އަލްޖިއޭސް (އޮކްޓޫބަރު 17) - ފަލަސްތީނުގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ފަލަސްތީނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ މެޗުތައް އެ ގައުމުގައި ނުކުޅެވޭނެތީ، ފަލަސްތީނު ޓީމުގެ ހުރިހާ މެޗުތަކެއް ހޯސްޓްކޮށްދޭން އަލްޖީރިއާ އިން އެއްބަސްވެއްޖެެ އެވެ.
އަލްޖީރިއާގެ ފުޓްބޯލް ފެޑަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ފަލަސްތީނުގެ ގައުމީ ޓީމުން 2026 ވަނަ އަހަރު ވޯލްޑް ކަޕްގެ ކޮލިފައިންނާއި 2027 ވަނަ އަހަރު އޭޝިއަން ކަޕްގެ ކޮލިފައިން މެޗުތަކާއި ކޮލިފައިންނަށް ތައްޔާރުވުމަށް ކުޅޭ އެކުވެރިކަމުގެ މެޗުތައް އަލްޖީރިޢާ އިން ހޯސްޓްކޮށްދޭނެ ކަމަށެވެ.
އަދި މި މެޗުތަކަށް ހިނގާ ހުރިހާ ހަރަދެއްވެސް ބަލަހައްޓާނީ އަލްޖީރިއާގެ ފުޓްބޯލް ފެޑަރޭޝަނުން ކަމަށެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި އޮސްޓްެރޭލިއާއާ ދެކޮޅަށް އަންނަ މަހުގެ 21 ވަނަ ދުވަހު އަލްޖީރިއާ ކުޅެން ހަމަޖެހިފައި އޮތް މެޗު މިހާރު ކުޅޭނީ އަލްޖީރިއާގަ އެވެ.
އޭޝިއަން ކަޕް ގަތަރުގައި އަންނަ އަހަރުގެ ޖެނުއަރީގައި ފަށާއިރު، ފަލަސްތީނު އޮތީ ޔުއޭއީ އާއި ހޮން ކޮންގް އަދި އީރާނެވެ.
ހަމާސް ޖަމާއަތާއި އިޒްރޭލުގެ އަސްކަރިއްޔާއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ޝަހީދުކޮށްލައިފަ އެވެ. އަދި ގާޒާ އަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ދެމުންދާ ހަމަލާތަކާ ގުޅިގެން އެތައް ހާސް ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.












