކުޅުންތެރިންވެސް ސޮއިކުރީ ޒުވާން އުމުރުގަ އެވެ.

އަނެއް ސަބަބަކީ ސަޕޯޓަރުންގެ މެދުގައި އެމްބާޕޭގެ މަގުބޫލުކަން ކުޑަވުމެވެ. 2022 ވަނަ އަހަރު ރެއާލްއަށް ނޫނެކޭ ބުނެ އޭނާ ޕީއެސްޖީގައި މަޑުކުރަން ނިންމުމުން އެކުލަބުގެ ސަޕޯޓަރުން ވަނީ ނުރުހުން ފާޅުކޮށް އެމްބާޕޭއާ ިމާކޮށްފަ އެވެ.

ސަޕޯޓަރުންގެ ނުރުހުން ކުލަބަށް އަމާޒުވުމުގެ އިތުތުން އެމްބާޕޭ ސޮއިކޮށްފި ނަމަ އެކުލަބަށް މާލީ ގޮތުން ވެސް އުނދަގޫތަކެއް ދިމާވެދާނެކަމަށް ބަލައި ރެއާލް އިން ބޭނުންވަނީ ފްރާންސްގެ ތަރި ނުގަންނާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox