ހަޒާޑް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

Oct 10, 2023, 11:14 AM
ހަޒާޑް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

މެޑްރިޑް (އޮކްޓޫބަރު 10) - ޗެލްސީ އާއި ރެއާލް މެޑްރިޑަށް ކުޅެފައިވާ ބެލްޖިއަމް ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، އެޑެން ހަޒާޑް ކުޅުން ހުއްޓާލައިފި އެވެ،

އުމުރުން 32 އަހަރުގައި ހަޒާޑް ކުޅުން ހުއްޓާލިއިރު، މިދިޔަ ސީޒަނަށް ފަހު ރެއާލް އިން ވަނީ އޭނާ ދޫކޮށްލައިފަ އެވެ.

ޗެލްސީ ދޫކޮށް 2019 ވަނަ އަހަރު ރެއާލަށް ހަޒާޑް ބަދަލުވީ 89 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގަ އެވެ. އެކަމަކު، ރެއާލަށް ހަޒާޑް ސްޕެއިން ލީގުގައި ކުޅުނީ 54 މެޗެވެ.

ހަޒާޑްގެ ކްލަބު ކެރިއަރުގައި އެންމެ ވިދާލީ ޗެލްސީގައި ހޭދަކުރި ސީޒަންތަކުގަ އެވެ. ޗެލްސީއާ އެކު ހަޒާޑް ވަނީ ޕްރިމިއާ ލީގު ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ.

"ސޯޅަ އަހަރުގެ ކެރިއަރެއްގައި 700 އަށްވުރެ ގިނަ މެޗު ކުޅުމަށް ފަހު، އަހަރެން މިއަދު މި ނިންމީ ކެރިއަރު ނިންމާލަން،" ރެއާލް އިން މި އަހަރުގެ ޖޫން މަހު ކޮންޓުރެކްޓް ބާތިލްކުރުމުން ކްލަބަކާ ނުގުޅިހުރި ހަޒާޑް ބުންޏެވެ. "އަމިއްލަ ނަފްސަށް އިތުބާރުކޮށް، އެންމެ ރަނގަޅު ވަގުތުގައި ހުއްޓާލަން އެނގެންޖެހޭ."

ރެއާލްއާ އެކު ހަޒާޑް ވަނީ ޗެމްޕިއަންސް ލީގާއި ކްލަބު ވޯލްޑް ކަޕާއި ޔޫރަޕިއަން ސުޕަ ކަޕް އަދި ސްޕެނިޝް ލީގު ކާމިޔާބުކޮށްފަ އެވެ. އެކަމަކު، ހަޒާޑްގެ ޕާފޯމަންސަށް ބަލާއިރު ރެއާލްގައި ހޭދަކުރީ މާ ކާމިޔާބު ދުވަސްތަކެއް ނޫނެވެ. ރެއާލަށް ކުޅުނު ޖުމްލަ 76 މެޗުގައި ހަޒާޑް ޖެހީ އެންމެ ހަތް ލަނޑެވެ.

ފްރާންސްގެ ލިލްގައި ކެރިއަރު ފެށުމަށް ފަހު ހަޒާޑް ޗެލްސީއާ ގުޅުނީ 2012 ވަނަ އަހަރެވެ. ޗެލްސީ އަށް ކުޅުނު 352 މެޗުގައި ހަޒާޑް ވަނީ 110 ލަނޑު ޖަހައިފަ އެވެ.

މިދިޔަ އަހަރު ގަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުން ބެލްޖިއަމް ކެޓުމުން، ހަޒާޑް ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. ބެލްޖިއަމް ގޮވައިގެން ހަޒާޑް އެންމެ މޮޅަށް ކުޅުނު އެއް މުބާރާތަކީ 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox