އާންމު ވޯޓެއްގެ ބަޖެޓަށް މިދިޔަ އަހަރު އެދުމުން މަޖިލީހުން އެއްބާރުލުން ނުދިން: ހަބީބު

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު : ވިދާޅުވީ އާންމު ވޯޓެއްގެ ބަޖެޓަށް މިދިޔަ އަހަރު އެދުމުން މަޖިލީހުން އެއްބާރުލުން ނުދިން ކަމަށް - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު : ވިދާޅުވީ އާންމު ވޯޓެއްގެ ބަޖެޓަށް މިދިޔަ އަހަރު އެދުމުން މަޖިލީހުން އެއްބާރުލުން ނުދިން ކަމަށް - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މި އަހަރަށް ދައުލަތުން ކަނޑައަޅާ ބަޖެޓުގެ މަސައްތަކުގެ ތެރެއިން އިލެކްޝަންސް ކޮމިޝަނު (އީސީ) އިން މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ އެކު ބޭއްވި ބައްދަލުވުމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ އާންމު ވޯޓެއް ނަގަން ޖެހިއްޖެ ހާލަތަކަށް އެ އިންތިހާބަށް ބަޖެޓަށް އެދުމުން މަޖިލީހުން އެއްބާރުލުން ދީފައިނުވާ ކަމަށް އީސީއިން ބުނެފި އެވެ.

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު އީސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަބީބު ވިދާޅުވީ، އެ ބައްދަލުވުމުގައި އާންމު ވޯޓުތަކަކަކީ އީސީގެ ގާނޫނީ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެއް ކަން ފާހަގަކުރެއްވި ކަމަށެވެ.

ހަބީބު މިހެން ވިދާޅުވެފައި މިވަނީ އަންނަ މަހުގެ 30 ގެ ކުރިން ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަޖިލީހުން ފާސްކޮށް އީސީގައި އެދިފައިވާ ދަނޑިވަޅެއްގަ އެވެ. އެ އިންތިހާބަށް ބޭނުންވާ ބަޖެޓު އަދި ހަމަޖެހިފައެއް ނުވެ އެވެ.

"އަޅުގަނޑުމެން ބުނިން ކޮމިޝަނުގެ ގާނޫނީ ޒިންމާގެ ދަށުގައި އެބަ ހިމެނެއޭ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް އައިސިއްޔާ އެކަމާ ގުޅޭގޮތުން ހޭލުންތެރިކުރުވުން، އަޅުގަނޑުމެން އެވާހަކަ ދެއްކީމަވެސް އޭތި ކުރިއަށްދާ ގޮތެއް ނުވި އެކަމަށް ސަޕޯޓެއް ނެތް" ހަބީބް ވިދާޅުވި އެވެ.

ވޯޓުލާން އަންގަނީ އަދި ބަޖެޓު ފާސްކުރަނީވެސް މަޖިލީހުން ކަމަށާއި މަޖިލީހުން އެކަމަށް އޭރު އެއްބާރުލުން ނުދިނުމުން އިތުރަށް އެކަމަށް އީސީއިން މަސައްކަތް ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް އޭނާ ވިދާޅުވީ ނިޒާމީ ވޯޓުގެ ގަރާރަށް ޖަވާބުދީ މަޖިލީހަށް ފޮނުވި ސިޓީގައި ވޯޓާމެދު ރައްޔިތުން ހޭލުންތެރިކަން ކުރުވަން ޖެހޭނެކަން އަންގާފައިވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް 30 ދުވަހަކީ، ބަޖެޓު ލިބިއްޖެ ނަމަ ނުކުރެވޭނެ ކަމެއް ނޫންކަމަށް ބެސް އޭނާ ވިދާޅުވި އެވެ.

ނިޒާމީ ވޯޓާ ގުޅޭގޮތުން އީސީއިން މިހާރު ވަނީ ގާނޫނީ ލަފާ ހޯދުމަށްފަހު މަޖިލީހުން އެދުނު ގޮތަށް ވޯޓު ނެގުމުގެ ކުރިން ޖަވާބު ބޭނުންވާ ކަންކަމަށަށް މަޖިލީހުގައި އެދިފަ އެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރު ދިރާސާކޮށް މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވާލި ރިޕޯޓް ފާސްކުރީ 35 މެންބަރުންގެ ވޯޓުންނެވެ. ގަރާރު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. އެ ގަރާރު ފާސްކުރީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ގާނޫނު އަސާސީގެ 70 ވަނަ މާއްދާއިން މަޖިލީހަށް ލިބިދޭ ބާރުގެ ދަށުންނެވެ.

މީގެ ކުރިން 2007 ގައި ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ވެސް ނަޝީދާއި އޭރު އެމަނިކުފާނު ލީޑުކުރައްވަމުން ގެންދެވި އެމްޑީޕީން ވެސް ތާއީދުކުރީ ބަރުލަމާނީ ނިޒާމަކަށެވެ. އަދި ނަޝީދުގެ ވެރިކަމުގައި ވެސް ނިޒާމު ބަދަލު ކުރުމަށް ތާއީދުކުރައްވައި ވާހަކަ ދައްކަވާފައި ވެ އެވެ.

ވެރިކަމުގެ ނިޒާމުގެ ބަދަލުތަކުގެ ވާހަކަ 2018 ގެ ރިޔާސީ އިންތިހާބާ ދިމާކޮށް ވެސް އެމްޑީޕީން ހުށަހެޅި އެވެ. ނަމަވެސް ކޯލިޝަންގެ ބައިވެރިންގެ ތެރޭގައި އެކަމުގެ ހިޔާލު ތަފާތުވުން ހުރުމުން ކޯލިޝަންގެ މެނިފެސްޓޯގައި އެ ކަން ހިމަނާފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox