ފަލަސްތީނުގެ ވަރުގަދަ ޖިހާދަށް މައުމޫނުގެ އައްސަރިބަހާއި ސާބަސް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް : ފަލަސްތީނުގެ ވަރުގަދަ ޖިހާދަށް މައުމޫނުގެ އައްސަރިބަހާއި ސާބަސް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް : ފަލަސްތީނުގެ ވަރުގަދަ ޖިހާދަށް މައުމޫނުގެ އައްސަރިބަހާއި ސާބަސް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެފައިވާ އިޒްރޭލާ ދެކޮޅަށް އެ ގައުމުން އިއްޔެ ދޭން ފެށި ހަމަލާތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ސާބަސް ވިދާޅުވެއްޖެ އެވެ.

މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި މައުމޫން ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން މަސައްކަތް ކުރަމުން އެ ގެންދަނީ އެ މީހުންގެ އަސާސީ ހައްގުތައް ހޯދުމަށް ކަމަށެވެ.

"ފަލަސްތީނުގެ ރައްޔިތުންގެ އަސާސީ ހައްގުތައް އަނބުރާ ހޯދުމަށްޓަކާ ފަލަސްތީނުގެ ހިތްވަރުގަދަ މުޖާހިދުން އިއްޔެ އޮކްޓޫބަރު 7، ގައި އާހިތްވަރަކާއެކު ފެށި ވަރުގަދަ ޖިހާދަށް އައްސަރިބަހާއި ސާބަސް ރައްދު ކުރަން،" މައުމޫން ލިޔުއްވާފައިވެ އެވެ.

މައުމޫނުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް 'އެކްސް' ގައި ކުރެއްވި ޕޯސްޓުތަކެއްގައި ވަނީ ފަލަސްތީނާ އެކުގައި ދިވެހިން ތިބިކަން ކަށަވަރުކޮށްދެއްވާފަ އެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ ދިފާއު ވެވޭނެ ގޮތެއް ނެތް ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ނުބައްދަލު ބާރުގެ ބޭނުން ކުރުން ކުށްވެރި ކުރައްވާފަ އެވެ. އަދި ސުލްހަ ޔަގީން ކުރެވޭނެ ހަމައެކަނި ގޮތަކީ ފަލަސްތީނާއި އިޒްރޭލަކީ ދެ ދައުލަތުގެ ގޮތުގައި ބަލައިގަތުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އިންތިހާބީ ރައީސް މުއިއްޒު ލިޔުއްވި ޕޯސްޓުގައި ގޮވައިލެއްވީ 1967 ވަނަ އަހަރު އޮތް ސަރަހައްދީ ރޮނގާ ހަމައަށް އިޒްރޭލު ފަހަތަށް ޖެހުމާއެކު ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަތުމަށެވެ. އަދި އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސްކަމަށް ވާން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަދި [ފަލަސްތީނުގެ] ރެފިއުޖީން އެނބުރި އެމީހުންގެ ވަޒަނަށް ދިއުމުގެ ފުރުސަތު ވަގުތުން ދޭން ޖެހޭނެ،" ސޯޝަލް މީޑިއާގައި ލިއުއްވި ލިއުއްވުމުގައި މުއިއްޒު ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒަރޭލުން ގާޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 256 އަށް އަރައިފަ އެވެ.

ހަމާސް އިން ދިން ހަމަލާގައި އިޒްރޭލުގެ 300 އަށްވުރެ ގިނަ މީހުން މަރުވި ކަމަށް ވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

އިޒްރޭލުން ބުނާ ގޮތުގައި ހަމާސްގެ އިތުރުން ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހިޒްބުﷲ އިންވެސް މިހާރު ދަނީ ހިފާފައިވާ ބިންތަކަށް ހަމަލާދެމުންނެވެ.

ފުރަތަމަ ބޮޑުހަނގުރާމައިގަައި އިނގިރޭސިން ފަލަސްތީނު ހިފުމަށް ފަހު ވަޒަންވެރިވި ޔަހޫދީން 1948 ވަނަ އަހަރު އުފެއްދި ދައުލަތުގެ ސަރަހައްދު 1967 ވަނަ އަހަރާ ހަަމައަށް އޮތީ މިހާރަށް ވުރެ އެތައް ގުނައެއް ކުޑަކޮށެވެ. އދ. އިން އެ ދައުލަތް ބަލައިގަތީ އޭރު އޮތް ސަރަހައްދީ ރޮނގުގެ ތެރޭގަ އެވެ. އޭގެ ފަހުން 1967 ވަނަ އަހަރު ކުރި ހަ ދުވަހުގެ ހަނގުރާމައިގައި އިތުރު ބިންތައް ހިފައި، އޭގެ ފަހުން ވެސް އިޒްރޭލުން އަންނަނީ މެދު ނުކެނޑި ފަލަސްތީނުގެ ބިންތައް ހިފަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox