ރާއްޖެއިން ބޭރުގައި ވޯޓުލާން ރަޖިސްޓްރީވި މީހުންގެ އަދަދު ގާތްގަނޑަަކަށް ދެ ގުނަ އިތުރުވެއްޖެ

މި މަހުގެ ނުވަ ވަނަަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ކުރިއަށްދަނީ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މި މަހުގެ ނުވަ ވަނަަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ކުރިއަށްދަނީ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރާއްޖެއިން ބޭރުގައި ވޯޓުލާން، އިންތިހާބުގެ ފުރަތަމަ ބުރާ އަޅާބަލާއިރު ގާތްގަނޑަކަށް ދެ ގުނަ އިތުރަށް މީހުން ރަޖިސްޓްރީކޮށްފި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެހެން ތަންތަނުގައި ވޯޓުލާ މީހުންގެ ރީ-ރަޖިސްޓްރޭޝަން މަސައްކަތް ނިންމައި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން އިލެކްޝަން ކޮމިޝަން (އީސީ)އިން ދިން 48 ގަޑިއިރުގެ މުއްދަތު ހަމަވީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންތިހާބުގެ ފުރަތަމަ ބުރުގައި، ރާއްޖޭން ބޭރުގައި ވޯޓުލާން 3327 މީހުން ރަޖިސްޓްރީކުރި އިރު ދެވަނަބުރުގައި، ރާއްޖޭން ބޭރުގައި ވޯޓުލާން ރަޖިސްޓަރީ ކޮށްފައިވަނީ 6223 މީހުން ކަމަށެވެ.

ވޯޓު ފޮށި ބަހައްޓާ ގައުމުތަކާއި ކޮންމެ ގައުމަކަށް ދެ ބުރުގައި ރަޖިސްޓްރީވި މީހުންގެ ހިސާބުތައް އޭނާ ހިއްސާކުރެއްވި އެވެ. އެ ހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖެއިން ބޭރުގައި ބަަހައްޓާ ހުރިހާ ފޮއްޓަކަށް ވެސް ރަޖިސްޓްރީވި މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ ގާތްގަނޑަކަށް 60،000 މީހުން ވޯޓުލާފައި ނުވެ އެވެ. އެހެންވެ، ދެވަނަ ބުރުގައި ވާދަ ކުރާ ޕީޕީއެމް/ޕީއެންސީ އަދި އެމްޑީޕީން ވެސް ވޯޓުނުލާ މީހުންގެ ރަޖިސްޓްރޭޝަން ހަމަޖެއްސުމުގެ މަސައްކަތް ކޮށްފައިވެ އެވެ.

ގިނަ އަދަދެއްގެ ބަޔަކު ދެވަނަ ބުރުގައި ވޯޓުލާން ރީ-ރަޖިސްޓްރީވާން ފޯމު ހުށަހެޅުމުން، އޮޅުވާލުންތަކެއް އުޅޭ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެ ޕާޓީއާ ގުޅިފައިވާ އެމްއެންޕީ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ނަމަވެސް އެފަދަ ކަމެއް ނުހިނގާ ކަމުގެ ޔަގީންކަންދީ އެ އީސީން ވަނީ ކޮންމެ މީހަކު ވެސް ސައްހަ ތަނުގައި ރަޖިސްޓްރީވެފައިވޭތޯ އަމިއްލައަށް ބަލައި ޝަކުވާ ހުށަހެޅުމަށް އޮންނަ މުއްދަތުގައި ހުށަހެޅުމަށް އެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox