ޖަބަލިއާ ރެފިއުޖީ ކޭމްޕުގެ މައި ފެން ވަޅަށް އިޒްރޭލުން ހަމަލާ ދީފި

ގާޒާއަށް އިޒްރޭލުން ރޭ ބޮން އަޅަނީ : ޖަބަލިއާ ރެފިއުޖީ ކޭމްޕުގެ މައި ފެން ވަޅަށް އިޒްރޭލުން ހަމަލާދީފި - ފޮޓޯ: އޭއެފްޕީ

ގާޒާއަށް އިޒްރޭލުން ރޭ ބޮން އަޅަނީ : ޖަބަލިއާ ރެފިއުޖީ ކޭމްޕުގެ މައި ފެން ވަޅަށް އިޒްރޭލުން ހަމަލާދީފި - ފޮޓޯ: އޭއެފްޕީ

ގާޒާގައި ހުންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް މީގެ ދެ ދުވަސް ކުރިން ދިން ހަމަލާތަކަށްފަހު އެ ސަރަހައްދުގެ މައި ފެންވަޅަށް އިޒްރޭލުން ހަމަލާ ދީފި އެވެ.

މިދިޔަ މަހުގެ ހަތްވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ގްރޫޕުން ދިން ހަމަލާއަށްފަހު އިޒްރޭލުން ހަނގުރާމަ އިއުލާނުކޮށް ވޭތުދެވިޔަ 75 އަހަރު ހިންގަމުން އަންނަ ގަތުލުއާންމު ވަރުގަދަކޮށް ދެމުންދާ ހަމަލާތަކުގައި ވަނީ ރެފިއުޖީ ކޭމްޕުތަކުގެ އިތުރުން، ސްކޫލުތަކާއި ހޮސްޕިޓަލުތައް އަދި މިސްކިތްތަކާއި ފައްޅިތަކަށް ވެސް ވަނީ ހަމަލާ ދީފަ އެވެ.

މިއީ ވޭތުދިޔަ ހަތަރު ދުވަސްތެރޭ އިޒްރޭލުން ޖަބަލިއާ ކޭމްޕަށް ދިން ތިންވަނަ ހަމަލާ އެވެ. ފުރަތަމަ ދެ ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 80 އިން މައްޗަށް އަރާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ރޭގެ ހަމަލާ އަމާޒުވެފައިވާ ފެން ވަޅަކީ ޖަބަލިއާ ސަރަހައްދުގެ ގިނަ ގެ ތަކަށް ފެން ފޯރުކޮށްފޭ ވަޅެވެ. މިދިޔަ މަހު 10 ގައި އިޒްރޭލުން ގާޒާއިން ފެން ކަނޑާލިފަހުން އެ ސަރަހައްދުގައި ދިރިއުޅޭ އެތައް ހާސް ބަޔަކު ފެން ހޯދަމުންދިޔައީ މި ވަޅުންނެވެ.

ހަމަލާތައް ދޭން ފެށިތާ މަހެއް ވާން ކައިރިވާއިރު އިޒްރޭލުން ގާޒާ އަދި ހުޅަނގު އައްސޭރީގައި ޝަހީދު ކޮށްލި މީހުންގެ އަދަދު 9500 އަށްވުރެ މައްޗަށް ވަނީ އަރާފަ އެވެ. ހަމާސްގެ ހަމަލާތަކުގައި އިޒްރޭލުގެ 1400 އަށްވުރެ ގިނަ މީހުން ވަނީ މަރާލާފަ އެވެ.

އިޒްރޭލުން އުތުރު ގާޒާއަށް އެއްގަމު މަގުން ވަނުމަށް މަސައްކަތް ކުރަމުންދާއިރު، އިޒްރޭލުގެ ވައިގެ ހަމަލާތައް ވަނީ ހޮސްޕިޓަލުތަކަށާއި ސްކޫލުތައް އަދި މިސްކިތްތަކާއި ރެފިއުޖީ ކޭމްޕުތަކުގެ އިތުރުން ފައްޅިތަކަށް ވެސް އަމާޒުވެފަ އެވެ.

ހަމަލާތައް ހުއްޓާލާ ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައާއި ގައުމުތަކުން ގޮވާލި ނަމަވެސް، އދ. ގެ ސަލާމަތީ ކައުންސިލަށް މިހާތަނަށް އެ މަގުސަދުގައި ހުށަހެޅި ހުރިހާ ހުށަހެޅުމެއް ވަނީ އެމެރިކާއިން ވީޓޯ ކޮށްފަ އެވެ. ހަމަލާތައް މެދުކަނޑާލުމަށް ގޮވާލާ އދ. ގެ އާއްމު މަޖިލީހުން ފާސްކުރި ގަރާރަށް ބޯ ނުލަބާނެ ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox