އިޒްރޭލު އިންޓެލިޖެންސްގެ ވެރިން ކުށްވެރި ކުރުމަށްފަހު ނަތަންޔާހޫ މައާފަށް އެދިއްޖެ

އިޒްރޭލުގެ ބޮޑު ވަޒީރު ނަތަންޔާހޫ. އޭނާ ވަނީ އިސްރާއީލު އިންޓެލިޖެންސްގެ ވެރިން ކުށްވެރިކޮށް ކުރި ޓުވީޓު ޑިލީޓު ކޮށްލާފައި

އިޒްރޭލުގެ ބޮޑު ވަޒީރު ނަތަންޔާހޫ. އޭނާ ވަނީ އިސްރާއީލު އިންޓެލިޖެންސްގެ ވެރިން ކުށްވެރިކޮށް ކުރި ޓުވީޓު ޑިލީޓު ކޮށްލާފައި

މި މަހުގެ ހަތްވަނަ ދުވަހު ހަމާސްއިން އިޒްރޭލަށް ދިން ކުއްލި ހަމަލާގެ މައުލޫމާތު އިޒްރޭލުގެ އިންޓެލިޖެންސްގެ ވެރިން ދީފައި ނުވާ ކަމަށް ބުނުމަށް ފަހު އެ ވާހަކަތައް އަނބުރާ ގެނެސް، އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މައާފަށް އެދެފި އެވެ.

ރާއްޖެ ގަޑިން ރޭ ފަތިހު 4:00 ހާއިރު ނަތަންޔާހޫ ކުރި ޓުވީޓެއްގައި ފުރަތަމަ ބުނީ ހަމާސްއިން ހަމަލާއެއް ދިނުމަށް ރާވަމުން ދާކަމުގެ މައުލޫމާތު އެއްވެސް ފަރާތަކުން ނަތަންޔާހޫއާ ހިއްސާ ކޮށްފައި ނުވާ ކަމަށެވެ.

"އަސްކަރިއްޔާގެ އިންޓެލިޖެންސްގެ ވެރިންނާއި ޝިން ބެތުގެ ވެރިން ހިމެނޭހެން ސަލާމަތާ ބެހޭ ހުރިިހާ އޮފިސަރުން ލަފާ ކޮށްފައި އޮތީ ހަނގުރާމައަކަށް ދިއުމުގެ ބަދަލުގައި ހަމާސްއިން ބޭނުން ވަނީ އެއްބަސްވުމެއް އެކުލަވައިލުމަށް ކަމަށް،" ޕޯސްޓު ކުރުމަށްފަހު ޑިލީޓު ކޮށްލި ޓުވީޓުގައި ނަތަންޔާހޫ ލިޔެފައިވެ އެވެ.

Advertisement

އެކްސްގައި ނަތަންޔާހޫ ކުރި އެ ޕޯސްޓާ ގުޅިގެން ސިޔާސީ ހަލަބޮލިކަމެއް އުފެދި އިޒްރޭލުގެ ހަނގުރާމައާ ބެހޭ ކެބިނެޓުގައި ވެސް ބައިބައިވުން އުފެދުނެވެ. އޭގެ 10 ވަރަކަށް ގަޑިއިރުފަހުން ފުރަތަމަ ޓުވީޓު ޑިލީޓުކޮށްލުމަށްފަހު ނަތަންޔާހޫ ވަނީ މައާފަށް އެދި އެހެން ޓުވީޓެއް ކޮށްފަ އެވެ.

ދެވަނަ ޓުވީޓުގައި ނަތަންޔާހޫ ވަނީ އޭނާއަށް ހެދުނީ ގޯހެއް ކަމަށާއި ކުރިން ކުރި ޓުވީޓުގައި ދެއްކި ވާހަކަތަކަކީ ދައްކައިގެން ނުވާނެ ވާހަކަތަކެއް ކަމަށް ބުނެފަ އެވެ. އަދި ސަލާމަތާ ބެހޭ ހުރިހާ ގޮފިތަކެއްގެ ވެރިންނަށް ފުރިހަމަ އެއްބާރުލުން އެބަ އޮތް ކަމަށް ވެސް ނަތަންޔާހޫ ބުނެފައިވެ އެވެ.

ނަތަންޔާހޫ މިފަދައިން ކަން ކޮށްފައި މިވަނީ މިމަހުގެ ހަތްވަނަ ދުވަހު ހަމާސްއިން ދިން ކުއްލި ހަމަލާއާ ގުޅިގެން އިޒްރޭލުގެ އާންމުންގެ ނުރުހުން ވެސް ނަތަންޔާހޫއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ހަމާސްއިން ދިން ހަމަލާއާ ގުޅިގެން އިޒްރޭލުގެ އަސްކަރިއްޔާއާއި އިންޓެލިޖެންސް އަދި ސަރުކާރުގެ ބައެއް އިސްވެރިން ވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ފޭލިވެފައި ވާކަން އަމިއްލައަށް ގަބޫލުކޮށް އިއުލާނު ވެސް ކޮށްފަ އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ނަތަންޔާހޫ އެފަދަ އެއްވެސް ވާހަކައެއް ދައްކައިފައެއް ނުވެ އެވެ.

ނަތަންޔާހޫގެ އަމަލުތަކަށް އިޒްރޭލުގެ ކުރީގެ ސަރުކާރުތަކުގެ ވެރިންނާއި ސިޔާސީ މީހުން ވަރަށް ބޮޑަށް ފާޑު ކިޔައިފައިވާއިރު، ހަމާސްއިން ވަނީ އިޒްރޭލުގެ ސަރުކާރުގައި ބޮޑު ރެނދެއް ލާފައި ވާކަމަށް މީގެ ކުރިން ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox