ގާޑިއޯލާ، ފަލަސްތީނުގެ ހަައްގުގައި ބަސްބުނުން ހުއްޓައެއް ނުލާނެ

Jan 31, 2026, 4:15 AM
ގާޑިއޯލާ، ފަލަސްތީނުގެ ހަައްގުގައި ބަސްބުނުން ހުއްޓައެއް ނުލާނެ

ކަޓަލޫނިއާ، ސްޕެއިން (ޖެނުއަރީ 31) - ފަލަސްތީނުގައި ހިނގަަމުން އަންނަ ލާއިންސާނީ ކަންތައްތަކާ ދެކޮޅަށް ދުނިޔޭގެ ގިނަ ބަޔަކު ވަނީ ފަލަސްތީނުގެ އަޑުއެހުން ހުއްޓާލައިފައި ކަމަށާއި އެކަމަކު، އޭނާ އަކީ އަބަދުވެސް ފަލަސްތީނުގެ ހައްގުގައި ބަސްބުނާނެ މީހެއް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މީގެ ކުރިން ވެސް ތަކުރާރުކޮށް އެކި އިވެންޓްތަކުގައި ގާޑިއޯލާ ވަނީ ފަލަސްތީނުގެ ހައްގުގައި އަޑުއުފުލައިފަ އެވެ. އެންމެ ފަހުން، އޭނާ އެކަން ކޮށްފައިވަނީ، މިދިޔަ ބުރާސްފަތި ދުވަހުގެރޭ ކެޓަލޫނިއާ ސަރަހައްދުގެ އިވެންޓެއްގެ ތެރެއިންނެވެ.

ގާޑިއޯލާ ބުނީ، އިޒްރޭލާއި ފަލަސްތީނުގެ ކަންކަމުގައި ބައެއް މީހުން ބުނާހެން ވަކިކޮޅަކަށް ބުރަނުވެ ހުރި މީހެއް ގޮތަށް އޭނާ ހުންނަން ބޭނުންނުވާ ކަމަށާއި އޭނާ އަކީ ފަލަސްތީނުގެ ސަޕޯޓަރެއް ކަމަށެވެ.

Advertisement

"މިދިޔަަ ދެ އަހަރު އަހަންނަށް ފަލަސްތީނުގެ ކޮންމެ މީހެއްގެ ވެސް މެެސެޖެއްގެ ގޮތުގައި ލިބެނީ، ސޯޝަލް މީޑިއާ އިން ވެސް ފެންނަނީ، އަހަރެމެން ގާތުގައި އެހީވާން އަންނާށޭ ބުނާތަން، އެ މަންޒަރުތައް، ދެން ފެންނަނީ، މަރުވެފައި ތިބި ކުޑަކުދިންގެ ވީޑިއޯ އާއި ފޮޓޯ. މި ކަންކަން މިހެން ފެންނާތީވެ، އަހަންނަށް ހީވަނީ އަހަރެމެން މި ތިބީ އެ މީހުން ދޫކޮށްލައިގެންނޭ،" ގާޑިއޯލާ ބުންޏެވެ.

"ޔަގީންކަމެއް، އަހަރެން މި އަޑު އުފުލުމެއް ހުއްޓައެއް ނުލާނަން. އެހީވެސް ވެވެން އޮތް ގޮތަކަށް ވާނަން. އަހަރެން މި ހުރީ ފަލަސްތީނާ އެކު،"

މީގެ ކުރިން، ސްޕެއިނުގެ އާރްއޭސީ1 އަށް ދިން އިންޓަވިއުއެއްގައި ގާޑިއޯލާ ބުނީ، ދުނިޔޭގެ ގިނަ ބަޔަކު ފަލަސްތީނުގެ މަތިން ހަނދާން ނުކުރުމަކީ އަނިޔާއެއް ކަމަށެވެ.

"ދުނިޔޭން ފަލަސްތީނު މަތިން ހަނދާން ނައްތާލައިފިހެން ކަންކަން އޮތީ، އަހަރެމެންނަށް ކުރެވުނު އެއްވެސް ކަމެއް ނެތް. ފަލަސްތީނު މީހުންގެ ކުށެއް ނޫން އެ ތަނަށް އެ މީހުން އުފަންވުމަކީ، އަހަރެން މި ތިބީ ތަނެއް ނެތިކޮށްލަން ދެން ބަލަހައްޓައިގެން. ގައްޒާގައި އެ ހިނގާ ލާއިންސާނީ އަމަލުތަކުގެ ދިފާއުގައި ވާހަކަ ދެއްކޭނެ އެކަކު ވެސް ހުންނާނެ ކަމަށް އަހަންނެއް ގަބޫލެއް ނުކުރަން. އަހަރެމެންގެ ދަރިން ވެސް ތަނަށް އުފެންވެފައި ހުރިނަމަ މަރުވާނެ. އަހަންނަށް އޮތީ ގައުމުތަކުގެ ލީޑަރުންނަށް ވަރަށް ކުޑަ އުންމީދެއް، ބާރުގައި ހުންނަން އެ މީހުން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ،" ގާޑިއޯލާ ބުންޏެވެ.

އިޒްރޭލުން ފަލަސްތީނަށް އަރައި ދެމުން އަންނަ ގެއްލުންތައް ހުއްޓުވަން ކުރާ މަސައްކަތުގައި އެކި ގައުމުތަކުގެ އާންމުން އެ ގައުމެއްގެ ސަރުކާރަށް ޕްރެޝަރުކުރަންޖެހޭ ކަމަށް ވެސް މީގެ ކުރިން ގާޑިއޯލާ ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox