ހަޒާޑް ރިޓަޔާކުރިއިރު، ސައުދީ ލީގުންނާއި އެމެރިކާ ލީގުން ހުށަހެޅުން ލިބުނު

Oct 12, 2023, 5:01 AM
ހަޒާޑް ރިޓަޔާކުރިއިރު، ސައުދީ ލީގުންނާއި އެމެރިކާ ލީގުން ހުށަހެޅުން ލިބުނު

މެޑްރިޑް (އޮކްޓޫބަރު 12) - ބެލްޖިއަމްގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އެޑެން ހަޒާޑް، މީގެ ދެ ދުވަސްކުރިން ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާންކުރިއިރު، އޭނާ އަށް އެމެރިކާ ލީގުންނާއި ސައުދީ ޕްރޯ ލީގުން ފުރުސަތުތަކެއް ލިބުނު މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ޗެލްސީ އާއި ރެއާލް މެޑްރިޑަށް ކުޅުނު ހަޒާޑް ފުޓްބޯޅަ ކުޅުން ހުއްޓާލީ އުމުރުން 32 އަހަރުގަ އެވެ. އާންމު ގޮތެއްގައި ކުޅުންތެރިން މޮޅަށް ކުޅޭ އުމުރެއްގައި ހަޒާޑް ކުޅުން ހުއްޓާލިކަން އިއުލާންކުރީ މިދިޔަ ސީޒަނަށް ފަހު ރެއާލް މެޑްރިޑުން އޭނާ ދޫކޮށްލުމުންނެވެ.

މެޑްރިޑުން ހަޒާޑް ދޫކޮށްލުމުން އޭނާ ބޭނުންވީ ޔޫރަޕްގެ ބޮޑު ކުލަބަކަށް ކުޅެން ޔޫރަޕްގައި މަޑުކުރާށެވެ. އެހެންނަމަވެސް، އެކަށީގެންވާ ހުށަހެޅުމެއް ނުލިބުމުން އޭނާ ކުޅުން ހުއްޓާލީ އެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ ޓްރާންސްފާ ހަބަރުތައް ގެނެސްދޭ އެންމެ މަޝްހޫރު ރިޕޯޓަރު ފަބްރީޒިއޯ ރޮމާނޯ ބުނީ ހަޒާޑް ރިޓަޔާކުރިއިރު، އޭނާއަށް އެމެރިކާ ލީގުގެ ކުލަބުތަކުންނާއި، ސައުދީ ޕްރޯ ލީގުގެ ކުލަބުތަކުން ހުށަހެޅުންތަކެއް ލިބިފައިވާކަމަށެވެ.

ފަބްރީޒިއޯ ބުނީ ހަޒާޑަށް ހުށަހެޅުންތައް ލިބުުނު ނަމަވެސް އޭނާ ހިތްހަމަޖެހޭވަރުގެ ހުށަހެޅުމެއް ނުލިބޭތީ ހަޒާޑް ބޭނުންވީ ކުޅުން ހުއްޓާލަން ކަމަށެވެ.

އެމެރިކާ ލީގަކީ ޔޫރަޕްގެ ގިނަ ކުޅުންތެރިންތަކެއް ކެރިއަރުގެ ފަހު އަހަރުތައް ހޭދަކުރާ ލީގެކެވެ. އެ ގޮތުން ކުރީގެ މަޝްހޫރު ތަރިންކަމަށްވާ ސްޓީވެން ޖެރާޑް، ޑޭވިޑް ބެކަމް، ވޭން ރޫނީ، ފްރެންކް ލަމްޕާޑް، އަންދްރޭ ޕިރްލޯ އަދި ތިއެރީ އޮންރީ ފަދަ ކުޅުންތެރިން ކެރިއަރު އެއްކޮށް ނިންމާލީ އެމެރިކާ ލީގުގެ ކުލަބުތަކަށް ކުޅެފަ އެވެ.

ހަޒާޑަށް ދެން ހުށަހެޅުން ލިބުނު ސައުދީ ޕްރޯ ލީގަކީ މިދިޔަ ޖެނުއަރީ މަހު ޔޫރަޕްގެ މަޝްހޫރު ކުޅުންތެރިންނަށް ބޮޑު ހޭދައެއް ކުރި ލީގެކެވެ. މިގޮތުން ދުނިޔޭގެ މަޝްހޫރު ގިނަ ކުޅުންތެރިން މި ވަގުތު ކުޅެމުން އަންނަ ލީގުގެ ދެ ކުލަބަކުން ހަޒާޑަށް ހުށަހެޅުން ލިބުނު ކަމަށް މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

ގަތަރުގައި 2022ގެ ވޯލްޑްކަޕަށް ފަހު ބެލްޖިއަމްގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލި ހަޒާޑަކީ އެ ގައުމުގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ކެޕްޓަނެވެ.

މީގެ އިތުރުން ޔޫރަޕްގެ ފުޓްބޯޅައިގައި އެންމެ ގިނަ ކާމިޔާބީތައް ހޯދި ބެލްޖިއަމްގެ ކުޅުންތެރިއަކީ ވެސް ހަޒާޑު އެވެ. އޭނާ ވަނީ އިނގިރޭސި ޕްރިމިއާ ލީގު، ފްރެންޗު ލީގު، ސްޕެނިޝް ލަލީގާ، ޔޫރޮޕާ ލީގު، ޔުއެފާ ޗެމްޕިިއަންސް ލީގު އަދި ފިފާ ކުލަބު ވޯލްޑްކަޕް ވެސް ކުލަބު ލެވެލްގައި އުފުލާލައިފަ އެވެ.

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox