އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓުތަކުގައި ވަކިން ހިންގޭ ވިޔަފާރިތަކުގެ ތެރޭގައި ޔޮޓް މެރީނާތައް ހިމަނައި އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކޮށް ހިންގުމާ ބެހޭ އާ ގަވާއިދެއް ނެރެފި އެވެ.
މިއީ އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓު ތަރައްގީކޮށް ހިންގުމާ ބެހޭ ދެވަނަ ގަވާއިދެވެ. މީގެ ދެ އަހަރުން ކުރިން ނެރުނު ގަވާއިދާއި މި ގަވާއިދާ އޮތް ހަމައެކަނި ތަފާތަކީ އިންޓަގްރޭޓަޑް ރިސޯޓުތަކުގައި ޔޮޓް މެރީނާތައް ހިންގަން ހުއްދަ ދިނުމެވެ.
އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓުތަކަކީ ޓޫރިސްޓު ރިސޯޓާއި ހޮޓާތަކާއި އަދި މިހާރު މެރީނާތައް ވެސް ހިމެނޭހެން ފަތުރުވެރިކަމުގެ އެއް ބާވަތަށް ވުރެ ގިނަ ބާވަތް ހިމެނޭ ގޮތަށް ތަރައްގީކުރާ ތަންތަނެވެ. މިއީ ގިނަ އިންވެސްޓަރުން ގުޅިގެން ޓޫރިޒަމް އިންވެސްޓުމަންޓުތަކަށް ފަހިކުރުމުގެ މަގުސަދުގައި ގެންގުޅޭ ޓޫރިޒަމް މޮޑެލްއެކެވެ.
މިގޮތަށް ރިސޯޓުތައް ހިންގަން ދެނީ 20 އަހަރު ދުވަހުގެ މުއްދަތަށެވެ.










