ރެއާލްގެ ކޮންޓްރެކްޓް ވިނީޝިއަސް ޖޫނިއާ އާކޮށްފި

Nov 1, 2023, 10:40 AM
ރެއާލްގެ ކޮންޓްރެކްޓް ވިނީޝިއަސް ޖޫނިއާ އާކޮށްފި

ރެއާލް މެޑްރިޑާ އެކު ހަދާފައިވާ އެއްބަސްވުން ބްރެޒިލް އެޓޭކަރު ވިނީޝިއުސް ޖޫނިއާ އާކޮށްފި އެވެ.

ބްރެޒިލްގެ ފްލަމިންގޯ އިން 2018 ވަނަ އަހަރު ސްޕެއިންގެ ރެއާލް މެޑްރިޑަށް ވިނީޝިއަސް ބަދަލުވީ އުމުރުން 18 އަަހަރުގަ އެވެ. މިދިޔަ ދެ ތިން އަހަރަށް ބަލާއިރު އެކުލަބުގެ އެންމެ މުހިންމު ކުޅުންތެރިންގެ ލިސްޓުން އޭނާ ވަނީ ޖާގަ ހޯދާފަ އެވެ.

ކޯޗު ކާލޯ އޮންޗެލޮޓީގެ ފޭވަރިޓް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ވިނީޝިއަސް ރެއާލްއާއެކު ސޮއިކުރި އާ ކޮންޓްރެކްޓާ އެކު 2027ގެ ނިޔަލަށް އެކްލަބުގައި މަޑުކުރާނެ އެވެ.

ކުރީގެ ކޮންޓްރެކްޓްގައި ވިނީޝިއަސް އަށް ހަފްތާއަކު 186،000 ޕައުންޑުގެ މުސާރައެއް ލިބެ އެވެ. އާ ކޮންޓްރެކްޓާއެކު އޭނާ އަށް 360،000 ޕައުންޑްގެ މުސާރައެއް ލިބޭނެ އެވެ. މިއާ އެކު އެކުލަބުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނޭނެ އެވެ.

ވިނީޝިއަސް ވަނީ މިހާތަނަށް ރެއާލް މެޑްރިޑަށް ކުޅުނު 235 މެޗުން 63 ގޯލް ވަނީ ޖަހާފަ އެވެ. 2018 އިން ފެށިގެން މިއަދާ ހަމައަށް އޭނާ ވަނީ ރެއާލް އާއެކު ސްޕެނިޝް ލަލީގާ، ސްޕެނިޝް ކަޕް، ކޮޕް ޑެލްރޭ، އަދި ޔޫރަޕިއަން ސުޕަ ކަޕާއި، ކްލަބު ވޯލްޑްކަޕް ވެސް ހޯދާފަ އެވެ. އަދި ޔޫރަޕްގެ އެންމެ ބޮޑު ކްލަބު ފުޓްބޯޅަ މުބާރަތްކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގުވެސް އޭނާ އެ ކްލަބާ އެކު ހޯދި އެވެ.

ވިނީޝިއަސްގެ ކޮންޓްރެކްޓް ރެއާލް އިން އާކުރިއިރު، އޭނާ އަށް ދާދި ފަހުން ވަނީ ދަނޑުން ބޭރުގައި އިންސާނިއްޔަތަށް ކުރާ މަސައްކަތް ފާހަގަކޮށް ސޮކްރޭޓްސް އެވޯޑް ދީފަ އެވެ. ބެލޮންޑިއޯ ހަފްލާގައި އޭނާ އަށް މި އެވޯޑު ލިބުނުއިރު، ބެލޯންޑިއޯ އެވޯޑުގައި އޭނާ ދިޔައީ ހަ ވަނައަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox