އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 160 މީހުން ޝަހީދުވެއްޖެ

އިޒްރޭލުން  ފަލަސްތީނުގެ ޣައްޒާއަށް ބޮންއެޅުމުގެ ސަބަބުން އަލިފާންރޯވި އިމާރާތްތަކުން ދިން އަރަނީ. ފޮޓޯ:ވަކާލަތު ޝިހާބް/ފަލަސްތީން

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ބޮންއެޅުމުގެ ސަބަބުން އަލިފާންރޯވި އިމާރާތްތަކުން ދިން އަރަނީ. ފޮޓޯ:ވަކާލަތު ޝިހާބް/ފަލަސްތީން

ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން އިޒްރޭލުގެ ބައެއް ސަރަހައްދުތަކަށް މިއަދު ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ނަމުގައި، ހިސާރުކޮށްފައިވާ ޣައްޒާގައި އާއްމުން ދިރިއުޅޭ އިމާރާތްތަކަށް އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން 160 މީހުން ޝަހީދުވެ، 1،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.

ފަލަސްތީނުގެ ސިއްހީ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާ ބުނީ މިހައިތަނަށް މަދުވެގެން 160 މީހުން ޝަހީދުވެފައިވާ ކަމަށާއި ޒަހަމްވި މީހުންގެ އަދަދު ހާހަކަށް ވުރެ މަތިވެފައިވާ ކަމަށެވެ. ޣައްޒާގެ އާއްމުން ދިރިއުޅޭ ތަންތަނަށް އިޒްރޭލުން މެދުނުކެނޑި ދެމުން ގެންދާ ހަމަލާތަކުގެ ތެރެއިން ހަމަލާއެއް ފަލަސްތީނުގެ ރެޑްކްރެސެންޓްގެ އެމްބިއުލާންސަކަށް އަމާޒުކުރި ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

ފަލަސްތީނުގެ ނިއުސްއެޖެންސީއެއްގެ މުރާސިލަކާ ހަވަލާދީ އަލްޖަޒީރާ ބުނި ގޮތުގައި އިޒްރޭލުގެ މަތިންދާބޯޓަކުން ފޮނުވައިލި މިސައިލު ސީދާ އަމާޒުކުރީ އެމްބިއުލާންސަށެވެ. އެހަމަލާގައި ޒަހަމްވި މީހުންގެ ތެރޭގައި ރެޑްކްރެސެންޓްގެ ޕެރަމެޑިކުން ހިމެނެ އެވެ.

Advertisement

ހަމާސްގެ ހަމަލާތަކުގައި އިޒްރޭލުގެ 40 މީހުން މަރުވި

އިޒްރޭލުން ހިފާފައިވާ އިރުމަތީ ގުދުސްގައި ހުރި އަލްޖަޒީރާގެ މުރާސިލާ ހަވާލާދީ އެ އެޖެންސީން ބުނީ އިޒްރޭލުގެ ތެރެއަށް ވަދެ، ހަމާސްގެ ހަނގުރާމަވެރިން މިއަދު ދިން ހަމަލާތަކުގައި އިޒްރޭލުގެ 40 މީހަކު މަރުވިކަން އިޒްރޭލުން ސަރުކާރުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އިޒްރޭލު ސަރުކާރުން ބުނެފައިވާ ގޮތުގައި އެ ހަމަލާތަކުގައި 750 މީހުން ޒަހަމް ވެސް ވި އެވެ.

ހަމާސްގެ ހަނގުރާމަވެރިން އިޒްރޭލުގެ ސަރަހައްދުގެ ތެރެއަށް ވަނީ މޮޓޮރައިޒްޑް ގްލައިޑް ފަދަ ވަސީލަތްތައް ބޭނުންކޮށްގެންނެވެ. އެގޮތަށް ވަންނަ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާއްމުކޮށްފައި އެބަހުއްޓެވެ.

ހަމާސް އިން މިއަދު ބުނި ގޮތުގައި އިޒްރޭލަށް އެމީހުން ހަމަލާ ދިނީ މަސްޖިދުލް އަޤުސާގައި އިޒްރޭލުން ހިންގި ޖަރީމާތަކާއި ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނު މީހުންނަށް ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުންނެވެ.

ހަމާސްއިން ހަމަލާތައް ދިނުމާ އެކު އިޒްރޭލުން ވަނީ ހަނގުރާމަ އިއުލާނުކޮށްފަ އެވެ.

އިޒްރޭލަކީ ފަލަސްތީނުގެ ބިމުގައި 1948 ވަނަ އަހަރު އުފެއްދި ޔަހޫދީ ދައުލަތެކެވެ. އެ ދައުލަތް އުފެއްދި އިރު އޮތް ސަރަހައްދަށް ވުރެ އެތައް ގުނައެއް އިތުރަށް ހިފީ އޭގެ ފަހުން ކުރި ހަނގުރާމަތަކުގަ އެވެ. މަސްޖިދުލް އަގުސާ އެ ތަނެއްގައިވާ އިރުމަތީ ގުދުސަކީ ވެސް އިޒްރޭލު އުފެއްދި ފަހުން ހިފި ސަރަހައްދެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox