ފަލަސްތީނުގެ ހައްގުގައި ބޮލީވިއާގެ ވަރުގަދަ ފިޔަވަޅެއް; އިޒްރޭލާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފި

ބޮލީވިއާގެ ރައީސް ލުއިޒް އާކޭ : ފަލަސްތީނުގައި ހިންހާ ގަތުލްއާންމާ ގުޅިގެން ބޮލީވިއާއިން އިޒްރޭލާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފި -

ބޮލީވިއާގެ ރައީސް ލުއިޒް އާކޭ : ފަލަސްތީނުގައި ހިންހާ ގަތުލްއާންމާ ގުޅިގެން ބޮލީވިއާއިން އިޒްރޭލާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފި -

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން ބޮލީވިއާއިން އިޒްރޭލާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފި އެވެ.

އެކަން ހާމަކޮށް ބޮލީވިއާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލާ އެކު އޮތް ގުޅުންތައް ކަނޑާލަން ނިންމީ އިޒްރޭލުގެ އަސްކަރިއްޔާއިން ފަލަސްތީނުގައި، ހާއްސަކޮށް ގާޒާގައި ކުރިއަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ހަނގުރާމައިގެ ޖަރީމާތަކުގެ ސަބަބުން ކަމަށެވެ.

"ގާޒާގެ އެތައް ހާސް އާންމުންނެއް މަރަލާ ގެދޮރު ދޫކޮށްލުމަށް މަޖުބޫރުކުރުވާފައިވާ އިޒްރޭލުގެ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލަން," އެ ބަޔާނުގައިވެ އެވެ.

މިއީ ދެކުނު އެމެރިކާގެ މި ގައުމުން އިޒްރޭލާއެކު އޮތް ގުޅުން ކަނޑާލި ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން 2019 ގައި އިޒްރޭލުން ގާޒާއަށް ވަދެގަނެ ހިންގި ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން ވެސް ބޮލީވިއާއިން އިޒްރޭލާއެކު ގުޅުންތައް ކަނޑާލައިފި އެވެ.

އެ ގައުމުގެ މި ނިންމުމާއެކު ދެކުނު އެމެރިކާގެ އެހެން ދެ ގައުމެއް ކަމަށްވާ ކޮލަމްބިއާ އަދި ޗިލީއިން ވަނީ އެ ގައުމުތަކުން އިޒްރޭލަށް ކަނޑައަޅާފައިވާ ސަފީރުން އަނބުރާ ގެނައުމަށް ވަނީ ނިންމާފަ އެވެ. އެ ސަރަހައްދުގެ އެހެން ގައުމުތަކުންވެސް އިޒްރޭލާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބެލެވޭ ކަމަށް އަލް ޖަޒީރާއިން ވަނީ ރިޕޯޓުކޮށްފަ އެވެ.

ދެކުނު އެމެރިކާ ގައުމުތަކުގެ މި ނިންމުންތަކާއެކު ގިނަ ބަޔަކު ދަނީ އަރަބި އަދި އިސްލާމީ ގައުމުތަކުން އިޒްރޭލާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާ ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

މިދިޔަ މަހު ހަތެއްގައި ފަލަސްތީނުގެ ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގެ ބަދަލުގައި ހަނގުރާމަ އިއުލާންކޮށް، ވޭތުވެދިޔަ 75 އަހަރު އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމު ވަރުގަދަކޮށް ދެމުންދާ ހަމަލާތަކުގައި ގާޒާއިން ޝަހީދުވި މީހުންގެ އަދަދު ވަނީ 8،500 އިން މައްޗަށް އަރާފަ އެވެ. އިޒްރޭލުގެ ހަމަލާތަކުގައި ހުޅަނގު އައްސޭރިން ޝަހީދުވި މީހުންގެ އަދަދު ވަނީ 124 އަށް އަރާފަ އެވެ.

އިޒްރޭލުން ވަނީ ގާޒާއިން ފެނާއި ކަރަންޓު އަދި ތެޔޮ ލިބޭނެ މަގުތައް ބަންދުކޮށްފަ އެވެ. ގާޒާގެ މުވާސަލާތީ ގުޅުންތައްވެސް 24 ގަޑިއިރަށް އިޒްރޭލުން ކަނޑާލި އެވެ. އިޒްރޭލިގެ ސިފައިން މިހާރު ދަނީ އުތުރު ގާޒާއަށް ބިމުގެ މަގުން އަރައިގަތުމަށް މަސައްކަތް ކުރަމުންނެވެ.

ބައިނަލްއަގުވާމީ އެކި ޖަމްއިއްޔާތަކުންނާއި ގައުމުތަކުން ގާޒާއަށް ފޮނުވި އެހީ ރަފާހު ބޯޑަރުގައި ތޮއްޖެހިފައި ވީ ނަމަވެސް އިޒްރޭލުން އެ އެހީގެ އުޅަނދުތައް ވެއްދުމަށް ވަނީ ދެކޮޅުހަދާފަ އެވެ. މި މަހުގެ ހަތަކުން ފެށިގެން މިއަދާ ހަމައަށް ގާޒާއަށް ވަދެފައިވަނީ 100 އެއްހާ އެހީގެ އުޅަނދެވެ. މިއަދު އިތުރު 66 އުޅަނދު ވަންނާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox