ކުޅޭނެ ކުލަބެއް ނެތިގެން ހަޒާޑް ރިޓަޔާކުރަން ވިސްނަނީ!

Jul 30, 2023, 6:40 AM
ކުޅޭނެ ކުލަބެއް ނެތިގެން ހަޒާޑް ރިޓަޔާކުރަން ވިސްނަނީ!

މެޑްރިޑް (ޖުލައި 30) - ކުޅޭނެ ކުލަބެއް ނުލިބުމުގެ ސަބަބުން ބެލްޖިއަމްގެ ކުރީގެ ކެޕްޓަން އެޑެން ހަޒާޑް ކުޅުން ހުއްޓާލަން ވިސްނަން ފަށައިފި އެވެ.

ހަޒާޑް, 32, ކުލަބެއް ނެތި ހުންނަން ޖެހިފައި މިވަނީ ސްޕެއިންގެ ރެއާލް މެޑްރިޑާ އެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނަށްފަހު އުވާލަން ނިންމުމުންނެވެ. މިދިޔަ ސީޒަންގެ ނިޔަލަށް އެކުލަބުގެ ކޮންޓްރެކްޓްގައި ކުރިން ހުރި ހަޒާޑް ކޮންޓްރެކްޓް އުވާލަން ނިންމީ ހިލޭ ޓްރާންސްފާއެއްގައި އެހެން ކުލަބަކަށް ބަދަލުވުމުގެ ބޭނުމުގަ އެވެ.

ނަމަވެސް 2019 ގައި ޗެލްސީ ދޫކޮށް ރެއާލް އަށް ބަދަލުވި ފަހުން ފޯމު ދަށްވެ ޓީމުން ބާކީވެފައި އިންނަން ޖެހި ހަޒާޑުގެ މަގުބޫލުކަންވަނީ ގެއްލިފަ އެވެ. ރެއާލް އަށް ބަދަލުވި ފަހުން ހަޒާޑްގެ ބަރުދަން އިތުރުވެ އޭނާގެ ފިޓްނަސް ދަށްވެ ޓީމުން ފުރުސަތު ލިބޭ މިންވަރު މަދުވި އެވެ. އަދި އޭގެ ފަހުން އަނިޔާގެ މައްސަލަތަކާ ހުރެވެސް ގިނަ މެޗުތަކުގައި ނުކުޅެވުނެވެ.

އާ ސީޒަނުގައި އެހެން ޓީމަކަށް ކުޅުމަށް އުއްމީދުކޮށްގެން ހަޒާޑް މެޑްރިޑާއިއެކު ހަދާފައިވާ އެެއްބަސްވުން އުވާލަން ނިންމީ އެވެ. ހީކުރި ގޮތާ ހިލާފަށް އޭނާ އަށް ޔޫރަޕްގެ އެއްވެސް ކުލަބަކުން ހުށަހެޅުމެއް ނުލިބެ އެވެ.

ބެލްޖިއަމްގެ ގައުމީ ޓީމަށް ވެސް ކުޅުން ހުއްޓާލައިފައިވާ ހަޒާޑް ހޯދަން މަސައްކަތްކުރީ ހަމައެކަނި އެމެރިކާ ލީގުގެ އިންޓަ މިއާމީ އިންނެވެ. ނަމަވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީ ކުޅޭ ޓީމަށް ސޮއިކުރަން އޭނާ ބޭނުމެއް ނުވެ އެވެ. ހަޒާޑް ބޭނުމީ ޔޫރަޕްގައި މަޑުކުރާށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޔޫރަޕްގެ އެއްވެސް ކުލަބަކުން ހަޒާޑަށް ހުށަހެޅުމެއް ނުލިބުމުން މިހާރު ހަޒާޑްގެ ވިސްނުމަކީ ރިޓަޔާކުރުމެވެ.

ދުނިޔޭގެ އެންމެ މަގުބޫލު ފުޓްބޯޅަ ކުޅުންތެރިންގެ ލިސްޓުގައި ކުރިން ހިމެނޭ ހަޒާޑް ބޭނުންވަނީ ޔޫރަޕްގެ ބޮޑު ލީގެއްގައި ކުޅުމެވެ. ނަމަވެސް މިހާތަނަށް ހަޒާޑްގެ އުފަން ގައުމު ބެލްޖިއަމްގެ ކުލަބަކުން ވެސް އޭނާ އަށް ކުޅެން ހުށަހެޅުމެއް ނުލިބެ އެވެ.

ޗެލްސީގެ އެންމެ ކާމިޔާބު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ހަޒާޑަކީ 2018ގެ ވޯލްޑް ކަޕްގެ ތިން ވަނަ ހޯދި ބެލްޖިއަމް ޓީމްގެ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. އޭނާ ވަނީ އެ މުބާރާތުގެ ދެ ވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ ސިލްވާ ބޯލް އެވޯޑުވެސް ހޯދާފަ އެވެ.

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox