ޖަރުމަންގެ ގައުމީ ޓީމަށް ފަސް ކޯޗަކު ޝޯޓްލިސްޓުކޮށްފި

Sep 14, 2023, 8:18 AM
ޖަރުމަންގެ ގައުމީ ޓީމަށް ފަސް ކޯޗަކު ޝޯޓްލިސްޓުކޮށްފި

ބާލިން (ސެޕްޓެމްބަރު 14) - ޖަރުމަނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ފަސް ކޯޗަކު ޝޯޓްލިސްޓްކޮށްފި އެވެ.

ޖަރުމަންގެ ގައުމީ ކޯޗުގެ މަގާމް ހުސްވެފައިމިވަނީ ކުރީގެ ކޯޗު ހަންސީ ފްލިކް މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. ހަންސީ ފްލިކްގެ އިރުޝާދުގެ ދަަށުން އެންމެ ފަހުން ޖަރުމަންގެ ގައުމީ ޓީމް ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ.

ފްލިކްގެ ބަދަލުގައި ޖަރުމަންގެ ގައުމީ ޓީމްގެ ކޯޗަކަށް ގެންނަން ފަސް ކޯޗެއްވަނީ ޝޯޓްލިސްޓުކޮށްފަ އެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އެވެ. ނަމަވެސް ލިވަޕޫލާއިއެކު 2026ގެ ޖޫން މަހާ ހަމައަށް ކޮންޓްރެކްޓުގައި ހުރި ކޯޗު ޖަރުމަންގެ ގައުމީ ޓީމަށް ދިޔުމުގެ ވިސްނުމެއް މިވަގުތު ނެތެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އާ ކޯޗުގެ މަގާމަށް އައުން އެންމެ ގާތީ އެންމެ ފަހުން ފްރާންސް އަތުން 2-1 އިން ޖަރުމަން މޮޅުވި މެޗުގައި އެޓީމަށް އިރުޝާދުދިން ރޫޑީ ވޮލާ އެވެ. ޖަރުމަންގެ ފުޓްބޯޅަ ޓީމްގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމުގައި ހުރި ވޮލާ ކޯޗުކަމާ ހަވާލުވާން އެޓީމްގެ ގިނަ ކުޅުންތެރިންވެސް ބޭނުންވެ އެވެ.

ދެން ޝޯޓްލިސްޓުކުރި ކޯޗުންނަކީ ބަޔާން މިޔުނިކްގެ ކުރީގެ ކޯޗު ހޫލިއަން ނޭގަލްސްމަން އާއި ޖަރުމަންގެ ކުރީގެ ފޯވާޑް މިރޮސްލާވް ކްލޯސާ އަދި ނެދަލޭންސްގެ ކުރީގެ ކޯޗު ލުއީ ވެންހާލް އެވެ.

މި ކޯޗުންގެ ތެރެއިން ލުއީ ވެންހާލްގެ ސިއްހީ ހާލަތު ހުރި ގޮތުން 72 އަހަރުގެ ކޯޗަށް ޖަރުމަން ކަހަލަ ޓީމަކަށް އިރުޝާދުދިނުމުގައި އުނދަގޫތަކެއް ހުންނާނެކަމަށް ބެލެވެ އެވެ. 2022ގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ފަހު ނެދަލޭންޑްސްގެ ގައުމީ ޓީމުން އޭނާ ވަނީ ވަކިވެފަ އެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޖަރުމަންގެ އާ ކޯޗަކަށް ގެނައުން ގާތީ 36 އަހަރުގެ ނާގެލްސްމަން އެވެ. ބަޔާން މިޔުނިކާއި، ރެޑްބުލް ލިއެޕްޒިގެ ކުރީގެ ކޯޗު މިވަގުތު ހުރީ ވަޒީފާއެއް ނެތިފަ އެވެ. އޭނާގެ ޒުވާން އުމުރާއި ކޯޗިން ސްޓައިލަށް ބަލާއިރު ޖަރުމަންގެ ގައުމީ ޓީމަށް ކުރިއެރުން ގެނެވޭނެކަމަށް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.

ޖަރުމަނަކީ އަބަދުވެސް އަމިއްލަ ގައުމުގެ ކޯޗުން ގައުމީ ޓީމްގައި ބެހެއްޓުމަށް އިސްކަންދޭ ގައުމެކެވެ. އެހެންކަމުން ނާގެލްސްމަންއަށް މި ފުރުސަތު ލިބުން ބޮޑުކަމަށްވެސް ބެލެވެ އެވެ.

ނާގެލްސްމަން އަށް މި ފުރުސަތު ނުލިބެއްޖެނަމަ ދެން އެ ގައުމުގެ ފެޑެރޭޝަނުން ބޭނުންވާނެ ކޯޗެއްގެ ގޮތުގައި ކްލޯސާވެސް ފާހަގަވެ އެވެ. އެ ގޮތުން، 2001 އިން ފެށިގެން 2014އާ ހަމައަށް ޖަރުމަންގެ ގައުމީ ޓީމަށް ކުޅުނު ފޯވާޑް ވަނީ 2016 އިން ފެށިގެން 2018 އަށް ގައުމީ ޓީމްގެ އެސިސްޓަންޓް ކޯޗުގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އޭގެ ފަހުން ބަޔާން މިއުނިކްގެ އެސިސްޓަންޓް ކޯޗުގެ ގޮތުގައި ވެސް ކްލޯސާ މަސައްކަތްކުރި އެވެ.

ޖަރުމަންގެ ގައުމީ ޓީމަށް ކުރިއަށް ކުޅެން ހުރި މެޗުތަކަށް ބަލާއިރު މިއަހަރު ކުރިއަށް އޮތީ އެކުވެރިކަމުގެ ތިން މެޗެވެ. އެއީ އަންނަ މަހު އެމެރިކާ އާއި މެކްސިކޯއާ ދެކޮޅަށް ކުޅޭ ދެ މެޗާއި، ނޮވެމްބަރު މަހު އޮސްޓްރިއާއާ ދެކޮޅަށް ކުޅޭ މެޗެވެ.

އަންނަ އަހަރުގެ ޔޫރޯ އަމިއްލަ ގައުމުގައި ބާއްވާތީއާ އެކު މި އަހަރު ބާކީ ހުރި އެކުވެރިކަމުގެ މެޗުތަކުގެ ކުރިން ގައުމީ ޓީމަށް ކޯޗެއް ހަމަޖައްސާނެ ކަމަށް ބެލެވެ އެވެ.

ޖަރުމަނުން އެންމެ ފަހުން ޔޫރޯ ކާމިޔާބުކޮށްފައިވަނީ 1996 ވަނަ އަހަރުގަ އެވެ. އޭގެ ފަހުން އެގައުމުން ވަނީ 2014ގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox