ވާޖިން އެޓްލާންޓިކް އިން ޔޫކޭ އާ ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށައިފި

ވާޖިން އެއާލައިން އިން ރާއްޖެއަށް ބޭއްވި ފުރަތަމަ ފްލައިޓް، ހަފްތާއަކު ތިން ދުވަހު ރާއްޖެއިން ލަންޑަނަށް މި ދަތުރުތައް ބާއްވާނެ -- ފޮޓޯ: އެމްއޭސީއެލް

ވާޖިން އެއާލައިން އިން ރާއްޖެއަށް ބޭއްވި ފުރަތަމަ ފްލައިޓް، ހަފްތާއަކު ތިން ދުވަހު ރާއްޖެއިން ލަންޑަނަށް މި ދަތުރުތައް ބާއްވާނެ -- ފޮޓޯ: އެމްއޭސީއެލް

އިނގިރޭސިވިލާތުގެ ބިލިއަނަރު ސަ ރިޗާޑް ބްރޭންސަންގެ ވާޖިން އެޓްލާންޓިކް އެއާލައިނުގެ ދަތުރުތައް ރާއްޖެއަށް މިއަދު ފަަށައިފި އެވެ.

ލަންޑަނުގެ ހީތުރޯ އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ޑައިރެކްޓް ދަތުރުތައްކުރާ މި އެއާލައިނުގެ ފުރަތަމަ ފްލައިޓް ރާއްޖެއަށް ޖެއްސީ މިއަދު ހެނދުނު 07:40 ގަ އެވެ. އެ ފްލައިޓަށް މަރުހަބާ ދެންނެވުމުގެ ގޮތުން ބޮޑުބެރާއެކު ސަގާފީ ހަރަކާތެއް ބޭއްވި އެވެ.

ވާޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަށް ފެށުން ފާހަގަކުރަން ބޭއްވި އެ ރަސްމިއްޔާތުގައި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކެރޯން ރޮސްލާ އާއި އެމްއޭސީއެލްގެ އިސް ބޭފުޅުންގެ އިތުރުން އެއާލައިންގެ ރާއްޖޭގެ އެޖެންޓް ވޮޔޭޖަސް މޯލްޑިވްސްގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްއޭސީއެލް އިން ބުނި ގޮތުގައި ވާޖިން އެޓްލާންޓިކުން ރާއްޖެއަށް ހަފްތާއަކު ތިން ދުވަހު ދަތުރުތައް ބާއްވާނެ އެވެ. އެ ދަތުރުތަކުގައި އެއާލިއުނުން ބޭނުންކުރާނީ ބޮއިން 787 މަރުކާގެ ބޯޑެވެ. މި ބޯޓުތަކުގައި އަޕަ ކްލާސް 31 ސީޓާއި، ޕްރިމިއަމް 35 ސީޓް އަދި އިކޮނޮމީ ޑިލައިޓްގެ 192 ސީޓް ހުރެ އެވެ.

ވާޖިން އެއާލައިން އިން ރާއްޖެއަށް ދަތުރު ފެށުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: އެމްއޭސީއެލް
ވާޖިން އެއާލައިން އިން ރާއްޖެއަށް ދަތުރު ފެށުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: އެމްއޭސީއެލް

ވާޖިން އެއާލައިން އިން ރާއްޖެއަށް ދަތުރު ފެށުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: އެމްއޭސީއެލް

ވާޖިން އެޓްލާންޓިކްސް އަޕާ ކްލާސް ޕަސިންޖަރުންނަށް ނިދާލެވޭނެ ގޮތައް އެނދާއި އޮންބޯޑް މީލް އަދި ބާގެ ހިދުމަތް ލިބޭނެ އެވެ. ޕްރީމިއަމް ކްލާހުގައި ލަގްޒަރީ ލެދާ ގޮނޑިތައް ހުންނައިރު ކެބިން ކަސްޓަމަރުންނަށްވެސް ކޮމްޕްލިމެންޓަރީ މީލް އަދި ބެވަރޭޖް ފޯރުކޮށްދޭނެ އެެވެ.

އެ އެއާލައިންގެ ދަތުރުތައް ފެށުމާއި ގުޅޭގޮތުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބް ޝުޖާއު ވިދާޅުވި ގޮތުގައި މިއީ އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކެރޯން ރޮސްލާ ވިދާޅުވި ގޮތުގައި ރާއްޖެއާ އެ ގައުމާ ދެމެދު ސީދާ ދަތުރުކުރާ އެއާލައިނުތައް އިތުރު ކުރުމަކީ، ދަތުރު ކުރާ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. އަދި ވާޖިން އެއާލައިންގެ މި ދަތުރުތަކާއެކު ދެގައުމުގެ މެދުގައި ދަތުރުފަތުރުގެ ރޮނގުން ކުރިއެރުން ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox