އުރުދުން އިން ވައިގެ މަގުން ގާޒާއަށް ސިއްހީ އެހީގެ 'ކްރޭޓުތަކެއް' ވައްޓާލައިފި

ގާޒާއަށް އެހީގެ ގޮތުގައި ފޯރުކޮށްދިން ކްރޭޓުތައް އުރުދުންގެ އަސްކަރީ އުޅަނދައް އަރުވަނީ -

ގާޒާއަށް އެހީގެ ގޮތުގައި ފޯރުކޮށްދިން ކްރޭޓުތައް އުރުދުންގެ އަސްކަރީ އުޅަނދައް އަރުވަނީ -

އުރުދުން އިން އަސްކަރީ މަތިންދާބޯޓުތަކެއް ބޭނުންކޮށްގެން، އިޒްރޭލުން ބަންދުކޮށްފައިވާ ފަލަސްތީނުގެ ގާޒާއަށް ސިއްހީ އެހީގެ 'ކްރޭޓުތަކެއް' ނުވަތަ ފޮށިތަކެއް ވައްޓާލައިފި އެވެ.

އުރުދުންގެ ރަސްގެފާނު އަބްދުﷲ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާޒާގައި ހުންނަ އެ ގައުމުން ހިންގާ ފީލްޑު ހޮސްޕިޓަލަށް ބޭނުންވާ އެހީ ފޯރުކޮށްދީފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. އަދި އެ އެހީގެ ފޮށިތައް އަސްކަރީ މަތިންދާ ބޯޓަށް ބަރުކުރާ ފޮޓޯތަކެއްވެސް ރަސްގެފާނު ވަނީ ހިއްސާކުރައްވާފަ އެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ އެ ފޮށިތައް ގާޒާއަށް ފޯރުކޮށްދިނީ ޕެރަޝޫޓުގެ އެހީގައި ކަމަށާއި މި އޮޕަރޭޝަން ކުރިއަށް ގެންދަން ޖެހުނު މައިގަނޑު އެއް ސަބަބަކީ މިސްރުގެ ރަފާހު ބޯޑަރު ހުރަސްކޮށް އެހީ ފޯރުކޮށްދިނުމަށް ދަތިވުން ކަމަށެވެ.

Advertisement

މީގެ މަހެއް ކުރިން ފަލަސްތީނުގެ ހަމާސް ޖަމާއަތުން ދިން ހަމަލާއަށްފަހު، ވޭތުވެދިޔަ 75 އަހަރު އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާއްމު ވަރުގަދަކޮށް ހަނގުރާމަ އިއުލާނުކުރުމަށްފަހު ގާޒާ ވަނީ އެއްކޮށް ބަންދުކޮށްފަ އެވެ. ކަރަންޓާއި ފެން ކަނޑާލާ އެހީ ފޯރުކޮށްދޭ މަގުތައްވެސް ވަނީ ބަންދުކޮށްފަ އެވެ.

ހަމަލާތަކާ ގުޅިގެން އަނިޔާވާ މީހުންނަށް ފަރުވާ ދެމުންދާ ހޮސްޕިޓަލުތަކުންވެސް ކަރަންޓާއި ސަޕްލައި ހުސްވެ ހިދުމަތް ދިނުމަށް ދަނީ ދަތިވަމުންނެވެ. އެގޮތުން ގިނަ ހޮސްޕިޓަލުތަކަކަށް ކަރަންޓު ފޯރުކޮށްދޭ ޖަނަރޭޓަރުތަކުން ތެޔޮ ހުސްވެ މިހާރު ވަނީ ހިދުމަތް ހުއްޓާލާފަ އެވެ.

ވޭތުވެދިޔަ މަސްދުވަސް ތެރޭގައި ރަފާހު ބޯޑަރު ހުރަސްކޮށް ގާޒާއަށް ވަދެވައިފާ 200 އަށްވުރެ މަދު އެހީގެ އުޅަނދެވެ. އޭގެ ކުރިން ދުވާލެއްގެ މައްޗަށް ގާޒާއަށް 100 އެއްހާ އުޅަނދު މުދާ ހިފައިގެން ވަދެ އެވެ.

އިޒްރޭލުން ފެން ކަނޑާލުމަށްފަހު ދަނީ ގާޒާގައި ހުރި ފެން ވަޅުތަކާއި، މަސްވެރިންގެ މަސް ބޯޓުތަކަށްވެސް ހަމަލާދެމުންނެވެ.

ހަމާސްގެ ހަމަލާތަކުގައި އިޒްރޭލުގެ 1400 އަށްވުރެ ގިނަ މީހުން މަރާލި އިރު، އިޒްރޭލުން ވަނީ މިދިޔަ މަސްދުވަހުގެ ތެރޭ 9،700 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފަ އެވެ. އޭގެ ތެރޭގައި ގާޒާ އަދި ވެރިވެގަނެފައިވާ ހުޅަނގު އައްސޭރިން ޝަހީދުވި މީހުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox