މޯހަން ބަގާން ވަރުގަދަ ވިޔަސް މާޒިޔާ އަށް ވެސް ފުރުސަތު އެބައޮތް: މިލޯ

Oct 1, 2023, 11:41 AM
މާޒިޔާގެ ކޯޗު މިލޯ: މޯހަން ބަގާން އަތުން ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްގެން މާޒިޔާ އަށް މޮޅުވެވިދާނެ ކަމަށް ގަބޫލުކުރެވޭ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މާޒިޔާގެ ކޯޗު މިލޯ: މޯހަން ބަގާން އަތުން ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްގެން މާޒިޔާ އަށް މޮޅުވެވިދާނެ ކަމަށް ގަބޫލުކުރެވޭ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އޭއެފްސީ ކަޕް ގްރޫޕް ޑީގައި މާދަމާރޭގެ މެޗަށް ނުކުންނައިރު، މޯހަން ބަގާން ސުޕަ ޖަޔަންޓަކީ ވަރުގަދަ ޓީމެއްކަން އެނގޭ ކަމަށާއި އެހެން ނަމަވެސް މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވެސް މޮޅުވާން ފުރުސަތު އޮންނާނެ ކަމަށް އެ ޓީމުގެ ކޯޗު ކޯޗު ބޮސްނިއާގެ މިލޮމީރް ސެސްލިޖާ (މިލޯ) ބުނެފި އެވެ.

މި ފަހަރުގެ އޭއެފްސީ ކަޕްގައި މާޒިޔާ ކުޅުނު މެޗުން މާލޭގައި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އަތުން 3-1 އިން މޮޅުވިއިރު، މޯހަން ބަގާން އިން ވަނީ 4-0 އިން އޮޑިޝާ އެފްސީ ބަލިކޮށްފަ އެވެ.

މާޒިޔާ އިން މާދަމާރޭ ކަލްކަތާގައި މޯހަން ބަގާންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިލޯ ބުނީ މިއީ މާޒިޔާ އިން ވަރަށް ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅެން ޖެހޭ އުނދަގޫ މެޗެއް ކަމަށެވެ.

"(މޯހަން ބަގާން އަކީ) މޮޅު ޓީމެއް، އިންޑިވިޖުއަލީ ވެސް އެޓޭކިން އަށް ބަލާއިރު ވެސް އެ މީހުން ތަފާތުކަން އެބަ އެނގޭ. ގިނަ ފަހަރު އެ މީހުން ބޭނުންވާ ގޮތަށް މެޗު ދަނީ ވެސް،" އިންޑޮނީޝިއާ ލީގުގައި މަސައްކަތްކުރި މިލޯ ބުންޏެވެ.

"ހޯމް އެންޑް އަވޭ ކުޅޭއިރު މެޗުތަކުގައި ހުންނާނީ ތަފާތު ސްޓައިލްތަކެއް. ރާއްޖޭގައި ކުޅޭއިރު ނޫނީ ބަންގްލަދޭޝްގައި ކުޅޭއިރު ނޫނީ ކަލްކަތާގައި ކުޅޭއިރު، މި މޫސުމަށް ހޭނިގެން ކުޅެން ޖެހޭ ތަފާތުތަކެއް ވެސް ހުންނާނެ. ފުޓްބޯޅައިގައި އަހަރެންގެ ވިސްނުމަކީ ކޮންމެ ހާލަތެއްގައި ވެސް ކުޅެން ތައްޔާރަށް ތިބެންޖެހޭނީ. ފުޓްބޯޅައިގައި ކޮންމެ ޓީމަކަށް ވެސް މޮޅުވުމުގެ ފުރުސަތެއް އޮންނާނެ."

މާޒިޔާ އިން މިިދިޔަ އަހަރު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު މެޗުތައް ސެންޓްރަލައިޒްކޮށް ކުޅުނީ ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގަ އެވެ. މިދިޔަ އަހަރުގެ މުބާރާތުގެ މެޗުން 5-2 އިން މޯހަން ބަގާން ވަނީ މާޒިޔާ ބަލިކޮށްފަ އެވެ. އެކަމަކު، އެ މެޗު ކުޅުނު މޯހަން ބަގާން ޓީމު މިހާރު އޮތީ ކޮންމެ ވެސް ވަރަކަށް ބަދަލުވެފަ އެވެ.

މިލޯ ބުނީ މޯހަން ބަގާން ޓީމުގައި މި ވަގުތު ތިބި ކުޅުންތެރިންނަކީ އިންޓަނޭޝަނަލް ލެވަލް ކުޅުންތެރިން ކަމަށާއި މާޒިޔާގައި ވެސް ރާއްޖޭގެ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން އެބަތިބި ކަމަށެެެވެ.

"އަހަންނަށް އެނގޭ އެ މީހުން (މޯހަން ބަގާން) މި ދަނޑުގައި ވަރަށް މޮޅަށް ކުޅޭކަން. ދެން އަހަރެން މި ޓީމާ (މާޒިޔާއާ) ހަވާލުވެފައި ދޮޅު މަހެއްހާ ދުވަހު މި ކުރި މަސައްކަތަށް ބަލާއިރު، މިއީ ގެއްލޭނެ އެއްޗަކަށް ވުރެ އެއްޗެއް ހޯދަން މަސައްކަތްކުރާނެ މެޗެއް. މޯހަން ބަގާން އަށް އިހުތިރާމް ކުރަން، އެކަމަކު ބިރެއް ނުގަނެ ކުޅޭނީ. ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް އަހަރެމެން ކުޅެން ބޭނުމީ،" މިލޯ ބުންޏެވެ.

"ވުލްވްސް އަށް މެންޗެސްޓާ ސިޓީ ބަލިކުރެވެންޏާ މާޒިޔާ އަށް މޯހަން ބަގާން ވެސް ބަލިކުރެވިދާނެ. އަހަރެމެން ކުޅޭނީ އެންމެ ރަނގަޅަށް މަސައްކަތް ކޮށްގެން. މޯހަން ބަގާން ޓީމަށް ބަލާއިރު ބަލިފައިގެ ގޮތުގައި ފާހަގަކުރެވޭ ކަންކަމަށް ވުރެ އެ ޓީމުގެ ވަރުގަދަކަން ފެންނަން ހުރި ކަންކަން ގިނަ،"

މި ގްރޫޕްގައި ހިމެނޭ ޓީމުތަކުގެ ނަތީޖާތަކާ އެހެނިހެން ކަންކަމަށް ބަލާއިރު ގްރޫޕްގައި އެންމެ ވަރުގަދަ ޓީމަކީ މޯހަން ބަގާންއޭ ބުނެވިދާނެ ކަމަށް މިލޯ ވެސް އެއްބަސްވެ އެވެ. އެކަމަކު، މިލޯގެ މެސެޖަކީ، "އެކަންކަން އެ ހުރީ ކަރުދާހުގައި، އެކަމަކު، އަހަރެން ބުނާނީ ޕްރެޒެންޓޭޝަން އޮތީ ދަނޑުމަތީގައޭ. އަހަރެމެންނަށް ލެވަލް ސާބިތުކޮށްދެވޭނެ" ކަމަށެވެ.

މޯހަން ބަގާން ކަހަލަ ޓީމަކާ ދެކޮޅަށް ހަަމައެކަނި ޑިފެންސްކޮށްގެން ނަތީޖާއެއް ނުނެރެވޭނެ ކަމަށް ބުނެ، މިލޯ ބުނީ ޓެކްޓިކްސް ރޭވުމުގެ ވާހަކަ މެޗުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމުގައި ނުދެއްކޭނެ ކަމަށެވެ. އެކަމަކު، އޭނާ ގަބޫލުކުރާ ސްޓައިލުގެ ފުޓްބޯޅަ ކުޅޭ ގޮތް މިލޯ ކިޔައިދިނެވެ.

"އެޓޭކްކޮށްގެން ނަތީޖާ ނެރެވޭނީ، އަހަރެން ގަބޫލުކުރާ ފުޓްބޯޅައިގައި އެޓޭކްކޮށްގެން އެންމެ ރަނގަޅަށް ޑިފެންސް ކުރެވޭނީ. އަހަރެން ރާއްޖެ އައިއިރު ވިސްނައިގެން މަސައްކަތް ކުރަން ބޭނުންވި އެންމެ ބޮޑު ކަމަކީ ކުޅުންތެރިންނަށް އިތުބާރު ހޯދައިދީގެން މޮޅަށް ކުޅުވުން. އޭއެފްސީ ކަޕްގެ ހަ މެޗު ނިމުނީމަ އެނގޭނެ މި ކުރާ މަސައްކަތުގެ ނަތީޖާ،" މިލޯ ބުންޏެވެ.

މާޒިޔާ އާއި މޯހަން ބަގާން ކުޅޭ މެޗު ފަށާނީ މާދަމާރޭ 19:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox