މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ދޮޅު މިލިއަނުން މައްޗަށް

މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ދޮޅު މިލިއަނުން މައްޗަށް

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ދޮޅު މިލިއަނުން މައްޗަށް ހިނގައްޖެ އެވެ.

ޓޫރިޒަމް މިނިސްޓަރީން އާއްމު ކޮށްފައިވަ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވި އޮކްޓޫބަރު މަހުގެ ނިޔަލަށް ރާއްޖެއަށް 1،525،332 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެ އެވެ. އެއީ ކުރީ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 13 އިންސައްތައިގެ ކުރި އެރުމެކެވެ.

ސަރުކާރުން ވަނީ މި އަހަރު ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު 1.8 މިލިއަނުން މައްޗަށް ދާނެ ކަމަށް ލަފާކޮށް އެކަމަށް އަމާޒު ހިފައިފަ އެވެ. މި އަހަރު މިހާތަނަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި އަދަދަށް ބަލާއިރު އެ އަމާޒަށް ވާސިލުވުމަށް ބޭނުންވަނީ މި އަހަރުގެ ކުރިއަށް މިއޮތް ނުވަ ހަފުތާގައި އިތުރު ތިންލައްކަ ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓަރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމުތަކުގެ ލިސްޓުގައި އަދިވެސް ރަސްކަން ކުރަމުން އަންނަނީ މިދިޔަ އަހަރު އެ ލިސްޓުގެ ދެ ވަނައިގައި އޮތް ރަޝިޔާއިންނެވެ. އެގައުމުން އެކަނި ވެސް މިދިޔަ މަހުގެ ނިޔަލަށް ރާއްޖެއަށް 175،714 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. އެ ލިސްޓުގެ ދެ ވަނައިގައި އިންޑިއާ އޮތްއިރު ތިން ވަނައިގައި އޮތީ ކޮވިޑުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ޗައިނާ އެވެ.

ރާއްޖެއަށް ޒިިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު 2013 ވަނަ އަހަރު، އެއް މިލިއަނުން މައްޗަށް އަލަށް އެރުމާ ހަމައިން ކޮންމެ އަހަރަކު ވެސް ކުރިއެރުންތަކެއް ހޯދަމުން އައިސް އެއްކޮށް ވަޅުޖެހުނީ 2019 ގައި ކުރިމަތިވި ކޮވިޑުގެ ވަބާއާ ގުޅިގެންނެވެ. ކޮވިޑާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުން ގެންގުޅުނު ހަރުކަށި ސިޔާސަތުތަކަށް ލުއިދޭން ފެށުމާ އެކު ރާއްޖޭގެ ފަތުރުވެރިކަމަށް ކިރިޔާ ހަމަ ނޭވައެއް ލެވުނީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރު ރާއްޖެއަށް ޖުމުލަ 1.6 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox