ފީގޯގެ ތައުރީފު ބެލިންހަމް އަށް

Sep 17, 2023, 8:15 AM
ފީގޯގެ ތައުރީފު ބެލިންހަމް އަށް

މެޑްރިޑް (ސެޕްޓެމްބަރު 17) - ރެއާލް މެޑްރިޑްގެ އިނގިރޭސި މިޑްފިލްޑަރު، ޖޫޑް ބެލިންހަމް އަކީ މިހާރު ވެސް ދުނިޔޭގެ ތަރިއެއް ކަމަށް ބުނެ، އޭނާ އަށް އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ލުއިސް ފީގޯ ތައުރީފްކޮށްފި އެވެ.

ބެލިންހަމް، 20، ރެއާލަށް ބަދަލުވީ ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމުންޑުން 89 މިލިއަން ޕައުންޑްގެ ފީއަކަށެވެ. ރެއާލާ އެކު ކުޅޭ ފުރަތަމަ ސީޒަންގައި ވެސް ބެލިންހަމް އަންނަނީ ތަފާތު ދައްކަމުންނެވެ. އެ ގޮތުން މިހާތަނަށް އެ ޓީމަށް ކުޅުނު ހަތަރު މެޗުގައި އޭނާ ވަނީ ފަސް ގޯލު ޖަހައިފަ އެވެ.

ކުރިން ބާމިންހަމް އަށް ކުޅުނު ބެލިންހަމް އަށް ރެއާލްގެ ގިނަ ކުޅުންތެރިންނާއި ކޯޗުގެ ތައުރީފް ލިބެމުން އަންނައިރު، އެ ޓިމްގެ ކުރީގެ ލެޖެންޑް، ފީގޯ ވެސް ވަނީ ބެލިންހަމްގެ މޮޅު ކުޅުން ފާހަގަކޮށްފަ އެވެ.

Advertisement

ފީގޯ ބުނީ ބެލިންހަމް އަކީ މިހާރު ވެސް ދުނިޔޭގެ ފުޓްބޯޅައިގެ ވަރުގަދަ ތަރިއެއް ކަމަށާއި، ޒުވާން އުމުރުގައި ވެސް އޭނާގެ ފަރާތުން ފެންނަ ކަންތައްތަކަށް ބަލާއިރު ފެންނަނީ މޮޅު ކުޅުންތެރިއެއްގެ ސިފަތައް ކަމަށެވެ.

މާ ބޮޑު އުނދަގޫކަމެއް ނެތި ރެއާލްގެ ސްޓައިލަށް ހޭނި ބެލިންހަމް ދައްކަމުން އަންނަ ކުޅުން ފާހަގަކުރަމުން ފީގޯ ބުނީ ދުނިޔޭގެ ފުޓްބޯޅައިގެ ބޮޑު ޓީމަކަށް އައިސް ރަނގަޅަށް ހޭނި މޮޅު ކުޅުމެއް ދެއްކޭނީ މަދު ކުޅުންތެރިންތަކަކަށް ކަމަށާއި، މި ކަމުން ވެސް ބެލިންހަމްގެ "ކޮލިޓީ" ސާބިތުވާ ކަމަށެވެ.

ރެއާލުން ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވުމުގައި ބެލިންހަމްގެ ދައުރު ބޮޑެވެ. އެ ގޮތުން ފަހު ދެ މެޗުން އެ ޓީމު މޮޅުވީވެސް މެޗުގެ ފަހުކޮޅު ބެލިންހަމް ޖެހި ގޯލުތަކުންނެވެ. އަނެއް ދެ މެޗުގައިވެސް އޭނާ ޖެހި ގޯލްތައް ފާހަގަކޮށްލެވެ އެވެ.

ބެލިންހަމްގެ މޮޅު ކުޅުމަށް މެޑްރިޑްގެ ވައިސް ކެޕްޓަން ޑެނީ ކާވަހާލް ވަނީ ދާދި ފަހުން ތައުރީފްކޮށްފަ އެވެ. އެ ގޮތުން، ތަޖުރިބާކާރު މިޑްފިލްޑަރުން ތިބި ޓީމަކަށް އައިސް ޖެހިލުމެއްނެތި އޭނާ ދައްކަމުން އަންނަ ހުނަރު ކާވަހާލް ވެސް ފާހަގަކުރެ އެވެ.

ރެއާލްގެ ކޯޗު ކާލޯ އޮންޗެލޮޓީ ބުނީ ބެލިންހަމްގެ ފަރާތުން މޮޅު ކުޅުންތެރިއެއްގެ ކިބައިގައި ހުންނަން ޖެހޭ ސިފަތައް ފެންނަކަމަށާއި، އޭނާއަކީ ދުނިޔޭގެ ފުޓްބޯޅައިގެ ވަރުގަދަ ނަމަކަށް ވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ރެއާލާ އެކު ބެލިންހަމް ކުޅޭ ފަސް ވަނަ މެޗުގައި މިރޭ ނުކުންނާނީ ސޮސިއެޑާޑާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެގެން އަލުން އެއް ވަނަ އަށް އެރޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox