ގާޒާގެ ހޮސްޕިޓަލަށް ދިން ހަމަލާއަކީ ގަތުލްއާންމެއް, ދުނިޔެ ރުޅިގަދަވެއްޖެ!

އަލް އަހްލީ އަރަބް ހޮސްޕިޓަލަށް އިޒްރޭލުން ރޭ ބޮން އަޅައި ދިން ހަމަލާގައި ޝަހީދުވި މީހުންގެ ގަބުރުތައް އަތުރާލައިފަ. -- ފޮޓޯ: އޭއެފްޕީ

އަލް އަހްލީ އަރަބް ހޮސްޕިޓަލަށް އިޒްރޭލުން ރޭ ބޮން އަޅައި ދިން ހަމަލާގައި ޝަހީދުވި މީހުންގެ ގަބުރުތައް އަތުރާލައިފަ. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލުން ގާޒާ ހޮސްޕިޓަލަކަށް ބޮން އަޅައި 500 ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލުމަކީ، ގަތުލު އާންމެއް ކަމަށް ބުނެ، އެ ހަމަލާ ދުނިޔޭގެ ލީޑަރުންނާއި ގައުމުތަކުން ކުށްވެރިކޮށްފި އެވެ.

އެ ހަމަލާއާ ގުޅިގެން ބައެއް ގައުމުތަކުން ދަނީ އިޒްރޭލު އަދި އެމެރިކާ އެމްބަސީ ކައިރިޔަށް ޖަމާވެ ނުރުހުން ވެސް ފާޅުކުރަމުންނެވެ.

އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން މެދުކެނޑުމެއްނެތި އިޒްރޭލުން އަންނަނީ ގާޒާއަށް ބޮން އަޅަމުންނެވެ. ޓެރަރިސްޓުންނާ ދެކޮޅަށް ދެމުންދާ ހަމަލާތަކެއް ކަމަށް އިޒްރޭލުން ބުނި ނަމަވެސް މިއީ ސީދާ ގާޒާގައި އުޅޭ ފަލަސްތީނުގެ ރައްޔިތުން ނައްތާލުމަށް ދެމުންދާ ހަމަލާތަކެކެވެ.

ކަރަންޓު ކަނޑާލުމުގެ ސަބަބުން އަނދިރީގައި އޮތް ގާޒާގައި ހުންނަ އަލް އަހްލީ އަރަބް ހޮސްޕިޓަލަށް އިޒްރޭލުން ރޭ ބޮން އަޅައި ދިން ހަމަލާގައި 500 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ގާޒާގެ ސިއްހީ އިދާރާތަކުން ވަނީ ހާމަކޮށްފަ އެވެ.

ދުނިޔޭގެ ލީޑަރުންނާއި ގައުމުތަކާއި ޖަމިއްޔާތަކުން ވަނީ އެ ހަމަލާ ކުށްވެރިކޮށްފައި ވާއިރު، މިއީ ބައެއް ރައްދު، ކުރުކޮށެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ތަރުޖަމާނަކު ވިދާޅުވީ އިޒްރޭލުގެ އެ ހަމަލާއަކީ ގަތުލުއާންމެއް ކަމަށެވެ. އަންނަ ބުދަ ދުވަހު އެމެރިކާގެ ރައީސް އިޒްރޭލަށް ވަޑައިގަތުމަށް ނިންމާފައި ވާއިރު، އެ ދަތުރުފުޅުގެ ތެރޭގައި ރައީސް ޖޯ ބައިޑަން ވަނީ އައްބާސްއާ ވެސް ބައްދަލުކުރަން ނިންމަވައިފަ އެވެ. ނަމަވެސް ހޮސްޕިޓަލަށް ދިން ހަމަލާއާ އަށް ފަހު އައްބާސް ވަނީ ބައްދަލުވުން ކެންސަލް ކުރައްވައިފަ އެވެ.

ބަލި މީހުންނާއި ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅެމުން ދިޔަ އަލް އަހްލީ އަރަބް ހޮސްޕިޓަލްގައި ފަލަސްތީނުގެ 500 މީހުން ޝަހީދުކޮށްލި ހަމަލާ، ސައޫދީ އަރަބިއްޔާއިން އެންމެ ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފަ އެވެ.

އެއީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކުގެ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު ހަމަލާއެއް ކަމަށް ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީން ބުނެ އެވެ. މިފަދަ ދަރަޖައަކަށް އިޒްރޭލުގެ އަމަލުތައް ގޮސްފައިވާއިރު، ޖިނާއީ އެ އަމަލުތައް ދެފުށް ފެންނަ ގޮތެއްގައި ތަހުގީގުކުރަން ބައިނަލްއަގުވާމީ މުޖުތަމައަށް މަޖުބޫރު ކަމަށް ސައޫދީން ބުނެ އެވެ.

އުރުދުންއިން އިން ވެސް ސިފަކުރީ އެއީ ހަނގުރާމައިގެ ޖަރީމާއެއް އަދި ގަތުލުއާންމެއްގެ ގޮތުގަ އެވެ. ފަލަސްތީނުގެ އާންމުންނަށް ބައިނަލްއަގުވާމީ ރައްކާތެރިކަން ފޯރުކޮށްދީ ހަނގުރާމަ ހުއްޓާލަން ޖެހޭ ކަމަށް ގޮވައިލި އެވެ.

މިސްރުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ވަނީ ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ބައިނަލްއަގްވާމީ މުޖުތަމައުން އިޒްރޭލާމެދު ފިޔަވަޅު އެޅުމަށާއި ހަނގުރާމައިގެ ޖަރީމާތައް ހުއްޓުވުމަށް ގޮވާލައިފަ އެވެ.

ގަތަރުން ބުނީ ގާޒާގެ އެކި ސަރަހައްދުތަކުގައި އިޒްރޭލުގެ ހަމަލާތައް ފުޅާކޮށް ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި އެފަދަ އެހެނިހެން ތަންތަން ހިމެނުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ.

ހަމަލާ ކުށްވެރިކޮށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ނެރުއްވި ބަޔާނުގައި ވިދާޅުވީ އަންހެނުންނާއި ކުޑަކުދިންނާއި ކުށެއް ނެތް އާންމުން ތިބި ހޮސްޕިޓަލަކަށް ހަމަލާ ދިނުމަކީ އިންސާނީ އެންމެ އަސާސީ އަސާސްތަކުން ވެސް އެއްކިބާ ވެފައިވާ ކަމުގެ މިސާލެއް ކަމަށެވެ. އެ އަނިޔާ ހުއްޓުވަން މުޅި ދުނިޔެއަށް އުރުދުޣާން ދައުވަތު ދެއްވި އެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވީ ހަނގުރާމަ ކުރަމުންދާއިރު ވެސް ބަލަންޖެހޭ ގާނޫނުތަކާއި އުސޫލުތައް އެބަ ހުރި ކަމަށާއި، ހޮސްޕިޓަލަކަށް ބޮން އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެ ހަމަލާ އދ. ގެ ސެކްރެޓަރީ ޖެނެރަލް އާއި ޑަބްލިއުއެޗްއޯ އިން ވެސް ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވީ ހަނގުރާމައިގެ ތެރޭގައި ވެސް ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތްތެރިންނަކީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ހިމާޔަތް ލިބިފައިވާ ފަރާތްތައް ކަމަށެވެ.

ޑަބްލިޔޫއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް ވެސް ވިދާޅުވީ އާންމުންނާއި ސިއްހީ ފަރުވާ ދޭ ތަންތަނާއި ހިދުމަތްތެރިންނަށް ހިމާޔަތް ލިބެން ޖެހޭނެ ކަމަށެވެ. އަދި ގާޒާގެ ހޮސްޕިޓަލްތަކުން މީހުން ހުސްކުރުމަށް އިޒްރޭލުން ދޭ އިންޒާރު އަނބުރާ ގެންދިއުމަށް އޭނާ ގޮވާލައިލެއްވި އެވެ.

އަރަބި ލީގުގެ ވެރިޔާ އަހުމަދު އަބޫލް ވިދާޅުވީ އިޒްރޭލުން ދެމުންދާ ހަމަލާތައް ދުނިޔޭގެ ލީޑަރުން ވަގުތުން ހުއްޓުވަންޖެހޭ ކަމަށެވެ. ހޮސްޕިޓަލަކާއި ދިފާއުއެއް ނެތް އާންމުންނަށް ގަސްދުގައި ބޮން އަޅަނީ ކޮން ފަދަ ނުބައި ވިސްނުމަކުންތޯ؟ ކަމަށް އޭނާ ސުވާލު ކުރެއްވި އެވެ.

އޭނާ ވިދާޅުވީ އިޒްރޭލުން ހިންގާ ހަނގުރާމައިގެ ޖަރީމާތައް ލިޔެވޭނެ ކަމަށާއި ސަލާމަތް ނުވެވޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox