ރާއްޖެ ހިމެނޭހެން ގިނަ ގައުމުތަކެއް އެދިގެން ފަލަސްތީނު މައްސަލާގައި އ.ދ ގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

މީގެ ކުރިން ރަޝިއާ-ޔޫކްރޭން ހަނގުރާމައާ ގުޅިގެން ބޭއްވި އ.ދ ގެ ކުއްލި ބައްދަލުވުމުގެ ތެރެއިން : ފަލަސްތީނު މައްސަލާގައި ބާއްވާ ކުއްލި ބައްދަލުވުން އޮންނާނީ ބުރާސްފަތި ދުވަހު - ފޮޓޯ: ގެޓީ

މީގެ ކުރިން ރަޝިއާ-ޔޫކްރޭން ހަނގުރާމައާ ގުޅިގެން ބޭއްވި އ.ދ ގެ ކުއްލި ބައްދަލުވުމުގެ ތެރެއިން : ފަލަސްތީނު މައްސަލާގައި ބާއްވާ ކުއްލި ބައްދަލުވުން އޮންނާނީ ބުރާސްފަތި ދުވަހު - ފޮޓޯ: ގެޓީ

ރާއްޖެ ހިމެނޭހެން އަރަބި އަދި އިސްލާމީ ގިނަ ގައުމުތަކެއްގެ އެދުމުގެ މަތިން ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުގެ މައްސަލާގައި އ.ދ ގެ 10 ވަނަ ކުއްލި ހާއްސަ ޖަލްސާގެ ސެޝަންއެއް ބާއްވަން ނިންމައިފި އެވެ.

އ.ދ ގެ އާންމު މަޖިލީހުގެ ރައީސް ޑެނިސް ފްރޭންސިސް މިއަދު އާންމު ކުރެއްވި ސިޓީއެއްގައި ވިދާޅުވީ، ފަލަސްތީނު މައްސަލާގައި ބާއްވާ ކުއްލި ބައްދަލުވުން އޮންނާނީ ބުރާސްފަތި ދުވަހު، އެމެރިކާގެ ނިއުޔޯކުގައި ހުންނަ އ.ދ ގެ މައި އިދާރާގަ އެވެ.

މި ބައްދަލުވުން ބޭއްވުމަށް އުރުދުން، ރަޝިއާ، ސީރިއާ، ވިއެޓްނާމް، ބަންގްލަދޭޝް އަދި ކެމްބޯޑިއާ ފަދަ ގައުމުތަކުގެ އިތުރުން އަރަބި ގައުމުތަކުގެ ޖަމްއިއްޔާ އަދި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިންވެސް އ.ދ ގައި އެދިފައިވާ ކަމަށް އެމަނިކުފާނުގެ ސިޓީގައި ލިޔުއްވާފައިވެ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިން ތިބީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި އެމީހުންނަށް ލިބެންޖެހޭ ހައްގުތައް ހޯދުމަށް ކުރާ މަސައްކަތުގައި އެއްބާރުލުން ދޭން ކަމަށެވެ.

އަދި, ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހުގެ ލަފާފުޅާއި އިރުޝާދުފުޅުގެ ދަށުން އެހެން ބައެއް ގައުުމުތަކާ ވެސް ގުޅިގެން އ.ދ ގެ 10 ވަނަ ކުއްލި ހާއްސަ ޖަލްސާގެ ސެޝަނެއް ކުރިއަށް ގެންގޮސްދިނުމަށް އެދި އ.ދ ގެ އާންމު މަޖިލީހުގެ ރައީސްއަށް ދަންނަވާފައިވާ ކަމަށް އޭނާ ލިޔުއްވި އެވެ.

އ.ދ ގެ ކުއްލި ހާއްސަ ޖަލްސާއަކީ 1950 ވަަނަ އަހަރު އެކުލަވާލެވުނު "ޔުނައިޓިން ފޯ ޕީސް" ގެ ދަށުން ކުރިން ތާވަލު ކުރުމަކާ ނުލައި ބޭއްވޭ ހާއްސަ ޖަލްސާއެކެވެ. އ.ދގެ 10 ވަނަ ކުއްލި ހާއްސަ ޖަލްސާގެ ސެޝަނެއް އެންމެ ފުރަތަމަ ބޭއްވުނީ ގަތަރުގެ އިސްނެގުމާއެކު 1997 ގަ އެވެ.

ކުއްލި ހާއްސަ ބައްދަލުވުންތަކަކީ ކުދި ގައުމުތަކަށް ވެސް ބާރު ލިބޭ ޖަލްސާއެކެވެ. ކުއްލި ހާއްސަ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައި ވަނީ 2018 ވަނަ އަހަރު އެވެ. 10 ވަނަ ކުއްލި ހާއްސަ ޖަލްސާ މެނުވީ އެއްވެސް ކުއްލި ހާއްސަ ޖަލްސާއެއް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބާއްވަން ޖެހިފައެއް ނުވެ އެވެ.

1997 އަށް ފަހު މިއަދާ ހަމައަށް އެކި ފަހަރު މަތިން އ.ދ ގެ 10 ވަނަ ކުއްލި ހާއްސަ ބައްދަލުވުމުގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވެ އެވެ. އެފަދަ ސެޝަނެއްގައި އަގުލަބިއްޔަތުން ނިންމާ ނިންމުމަކަށް އިސްރާއީލުން އަމަލު ކުރަން ޖެހޭނެ އެވެ.

މި މަހު ހަތެއްގައި ހަމާސްއިން ދިން ހަމަލާތަކާއެކު އިޒްރޭލުން ދަނީ ވޭތުވެދިޔަ 75 އަހަރު ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ގަތުލްއާމު ވަރުގަދަކޮށް، ހަނގުރާމަ އިއުލާނުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މި މަހުގެ ހަތްވަނަ ދުވަހު ފެށި މި ހަމަލާތަކުގައި ފަލަސްތީނުގެ 5،300 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ.

އެ ދުވަހުން ފެށިގެން ހަމާސްއިން ދިން ހަމަލާތަކުގައި މިހާތަަނަށް އިޒްރޭލުން 1400 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި 300 ސިފައިން ހިމެނެ އެވެ.

ހަމަލާތަކުގެ އިތުރުން އިޒްރޭލުން ވަނީ ގާޒާއިން ފެނާއި ކަރަންޓު އަދި ތެޔޮ ކަނޑާލާ އެހީ ލިބޭ ބޯޑަރުތައް ބަންދުކޮށްފަ އެވެ. އެ ހިދުމަތްތައް ކަނޑާލިތާ މިއަދަށް 14 ދުވަސްވީއިރު، މިސްރުގެ ރަފާހު ބޯޑަރު ހުރަސްކޮށް ގާޒާއަށް އެހީގެ ގޮތުގައި ވަދެފައިވަނީ 50 އަށްވުރެ މަދު އުޅަނދެވެ.

މި ހަމަލާތަކުގެ ކުރިން ދުވާލަކު ގާޒާއަށް 100 އަށްވުރެ ގިނަ އެހީގެ އުޅަނދު ވަދެ އެވެ. މިހާރުވެސް އެތައް ސަތޭކަ އެހީގެ އުޅަނދެއް އެ ބޯޑަރުގައި އޮތް ނަމަވެސް އިޒްރޭލުން ހުއްދަނެތި ގާޒާއަށް ވަންނަން އުޅެފި ނަމަ ހަމަލާދޭނެ ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox