ތެޔޮ ހުސްވެ ގާޒާގެ 30 އިންސައްތަ ހޮސްޕިޓަލުގެ ހިދުމަތްތައް ހުއްޓާލަން ޖެހިއްޖެ

ފަލަސްތީނުގެ ހޮސްޕިޓަލެއްގައި އުމުރުން ދުވަސްވީ މީހަކު ހިދުމަތް ހޯދަނީ : ކުރިއަށް އޮތް 48 ގަޑީރުގެ ތެރޭގައި ގާޒާގެ ހުރިހާ ހޮސްޕިޓަލެއްގެ ހިދުމަތް ހުއްޓޭނެ ކަމަށް އދ. އިން ބުނެފި - ފޮޓޯ: އޭއެފްޕީ

ފަލަސްތީނުގެ ހޮސްޕިޓަލެއްގައި އުމުރުން ދުވަސްވީ މީހަކު ހިދުމަތް ހޯދަނީ : ކުރިއަށް އޮތް 48 ގަޑީރުގެ ތެރޭގައި ގާޒާގެ ހުރިހާ ހޮސްޕިޓަލެއްގެ ހިދުމަތް ހުއްޓޭނެ ކަމަށް އދ. އިން ބުނެފި - ފޮޓޯ: އޭއެފްޕީ

އިޒްރޭލުން ގާޒާއިން ކަރަންޓާއި ފެން ކަނޑާލާ ތެޔޮ ފަދަ އިންސާނީ އެހީ އެތެރެކުރުން ހުއްޓުވިތާ މިއަދަށް 15 ދުވަސް ވެފައިވާއިރު، މުޅި އެކުގައި ކަރަންޓު ކެނޑުމާ ގުޅިގެން ގާޒާގެ 30 އިންސައްތަ ހޮސްޕިޓަލުގެ ހިދުމަތް ހުއްޓިފައިވާ ކަމަށް އދ. އިން ބުނެފި އެވެ.

މި މަހުގެ ހަތެއްގައި ފަލަސްތީނުގެ ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގެ ބަދަލުގައި ހަނގުރާމަ އިއުލާންކޮށް، ވޭތުވެދިޔަ 75 އަހަރު އިޒްރޭލުން ހިންގަމުންދާ ގަތުލްއާމު ވަރުގަދަކޮށް ގާޒާއަށް އެހީ ފޯރުކުރުން އެކީހެން އިޒްރޭލުން ވަނީ ހުއްޓުވާފަ އެވެ.

އޭގެ ފަހުން 50 އަށް ވުރެ މަދު އެހީގެ އުޅަނދު، މިސްރުގެ ރަފާހު ބޯޑަރު ހުރަސްކޮށް ގާޒާއަށް ވަތް ނަމަވެސް އޭގެން އެއްވެސް އުޅަނދަކުންވެސް ތެލުގެ އެހީ ނުލިބޭ ކަމަށް ހަމާސްއިން ވަނީ މީގެ ކުރިން ބުނެފަ އެވެ.

މި ހަމަލާތަކުގެ ކުރިން ދުވާލަކު ގާޒާއަށް 100 އަށްވުރެ ގިނަ އެހީގެ އުޅަނދު ވަދެ އެވެ. މިހާރުވެސް އެތައް ސަތޭކަ އެހީގެ އުޅަނދެއް އެ ބޯޑަރުގައި އޮތް ނަމަވެސް އިޒްރޭލުން ހުއްދަނެތި ގާޒާއަށް ވަންނަން އުޅެފި ނަމަ ހަމަލާދޭނެ ކަމަށް ބުނެފަ އެވެ.

އދ. އިން މިއަދު ބުނި ގޮތުގައި ގާޒާގައި ހުރި 35 ހޮސްޕިޓަލުގެ ތެރެއިން 12 ހޮސްޕިޓަލު އަދި 72 ކްލިނިކުގެ ތެރެއިން 46 ކްލިނިކު މިހާރު ވަނީ ޖަނަރޭޓަރުތަކުން ތެޔޮ ހުސްވުން ނުވަތަ އިޒްރޭލުގެ ހަމަލާއެއް އަމާޒުވުމުގެ ސަބަބުން ހިދުމަތް ނުދެވޭ ހާލަތައް ގޮސްފަ އެވެ.

"ގާޒާގައި ހުރި ހުރިހާ ހޮސްޕިޓަލަކާއި ކްލިނިކެއްގެ ހިދުމަތް ދިނުން ތެޔޮ ހުސްވުމުގެ ސަބަބުން ކުރިއަށް އޮތް 48 ގަޑީރުގެ ތެރޭގައި ހުއްޓޭނެ، މިއީ އިންސާނީ ކަރިސާއެއް" ގާޒާގައި ހުރި އދ. ގެ އޮފިޝަލަކު ގަތަރުގެ އަލްޖަޒީރާއަށް ބުނެފައިވެ އެވެ.

އިޒްރޭލުން ދިން ހަމަލާތަކުގައި މިހާތަނަށް 24 އެމްބިއުލާންސެއް ހަލާކުވެފައިވާއިރު ތެޔޮ ހުސްވުމުގެ އިތުރު އެމްބިއުލާންސްތަކަށް ވެސް ވަނީ ހިދުމަތް ދިނުމަށް ހުރަސްއެޅިފަ އެވެ.

ގާޒާގެ ސިއްހީ ނިޒާމު ފެއިލްވުމުގެ ތުންފަތްމަތީގައި ވާއިރު، އެ ސަރަހައްދުގެ ހޮސްޕިޓަލުތަކުގައި ދުވަސްނުފުރާ ވިހާފައިވާ 130 ކުޑަކުއްޖަކު އިންކިއުބޭޓަރުތަކުގައި ފަރުވާދެމުންދާއިރު ހާހަކަށްވުރެ ގިނަ މީހުން ދަނީ ކިޑްނީ މައްސަލަތަކުގައި ޑަޔަލަސިސް ގެ ފަރުވާ ހޯދަމުންނެވެ. ކަރަންޓު ކެނޑުމާއެކު މި ހުރިހާ އެންމެންގެ ފުރާނައަށް ވެސް ނުރައްކާވާނެ އެވެ.

މި މަހުގެ ހަތްވަނަ ދުވަހު ފެށި މި ހަމަލާތަކުގައި ފަލަސްތީނުގެ 6،050 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ. އިއްޔެ އެކަނިވެސް ފަލަސްތީނުގެ 700 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ.

އެ ދުވަހުން ފެށިގެން ހަމާސްއިން ދިން ހަމަލާތަކުގައި މިހާތަަނަށް އިޒްރޭލުން 1400 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި 300 ސިފައިން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox