ގޮނޑުދޮށުން ހޮވާ މާކަނާ ތަޅުދަނޑި

ގޮނޑުދޮށުން ހޮވާ މާކަނާ ތަޅުދަނޑި

އިރުވައިގެ ދަންހަޅަ އަރައި ގޮނޑުދޮށުގެ ވެލިގަނޑު އެފުށް މިފުށަށް ޖަހާލުމުން, ރާޅުއަރާ ފަށުން ވަރަށް ރީތި ތަފާތު ވައްތަރުގެ ތަކެތި ފެންނާނެ އެވެ. އެންމެ ތަފާތު ތަކެތީގެ ތެރެއިން ފެންނަ އެކަށްޗަކީ މާކަނާ ތަޅުދަނޑި އެވެ. މިހާރުގެ ކުދިން އެގޮތަށް އެ ތަންތަނުން ތަކެތި ނުހޮވިޔެއްކަމަކު ކުރިން ރަށްފަށުގެ މޫނުމަތީގެ އަތިރިމަތީގައި ޖެޓީއެއް ނޯންނާނެ އެވެ. އޮންނާނީ ސާފު ދޮންވެލިގަނޑެވެ. ހަވީރު ހިޔާ ޖެހުމުން އޮންނާނީ އެތަނުގައި ފުރުޅުމެވެ. ތަފާތު ކުޅިވަރުތައް ކުޅުމެވެ. ކުޑައިރުގެ ހަނދާންތަކުގެ ތެރެއިން މި ގޮތަށް މާކަނާ ތަޅުދަނޑިމަތިން މިހާރު ހަނދާން ހުރީ ކިތައް ކުދިންބާއޭ ހިތަށް އަރައެވެ.

މާކަނާ ތަޅުދަނޑިއަކީ އަސްލު މާކަނާގެ ފޮށީގެ ތަޅުދަނޑި ނޫންކަން ފަހުން އެނގުނެވެ. ނަމަވެސް މީގެ ދިރޭ އެއްޗެއް ދުވަހަކުވެސް ފެނިފައި ނުވާތީ ހީކޮށްގެން ހުރީ މިއީ މޫދުގައި ހުންނަ އެއްޗެހީގައި ޖަހާ ތަފާތު ބާވަތް ބާވަތުގެ ގާފޮރީގެ ބާވަތެއް ކަމުގައެވެ.

ގޮނޑުދޮށުން ފެންނަ އަޅުގަނޑުމެންނާ ގުޅުން ހުންނަ އެތައް އެއްޗެއްވެ އެވެ. އެތަކެތީގެ ތެރެއިން އެއީ އަސްލު ކޮން އެއްޗެއްކަން ނޭނގޭ ތަކެތީގެ ތެރެއިން މި ލިޔުމުގައި މިފަހަރު މިބަލައިލަނީ މާކަނާ ތަޅުދަނޑިއަކީ ކޮން އެއްޗެއްކަމެވެ.

މާކަނާ ތަޅުދަނޑިއަކީ ކޮން އެއްޗެއްތޯ ބަލަމުން ދިޔައިރު އަޅުގަނޑަށް އެނގުނީ މިއީ ބޯވަ ދިލަމަހެއްގެ އެތެރޭގައި އޮންނަ އެއްޗެއްކަމެވެ.

މާކަނާ ތަޅުދަނޑި

މާކަނާ ތަޅުދަނޑިއަކީ ވަރަށް ރީތިކޮށް އޮޅާލައިފައި އޮންނަ އެއްކޮޅު ހިމަ ހޮޅިއެއް ފަދަ އެއްޗެކެވެ. ހޮޅީގެ އެތެރޭގައި 25 އާއި 37 ދެމެދުގެ އަދަދަކަށް ޗެމްބާސް ނުވަތަ ބެއްދުންތަކެއް ހުރެ އެވެ. އެއްބައި އަނެއް ބަޔަށް ވައިދަތުރުކުރުމަށް މަގެއް އޮވެއެވެ. މަހާއި ވަކިން މޫދުގައި އޮންނައިރު މި އޮންނާނީ ފެންމަތީގަ އެވެ. ސާފު ހުދުކުލައިން އުފެދިފައިވާ މިހޮޅި ތުނިކަމުން އެތެރެ ފެންނާނެ އެވެ. މާ ބޮޑު ބާރެއް ނުލިކަމުގައި ވިޔަސް ދެ އިނގިލި ކުރިން ފިއްތާ ކުދިކުދި ކޮށްލެވޭނެ އެވެ.

ބޯވަ އާއި ބޯވަ ދިލަމަހާއި ނައު ބޮއްޔަކީ އެއްއާއިލާގެ މެންބަރުންނެވެ. މާކަނާ ތަޅުދަނޑި އާއި ނައިބޮލީގެ ތޮށިގަނޑަކީ އެކަށްޗެކެވެ. ނަމަވެސް ތަފާތު ތަކެއް ހުރެއެވެ. ނައިބޮލީގެ ތޮށިގަނޑު ހުންނަނީ އެސޮރުގެ ބޭރުގަ އެވެ. މާކަނާ ތަޅުދަނޑި އޮންނަނީ ބޯވަދިލަމަހުގެ ހަށިގަނޑު ތެރޭގެ ފަހަތުގަ އެވެ. ދޭތިންވެސް ކުރަނީ އެއްބޭނުމެކެވެ. އެތެރޭގައިވާ ޗެމްބާސް ނުވަތަ ވަތްގަނޑުތަކަށް ވައިޖަހައިގެން މައްޗަށް އެރުމާއި އަޑިއަށް ދާންވުމުން ވައި ދޫކުރުމެވެ. އަދި ހަށިގަނޑު ފެނުގެ ތެރޭގައި އެއްވަރެއްގައި ހިފެހެއްޓުމެވެ. އެއްވަރެއްގައި ހިފެހެއްޓުމެވެ.

ބޯވަދިލަމަސް

މާކަނާ ތަޅުދަނޑި ހުންނަނީ ރާމްސް ހޯން (Ram's Horn) ނަމަކަށް ކިޔާ ބޯވާދިލަމަހެއްގަ އެވެ. އެއީ އާންމުކޮށް އަހަރުމެންނަށް މިފެންނަ ބޯވަދިލަމަހާއި ތަފާތު ބޯވަދިލަމަހެކެވެ. އެހެނިހެން ބޯވަދިލަމަސް ދިގުކޮށް ފަތާކޮށް އުފެދިފައި ވާއިރު މި ކުޑކުޑަ ބޯވަދިލަމަސް އުފެދިފައިވަނީ ދިގުކޮށް ހޮޅިއެއްހެން ވަށްކޮށްނެވެ. މިއީ ވަރަށް އަޑީގައި އުޅޭ އެއްޗެއްކަމުން މީގެ ހަށިގަނޑުގައި ރެދަނުން ރަތާއި މުށިކުލައިގެ ކުލަތަކުން ދިއްލެ އެވެ. އަދި މިއަލި އެތައްގަޑިއިރެއް ވާންދެން ހުރެއެވެ. މަހުގެ ފަހަތު ކޮޅުގައި ހުންނަ ކުޑަކުޑަ ދެއުރަހަ މަސައްކަތް ކުރަނީ ދެބުރަފަތި ފަދައިންނެވެ. އަދި މިބޯވަދިލަމަހުގައި ދަތެއް, ދުލެއް ނުހުރެ އެވެ. ނަމަވެސް އެހެން ބޯވަދިލަމަހެކޭ އެއްފަދައިން މިމަހަށްވެސް އަށްފައި ލިބިފައިވެ އެވެ. އަދި އާންމު ގޮތެއްގައި އަޑިއަށް ދަނީ ބޯކޮޅު ދަށަށް ވާގޮތަށެވެ. އެއީ މީގައި މާކަނާ ތަޅުދަނޑި އޮންނަ ތަނުގެ ގޮތުން ކަމަށް ވެއެވެ.

އުޅޭތަނާއި ސަރަހައްދު

މި ސޮރުމެން އުޅޭ ސަރަހައްދަކީ އެޓްލާންޓިކް، އިންޑޯ ވެސްޓް ޕެސެފިކް އަދި ޓްރޮޕިކަލް އަދި ޓްރޮޕިކަލް ކަނޑުތަކާއި ގުޅިފައި ހުންނަ މާކަނޑާއި މާކަނޑުތަކާއި ގުޅިފައި ހުންނަ ރަށްތަކުގެ ކަނޑުތަކުގަ އެވެ.

ފެނިފައިވާ ތަންތަނަށް ބަލާއިރު އިންޑޮނޭސިޔާ, ނިވްޒިލޭންޑް, ސައުތު އެފްރިކާ, ނޯތުވެސްޓަން އެފްރިކާ, ކެނަރީ އައިލޭންޑް އަދި ގަލްފް އޮފް މެކުސިކޯ އިންނެވެ.

އުޅޭ ފުންމިން

މިކުޑަކުޑަ ބޯވަ ދިލަމަސް ދިރިއުޅޭ ފުންމިނަކީ މި މާކަނޑުގެ މެދުމިނެއްގެ ފުންމިނެވެ. ދުވާލުގެ ވަގުތުގައި އެ ސޮރުމެން 1804.4 ފޫޓާއި 3280.8 ފޫޓު (550 މީޓަރާއި 1000 މީޓަރު) ގެ ފުންމިނުގައި މަޑުކޮށްގެން ތިއްބަސް ރޭގަނޑުވުމުން ކާނާ ހޯދާ ޝިކާރަ ކުރުމަށް 3228 ފޫޓާއި 984.2 ފޫޓު (100 މީޓަރާއި 300 މީޓަރު) ގެ ތިލައަށް އަރައެވެ. ނަމަވެސް މީގެ ޅަމަސްތައް ޒުވާން އުމުރަށް އަޅައިގަންނާންދެން 3280.8 ފޫޓާއި 5741.4 ފޫޓު (1000 މީޓަރާއި 1750 މީޓަރުގެ) ފުންމިނުގައި މަޑުކުރެއެވެ.

ކާނާ

މިބާވަތުގެ ބޯވަދިލަމަހުގެ މައިގަނޑު ކާނާއަކީ ކުދިމަހާއި ހަރުތޮށިގަނޑު ލިބިފައިވާ ވައްތަރުތަކާއި މައިކަށި ނެތްތަކެތީގެ ބާވަތްތަކެވެ.

އުފެދި ބޮޑުވުން

މިބާވަތުގެ ބޯވަދިލަމަހުގައި އަންހެންމަހާއި ފިރިހެން މަހުގައި ތަފާތު ހުރެއެވެ. ބޯވަދިލަމަސް ބިސް އަޅަނީ ގައުފަދަ ތަކެތީގެ ދަށުގަ އެވެ. މި ބޯވަ ދިލަމަސް ބިސްއަޅާ ފުންމިނަށް ބަލާއިރު އެ ހިސާބު އަޑީގައި ބައިޓަނަށް ވުރެ ބަރު ފިއްތުމެއް ހުރެ އެވެ. ނަމަވެސް މި އަޖައިބުކުރުވަނިވި މަހަށް އެކަމުން ގެއްލުމެއް ނުވެ އެވެ. ބިސް ވިހާއިރު ޅަމަހުގައި ހުންނަނީ 2 މިލިމީޓަރެވެ. ބޯވަ ދިލަމަސް ބޮޑުވުމުން ބޯވަ ދިލަމަހުގައި ހުންނަނީ 30 މިލިމީޓަރާއި 45 މިލިމީޓަރުގެ މިންވަރެކެވެ. ހަށިގަނޑާއި ފައިތަކުގެ ދިގުމިން އެއްވަރެވެ.

ކުދިމަސް ބޮޑެތިވެ ޒުވާން އުމުރަށް އަޅައިގަންނަނީ 10 މަހާއި 15 މަހުންނެވެ. ދުނިޔޭގައި އުޅޭ ކަމަށް ރެކޯޑު ކުރެވިފައި ވަނީ އެއް އަހަރާއި ދޮޅު އަހަރާ ދެމެދުގެ މުއްދަތެކެވެ. މިސޮރުމެންގެ ބައިވެރިޔާ ހޯދުމާއި ބިސްއެޅުމާއި ވިހާ ބޮޑުވުމުގެ ގިނަ ކަންތައްތައް އަދި ހޯދިފައެއް ނުވެއެވެ.

ދުޝްމަނުން

މީގެ ދުޝްމަނުންގެ ތެރޭގައި ހިބަރު، ބޮޑުމަސް ފަދަ ތަކެތި ހިމެނެއެވެ.

މައުލޫމާތު ނެގީ:https://australian.museum/

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox