ބެލޮންޑިއޯ އެވޯޑް ހައްގީ މެސީ އަށް: ހަޒާޑް

Oct 30, 2023, 7:30 AM
ބެލޮންޑިއޯ އެވޯޑް ހައްގީ މެސީ އަށް: ހަޒާޑް

ޕެރިސް (އޮކްޓޯބަރު 30) - އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަށް މިފަހަރު ބެލޮންޑިއޯ އެވޯޑު ނުލިބުމަކީ ލޮޖިކަލީވެސް ގަބޫލުނުކުރެވޭ ކަމެއްކަމަށް އެޑެން ހަޒާޑް ބުނެފި އެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބެލޮންޑިއޯ އެވޯޑު ދިނުމުގެ ހަފްލާ އޮންނާނީ ފްރާންސްގެ ވެރިރަށް ޕެރިހުގައި މިރޭ އެވެ. މިފަހަރުގެ އެވޯޑަށް ވާދަކުރަނީ އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ނޯވޭގެ އާލިން ހާލަންޑް އަދި ފްރާންސްގެ ކިލިއަން އެމްބާޕޭ އެވެ.

ބެލޮންޑިއޯ މިފަހަރު ހޯދާނެ ކުޅުންތެރިއަކާ ގުޅޭ ބަހުސް ގަދަވެފައިވާއިރު، މިފަހަރު މި އެވޯޑު ހޯދުން ގާތްކަމަށް ގިނަ ބަޔަކު ބުނަނީ މެސީ އެވެ. މިކަމަށް ބެލްޖިއަމްގެ ކުރީގެ ތަރި އެޑެން ހަޒާޑްވެސް އެއްބަސްވެ އެވެ.

ދާދި ފަހުން ފުޓްބޯޅަ ކުޅުން ހުއްޓާލި އެޑެން ހަޒާޑް ބުނީ މެސީ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި، އޭނާގެ ކާމިޔާބު ކެރިއަރުގައި ވޯލްޑްކަޕް ހޯދި ފަހަރު އެވޯޑު ނުލިބުމަކީ ލޮޖިކަލީ ގަބޫލުނުކުރެވޭނެ ކަމެއް ކަމަށެވެ.

"ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ވޯލްޑް ކަޕް ހޯދި އަހަރު އޭނާއަށް ބެލޮންޑިއޯ ނުލިބުމަކީ ގަބޫލުކުރަން އުނދަގޫކަމެއް" ހަޒާޑް ބުންޏެވެ.

ވޯލްޑްކަޕްގެ ފައިނަލުގައި ފްރާންސް މޮޅުވިނަމަ މަންޒަރު އެއްކޮށް ބަދަލުވީސް ކަމަށާއި، އޭރުން މިފަހަރު ބެލޮންޑޯ އެމްބާޕޭއަށް ލިބެން ޖެހޭނެކަމަށްވެސް ހަޒާޑު ބުންޏެވެ.

މެސީ އާޖެންޓީނާ އާއެކު ވޯލްޑްކަޕް ހޯދިއިރު، ކުލަބު ލެވެލްގައި ފްރާންސްގެ ލީގު ޕީއެސްޖީއާއެކު ހޯދި އެވެ. ހާލަންޑް ވަނީ އޭނާގެ ކުލަބު މެންޗެސްޓާ ސިޓީއާއިއެކު ޔުއެފާ ޗެމްޕިއަންސް ލީގު، އިނގިރޭސި ޕްރިމިއާ ލީގު އަދި އިނގިރޭސި ލީގު ކަޕް ހޯދާފަ އެވެ. އެމްބާޕޭއަށް މިދިޔަ އަހަރު ލިބުނު ހަމައެކަނި ތައްޓަކީ ފްރާންސް ލީގެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox