އިޒްރޭލުން ފަލަސްތީނުގެ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާ ޝާހިދު ކުށްވެރިކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު : އިޒްރޭލުން ފަލަސްތީނުގެ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާ ޝާހިދު ކުށްވެރިކުރައްވައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު : އިޒްރޭލުން ފަލަސްތީނުގެ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާ ޝާހިދު ކުށްވެރިކުރައްވައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމުގެ ތެރެއިން އިއްޔެ ގާޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ހަމަލާދިން މައްސަލަ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުށްވެރިކުރައްވައިފި އެވެ.

މިނިސްޓަރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖަބަލިއާ ކޭމްޕަށް ހަމަލާދީ ގިނަ އަދަދެއްގެ އާންމުން ޝަހީދު ކޮށްލާ އެތައް ބަޔަކު ޒަހަމްކޮށްލި މި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.

އަދި، ރާއްޖެއިން އިޒްރޭލުން އާންމުންނަށް އަމާޒުކޮށް ދޭ ލާއިންސާނީ ހަމަލާތައް ކުށްވެރިކޮށް އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާ ގޮވާލުން ޝާހިދު ތަކުރާރުކުރެއްވި އެވެ.

އަދި ހިސާރުކޮށްފައިވާ ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭނެ މަގުތައް ފަހިކޮށްދިނުމަށްވެސް މީގެ ކުރިން އދ. އާންމު މަޖިލީހުގެ ރިޔާސަތުވެސް ބެލެހެއްޓެވި ޝާހިދު ގޮވާލެއްވި އެވެ.

ރާއްޖެއިން އަބަދުވެސް ފަލަސްތީނާއެކު ބާއްވާ ހާއްސަ ގާތް ގުޅުމުގެ ތެރެއިން މިފަހަރުގެ ހަމަލާތަކާ ގުޅިގެންވެސް ދިވެހިން ދަނީ އަޑުއުފުލާ އެހީތެރިވަމުންނެވެ.

އެގޮތުން ރާއްޖެއިން ވަނީ ފަލަސްތީނަށް ދެ މިލިއަން މަސްދަޅުގެ ހަދިޔާކޮށްފަ އެވެ. އަދި، މާލެއާއި ރަށްތަކުގައި އިޒްރޭލާ ދެކޮޅަށް އަޑުއުފުލާ އެކި ޖަމްއިއްޔާތައް މެދުވެރިކޮށް 25 މިލިއަނަށްވުރެ ގިނަ ރުފިޔާ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ހަދިޔާކޮށްފަ އެވެ.

ނަމަވެސް، ދިވެހިން އެންމެ ބޮޑަށް ގޮވާލަމުންދާ އިޒްރޭލުގެ ރައްޔިތުން ރާއްޖެ އައުން މަނާކުރުމާމެދު ސަރުކާރުން އަދި ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

އިޒްރޭލުން ޖަބަލިއާއަށް ހަމަލާދިނީ އެ ސަރަހައްދުގައި ހަމާސް ޖަމާއަތުގެ ކޮމާންޑަރަކު ހުރި ކަމަށް ބުނެ އެވެ. މިދިޔަ މަހުގެ ހަތެއްގައި އިޒްރޭލުގެ ގަތުލުއާންމު ވަރުގަދަކޮށް ހަނގުރާމަ އިއުލާންކުރީ ހަމާސްއިން ދިން ހަމަލާއަކާ ގުޅިގެންނެވެ. އެ ހަމަލާގައި އިޒްރޭލުގެ 1400 އަށްވުރެ ގިނަ މީހުން މަރާލި އެވެ.

ބަދަލުގައި އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ތެރެއިން އިއްޔެ ޖަބަލިއާއަށް ދިން ހަމަލާގައި 400 އަށްވުރެ ގިނަ އާންމުން ޝަހީދުކޮށްލި އެވެ. މީގެ ތެރޭގައި ގިނަ އާއިލާތަކުގެ ހުރިހާ މެންބަރުން ހިމެނެ އެވެ. ގާޒާގެ އިންޓާނަލް މިނިސްޓްރީން ބުނީ އެމެރިކާގެ ހަ ބޮމެއް ބޭނުންކޮށްގެން އިއްޔެ ދިން ހަމަލާގައި ޖަބަލިއާ ކޭމްޕު އެކީހެން ފުނޑުފުނޑު ވެފައިވާ ކަމަށެވެ.

ވައިގެ މި ހަމަލާތަކުގެ އިތުރުން އިޒްރޭލު ސިފައިން ދަނީ އެއްގަމު މަގުން އުތުރު ގާޒާއަށް އެރުމަށް މަސައްކަތް ކުރަމުންނެވެ. އަދި ކަނޑުގެ މަގުންވެސް ގާޒާއަށް ދަނީ ހަމަލާދެމުންނެވެ. މި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 8،500 އަށް އަރަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox