ބިއޮންޑްގެ ފުރަތަމަ ފްލައިޓް މިއަދު ރާއްޖެ ގެނެސްފި، ނޮވެމްބަރުގައި ދަތުރުތައް ފަށަނީ

ބިއޮންޑްގެ ފުރަތަމަ ބޯޓު ރާއްޖެ އައުން، މި އެއާލައިންގެ މައި ހަބަކީ ރާއްޖެ. ދަތުރުތައް ފަށާނީ ނޮވެމްބަރުގައި --- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ބިއޮންޑްގެ ފުރަތަމަ ބޯޓު ރާއްޖެ އައުން، މި އެއާލައިންގެ މައި ހަބަކީ ރާއްޖެ. ދަތުރުތައް ފަށާނީ ނޮވެމްބަރުގައި --- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ރާއްޖޭގެ ސިމްޑީ ގްރޫޕާއި ޔޫއޭއީގެ އަރަބެކްސް ގުޅިގެން އުފައްދާފައިވާ ދުނިޔޭގެ ފުރަތަމަ ޕްރިމިއަމް ލެއިޝާ އެއާލައިން "ބިއޮންޑް"ގެ ފުރަތަމަ ފްްލައިޓު މިއަދު ރާއްޖެ ގެނެސްފި އެވެ.

ބިއޮންޑްގެ ފުރަތަމަ ފްލައިޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު މެންދުރު ޖެއްސި އިރު އެ ބޯޓަށް ވީއައިއޭއިން ވަނީ ވޯޓާ ސެލިއުޓެއް ދީފަ އެވެ.

ބިއޮންޑް އެއާލައިނަކީ ލަގްޒަރީ ޓޫރިޒަމް މާކެޓަށް އަމާޒުކޮށްގެން، އެންމެ މަތީ ފަންތީގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ މަގުސަދުގައި ފަށާ ދުނިޔޭގެ ފުރަތަމަ ލެއިޝާ އެއާލައިނެވެ. އެ އެއާލައިނުގެ ދަތުރުތައް އަންނަ ނޮވެމްބަރުގައި ފަށަން ހަމަޖެހިފައިވާއިރު ޓިކެޓު ބުކިންއަށް ވެސް މިހާރު ވަނީ ހުޅުވާލާފަ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބިއޮންޑްގެ ސީއީއޯ ޓެރޯ ޓަސްކިލާ ވިދާޅުވި ގޮތުގައި ބިއޮންޑްގެ ރަސްމީ ދަތުރުތައް އަންނަ މަހު ފަށާއިރު ފުރަތަމަ ދަތުރުކުރާނީ ތިން މަންޒިލަކަށެވެ. އެއީީ ސައުދީގެ ރިޔާދް، ޖަރުމަނުގެ މިއުނިކް އަދި ސްވިޓްޒަލޭންޑްގެ ޒުރިކް އެވެ. މި ތިން ގައުމުން ރާއްޖެއަށް ކުރާ މި ދަތުރުތައް ހަފްތާއަކު ދެ ދުވަހު ބާއްވާނެ ކަމަށް ޓެރޯ ވިދާޅުވި އެވެ.

މި ފްލައިޓްގެ ދަތުރުތައް ފަށާއިރު ސައުދީގެ ރިޔާދް އަށް ކުރާ ދަތުރުތަކުގެ އަގުތައް ފެށެނީ 1,700 ޑޮލަރުންނެވެ. އަދި ޖަރުމަނަށް ކުރާ ދަތުރުތަކުގެ އަގުތައް 2000 ޑޮލަރުން ފެށޭއިރު ސްވިޓްޒަލޭންޑަށް ކުރާ ދަތުރުތައް ފެށޭނީ 3،000 ޑޮލަރުންނެވެ.

ބިއޮންޑްގެ ލައިވަރީގައި މިއަދު ލޭންޑްކުރި ފުރަތަމަ ފްލައިޓް --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
ބިއޮންޑްގެ ލައިވަރީގައި މިއަދު ލޭންޑްކުރި ފުރަތަމަ ފްލައިޓް --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ބިއޮންޑްގެ ލައިވަރީގައި މިއަދު ލޭންޑްކުރި ފުރަތަމަ ފްލައިޓް --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

"ރާއްޖެއަކީ ބިއޮންޑް ގެ ހޯމް. ކުރިއަށް އޮތް ފަސް އަހަރު ބިއޮންޑްގެ ހުރިހާ ފްލައިޓެއް އޮޕަރޭޓް ކުރާނީ ރާއްޖެއިން.. އަޅުގަނޑުމެންގެ ޓާގެޓަކީ މި ފަސް އަހަރުތެރޭ ރާއްޖެއިން 60 މަންޒިލަކަށް ދަތުރު ފެށުން، އަދި އެ ދަތުރުތަކަށް 33 އެއާކްރާޕްޓް އަޅުގަނޑުމެން އޮޕަރޭޓް ކުރާނަން," ޓެރޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަންނަ އަހަރު ތެރޭ ރާއްޖެއިން އިތުރު ހަ މަންޒިލަކަށް ދަތުރުތައް ފަށަން ވަނީ ރާވާފަ އެެވެ. އޭގެ ތެރޭގައި އިޓަލީގެ މިލާން އާއި ތައިލެންޑުގެ ބެންކޮކާއި ދުބާއީ އަދި ޗައިނާގެ ބެއިޖިން އަދި ޝެންހާއި ހިމެނެ އެވެ.

ސިމްޑީގެ ސީއީއޯ ޑރ. މަރިޔަމް ޝަކީލާ ވިދާޅުވި ގޮތުގައި ކުންފުނީގެ އަމާޒަކީ މި އެއާލައިނުން ވީހާވެސް ގިނަ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމެވެ. އެގޮތުން, މިހާރުވެސް މި އެއާލައިނުގައި ގިނަ ދިވެހިންތަކަކަށް ވަޒީފާގެ ފުރުސަތު ދީފައިވާ ކަމަށާއި އަމާޒަކީ އެއާލައިންގެ 50 ޕަސެންޓަކީ ދިވެހި މުވައްޒަފުންނަށް ހެދުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

ބިއޮންޑްގެ ދަތުރުތަކަށް ބޭނުންކުރާނީ އެއާބަސް އޭ319، އޭ320 އަދި އޭ321 ގެ ބޯޓުތަކެވެ. މި ދަތުރުތަކުގައި ޕަސިންޖަރުންނަށް އެންމެ މަތީ ފެންވަރުގެ ހިދުމަތް ފޯރުކޮށްދީ ބޯޓުތެރޭގެ ޖާގަ ތަނަވަސްކުރުމުގެ ގޮތުން ބޯޓުތަކުގެ ސީޓްތައް ހުންނާނީ މަދުކޮށްފަ އެވެ.

"އޯލް ބިޒްނަސް ކްލާސް"ގެ ސީޓުތައް ހިމެނޭ މި ބޯތުތަކުގައި ހުންނާނީ 44-68 ސީޓެވެ. އަދި ބޯޓުގައި ބޭނުންކުރާ ގޮނޑި ތަކަކީ ފޯ ސީޒަންސް އޭ321 ޕްރައިވެޓް ޖެޓްތަކުގެ ސީޓްތައް ސަޕްލައިކުރި އިޓަލީގެ އޮޕްޓިމާސް ކުންފުނިން ޑިޒައިންކޮށްފައިވާ މަތީ ފެންވަރުގެ ސީޓްތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox