ފުވައްމުލަކު ނަރުދަމާ މަޝްރޫއު ހިންގުމުގައި ސަރުކާރުތަކުގެ އިހުމާލުން 56 މިލިއަން ރުފިޔާ އިސްރާފު

ފުވައްމުލައް ސިޓީ: މި ރަށުގެ ފެނާއި ނަރުދަމާ ބޭނުންކުރަން ފެށީ 2019 ގައި -- ފޮޓޯ/މިރާޝް ނާޝިމް

ފުވައްމުލައް ސިޓީ: މި ރަށުގެ ފެނާއި ނަރުދަމާ ބޭނުންކުރަން ފެށީ 2019 ގައި -- ފޮޓޯ/މިރާޝް ނާޝިމް

ފުވައްމުލައް ސިޓީގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއު ހިންގުމުގައި ދެ ސަރުކާރުން ހެދި ގޯސްތަކާ ގުޅިގެން މަޝްރޫއަށް ބަޖެޓު ކުރި ފައިސާއަށް ވުރެ އިތުރަށް 56 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފި އެވެ.

ފުވައްމުލަކުގައި ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަޝްރޫއަކީ ކުވައިތު ފަންޑު ފޯ ޑިވެލޮޕްމަންޓުން ނެގި 160.7 މިލިއަން ރުފިޔާގެ ލޯނަކާއި ދައުލަތުގެ ޕީއެސްއައިޕީ ބަޖެޓުން ބާކީ ހަރަދު ކުރާ ގޮތަށް 2012 ގައި ރޭވި މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭ ވަރުވީ އޭގެ ހަތަރު އަހަރު ފަހުން 2016 ގައި އެވެ. އަދި އަމަލީ މަސައްކަތް ނިމި ނިޒާމު ބޭނުންކުރެވޭ ވަރުވީ 2019 ގައި އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ މި މަޝްރޫއުގެ ޕާފޯމަންސް އޮޑިޓުގައި ބަޔާންކޮށްފައިވާ ގޮތުގައި އެއްބަސްވުންތަކުގައި ވަނީ 282.6 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށެވެ. ނަމަވެސް މަޝްރޫއު ހިންގުމުގައި ދިމާވި އެކި މައްސަލަތަކާ ގުޅިގެން ޖުމްލަ 339.9 މިލިއަން ރުފިޔާ މި މަޝްރޫއަށް ހަރަދުކޮށްފައިވެ އެވެ.

މަޝްރޫއު ކޯޑިނޭޓު ކުރުން ދޯހަޅިކަމުން 20 މިލިއަން ރުފިޔާ އިތުރަށް ހަރަދުވި

ފުވައްމުލައް ފެނާއި ނަރުދަމާ މަޝްރޫއު ހިންގީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ބެލުމުގެ ދަށުން، މި މަޝްރޫއަށް ހާއްސަ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަކުންނެވެ.

އޮޑިޓު ރިޕޯޓުގައިވާ ގޮތުގައި މި މަޝްރޫއުގެ ޑީޓެއިލްޑް ޑިޒައިން ރިޕޯޓަށް އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީން ދިނީ ކޮންޑިޝަނަލް ހުއްދައެކެވެ. އެ ހުއްދައިގައި ވަނީ އީޕީއޭން ރިޕޯޓަށް ގެންނަން ހުށަހަޅާފައިވާ މުހިންމު އިސްލާހުތަކާއި އިތުރު މައުލޫމާތު ހިމެނުމަށް ފަހު އެ ރިޕޯޓު އިސްލާހު ކުރުމަށެވެ.

ނަމަވެސް އެންވަރަމަންޓް މިނިސްޓްރީން މިކަންކަން އިސްލާހު ކޮށްފައިވާކަން ކަށަވަރު ކޮށްފައި ނެތުމުގެ ސަބަބުން މަޝްރޫއު ޕްލޭން ކުރުމުގެ މަރުހަލާ އާއި ނިޒާމް ފަރުމާކޮށް އަމަލީ މަސައްކަތް ކުރުމުގައި މަޝްރޫއުގެ ކޮލިޓީ ހިފެހެއްޓުމަށްޓަކައި ކުރަން ރާވާފައިވާ މަސައްކަތްތައް ތަންފީޒު ނުވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

އޭގެ އިތުރުން އެއްވެސް މުއައްސަސާއަކުން މަޝްރޫއުގެ މަސައްކަތްތައް ކޯޑިނޭޓް ނުކޮށް ހަތަރު މަސް ދުވަސް ހޭދަވެފައި ވާތީ އާއި މަޝްރޫއާ ގުޅޭ މުހިންމު ލިޔެކިޔުންތައް ވެސް ރަނގަޅަށް ބަލަހައްޓާފައި ނުވާ މައްސަލަ އޮޑިޓަރުން ފާހަގަކޮށްފައިވެ އެވެ.

ހަމަ އެހެންމެ، އެންވަރަމަންޓް މިނިސްޓްރީން ހުއްދަ ދީފައި ނުވާ ފަރާތްތަކުން މަޝްރޫއުގެ ބައެއް މަސައްކަތްތައް އިންސްޕެކްޓްކޮށް، ހުއްދަ ދީފައިވާ ކަމަށާއި ބައެއް މަސައްކަތްތައް އެއްވެސް ފަރާތަކުން އިންސްޕެކްޓްކޮށްފައި ނުވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

މި މައްސަލަތަކާ ގުޅިގެން މަޝްރޫއުގެ އަގަށް 20.2 މިލިއަން ރުފިޔާ އިތުރުވެ، މަޝްރޫއު ނިންމަން އިތުރު ހަ މަސް ދުވަސް ހޭދަވި އެވެ.

ކޮންޓްރެކްޓަރަށް ޕާފޯމަންސް ސެޓްފިކެޓް ދިނީ މައްސަލަތައް ހުއްޓައި، ހައްލުކުރަން 43 މިލިއަން

ފުވައްމުލައް ފެނާއި ނަރުދަމާ މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ލަންކާގެ ސިއޭރާ ކޮންސްޓްރަކްޝަން ކުންފުންޏެވެ.

އޮޑިޓު ރިޕޯޓުގައިވާ ގޮތުގައި މަޝްރޫއުގެ އަމަލީ މަސައްކަތް ނިމުމުން ހިނގާ، ނިޒާމުގައި މައްސަލައެއް ހުރިތޯ ބަލައި ހައްލުކުރަން އޮންނަ ޑިފެކްޓްސް ލައިބިިލިޓީ މުއްދަތުގެ ތެރޭގައި މޮނިޓަރިން އާއި އިވެލުއޭޝަން މަސައްކަތް އެންމެ އެދެވޭ ގޮތެއްގައި ހިނގާފައި ނުވެ އެވެ.

މި މުއްދަތުގެ ތެރެއިން ގާތްގަނޑަކަށް ތިން މަސް ދުވަހު މަޝްރޫއު ކޯޑިނޭޓު ކުރާނެ ވަކި އިދާރާއެއް ނެތް އިރު، ޑިފެކްޓްސް ލަޔަބިލިޓީ މުއްދަތުގައި އޮޕަރޭޓަރުގެ ހައިސިއްޔަތުން ނިޒާމު ހިންގުމުގައި ފެނަކައިން ބައިވެރިނުވާ ކަމަށް ވެސް މައްސަލަ އޮޑިޓަރުން ފާހަގަކޮށްފައިވެ އެވެ.

ފެނަކައަށް މި ނިޒާމު ހިންގުމުގެ ވަގުތީ ހުއްދަ އީޕީއޭ އިން ދޫކުރީ ޑިސެމްބަރު 13، 2018 ގަ އެވެ. އެކަމަކު ފެނަކައިން އޭރު އެ މަސައްކަތްތެއް ނުކުރެ އެވެ. މި މައްސަލަ ކޮންސަލްޓަންޓް ފާހަގަކުރުމުން އެކަން އިސްލާހުކުރުމަށް ފެނަކައަށް އީމެއިލްއެއް ފޮނުވާލުން ފިޔަވައި އެންވަރަމަންޓް މިނިސްޓްރީން އިތުރު ކަމެއް ކޮށްފައި ނުވެ އެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ވެސް މި މައްސަލަ، ފުރަތަމަ އެންވަރަމަންޓް މިނިސްޓްރީއަށް އަދި ފަހުން ޕްލޭނިން މިނިސްޓްރީއަށް އެންގުމުން ވެސް އިތުރު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. މިނިސްޓްރީތަކެކޭ އެއް ފަދައިން އީޕީއޭ އިން ވެސް ހުއްދަ ދިން ނަމަވެސް ނިޒާމު ނުހިންގާތީ އޮންނަ އުސޫލުގެ ތެރެއިން ފެނަކައަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށާއި ޖޫރިމަނާކޮށްފައި ނުވާ ކަމަށް ވެސް އޮޑިޓު ރިޕޯޓުގައިވެ އެވެ.

ފެނާއި ނަރުދަމާ ނިޒާމުގެ ވެކިއުމް ޗެމްބަރުތަކާއި މޭންހޯލްތައް ފުރިގެން ނަޖިސް ބޭރުވަމުންދާކަން ޑިފެކްޓްސް ލައިބިލިޓީ މުއްދަތުގައި ފާހަގަކުރެވުނެވެ. ނަމަވެސް، ޕްލޭނިން މިނިސްޓްރިން ވަނީ މި މައްސަލަތައް ހައްލު ކުރުމަށް ކޮންޓްރެކްޓަރަށް އެންގުމަކާއި ނުލައި މަޝްރޫއު ނިމުނު ކަމަށް ކަނޑައަޅައިފަ އެވެ.

މިހެން އަމަލުކުރުމާ ގުޅިގެން، ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރަން 43.2 މިލިއަން ރުފިޔާ ހަރަދުވިއިރު، މިއީ ކޮންޓްރެކްޓަރުގެ ހަރަދުގައި ހައްލުކުރުވަން ޖެހޭ ކަންކަން ކަމުގައި އޮޑިޓު ރިޕޯޓުގައިވެ އެވެ.

އޮޑިޓު ރިޕޯޓުގައި ފާހަގަކުރި މައްސަލަތަކަކީ:

  • އީއައިއޭ ރިޕޯޓާ ހިިލާފަށް މަސައްކަތްކޮށް، ހުއްދަ ނުދޭ ދިމާލެއްގައި ނަޖިސް ބޭރު ކުރާ ހޮޅި ނަޖިސް ފެން ސާފު ކުރާ ނިޒާމާއި ވެކިއުމް ސްޓޭޝަން ގާއިމްކޮށްފައި ވިޔަސް ފިޔަވަޅެއް އަޅާފައި ނެތުން
  • ފެނާއި ނަރުދަމާ ނިޒާމު އެކަށީގެންވާ ގޮތުގައި ހިންގޭނެ ވަރުގެ ވަސީލަތްތައް ފެނަކައިގައި ނެތުން އަދި މި ވަސީލަތްތައް ގާއިމްކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވުން
  • މައްސަލަ ޖެހިފައިވާ މޭން ހޯލް އަދި ވެކިއުމް ޗެމްބަރުތައް ހިއްކުމުގެ މަސައްކަތް ބީލަން ކުރުމަކާ ނުލައި އަމިއްލަ ފަރާތަކާ ހަވާލުކޮށް، 21 މަސް ދުވަހުގެ ތެރޭގައި 8.6 މިލިއަން ރުފިޔާ ހަރަދު ކުރުން
  • ފެނަކައިން ތައްޔާރުކޮށް ހުށަހަޅަން ޖެހޭ މާލީ ހާލަތާބެހޭ ރިޕޯޓުތައް ހުށަހަޅާފައި ނުވުމުގެ ސަބަބުން ނިޒާމު ހިންގާ ބެލެހެއްޓުމަށް ހިންގާ ހަރަދު ދެނެގަނެވިފައި ނުވުމާއި، އާމްދަނީގެ ގޮތުގައި ލިބެން ޖެހޭ ފައިސާ ނުލިބުން
  • ފެނުގެ ނިޒާމުން 1500 ކިއުބިކް މީޓަރުގެ ފެން ދުވާލަކު އުފެއްދޭނެ ކަމަށް ކޮންޓްރެކްޓުގައި އޮތް ނަމަވެސް ޕްލާންޓުން އުފެއްދެެނީ 532 ކިއުބިކް މީޓަރުގެ ފެން ކަމުގައިވުން

މި މައްސަލަތައް އިސްލާހުކުރަން އޮޑިޓު އޮފީހުން ވަނީ ދައުލަތުގެ ހަރަދުގައި ހިންގާ މިފަދަ އިޖުތިމާއި ގޮތުންނާއި އިގުތިސާދީ ގޮތުން މުހިންމު މަޝްރޫއުތަކުގައި ރަނގަޅަށް ބަލަހައްޓައި މޮނިޓާކުރުމުގެ ނިޒާމު ހަރުދަނާކުރުމަށާއި ލިޔެކިޔުންތައް ރަނގަޅަށް ބެލެހެއްޓުމަށާއި އޮންނަ އުސޫލުގެ ތެރެއިން ރެގިއުލޭޓަރުން ފިޔަވަޅު އެޅުމަށް ލަފާ ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox