ޔޫރޯގެ އެންމެ ޒުވާން ކޯޗު ނާގަލްސްމަން ކުޅެނީ ޕްރެޝަރުގެ ގޭމެއް

Jun 19, 2024, 5:51 AM
ޔޫރޯގެ އެންމެ ޒުވާން ކޯޗު ނާގަލްސްމަން ކުޅެނީ ޕްރެޝަރުގެ ގޭމެއް

ސްޓުޓްގާޓް (ޖޫން 19) - ޔޫރޯ ފުޓްބޯޅަ މުބާރާތް ބާއްވާ ގައުމު ޖަރުމަނުން ކުޅޭ ދެ ވަނަ މެޗަށް ނުކުންނައިރު، އެ ޓީމަށް ވުރެ ބޮޑަށް ޕްރެޝަރު އޮތީ ހަންގޭރީ އަށް ކަމަށް ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނެފި އެވެ.

އުމުރުން 36 އަހަރުގެ ނާގަލްސްމަން، އަކީ ޔޫރޯ ފުޓްބޯޅަ ތާރީހުގައި ވެސް މުބާރާތުގައި ކޯޗުކޮށްދޭ އެންމެ އުމުރުން ހަގު ކޯޗެވެ. މުބާރާތުގެ ކުރިން، އޭނާ ބުނީ، ގައުމީ ޓީމުތަކުގެ މުބާރާތްތަކުގެ ތަޖުރިބާ އާއި ހުރިހާ ކަމަކަށް ބަލާއިރު، އޭނާ އަށް ޕްރެޝަރު އޮތް ކަމަށެވެ.

ފުރަތަމަ މެޗުގަައި ސްކޮޓްލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ނާގަލްސްމަން ބުނީ، އެ ގައުމުގެ ފުޓްބޯޅަ ސަޕޯޓަރުންގެ އުންމީދުތަކާ ނަތީޖާ ނެރެން ޖެހުމުގެ ޕްރެޝަރު އެ ޓީމަށް ވެސް އެބައޮތް ކަމަށެވެ.

އެކަމަކު، ފުރަތަމަ މެޗުގައި 5-1 އިން ސްކޮޓްލެންޑް ބަލިކުރުމަށް ފަހު، ނާގަލްސްމަންގެ ރާގު ދެ ވަނަ މެޗަށް އައިއިރު ބަަދަލުވެއްޖެ އެވެ. ދެ ވަނަ މެޗުގައި މިރޭ ހަންގޭރީއާ ދެކޮޅަށް ނުކުތުމުގެ ކުރިން ނާގަލްސްމަން ބުނީ މި މެޗުގައި ޕްރެޝަރު ބޮޑީ އެ ޓީމަށް ކަމަށެވެ.

"ފެންނަ ފެނުމަަށް ބަލާއިރު އަހަންނަށް ސްކޮޓްލެންޑާއި ހަންގޭރީ ފެންނަނީ އެއް ލެވަލެއްގައި. އެކަމަކު، ފުރަތަމަ މެޗުގެ ނަތީޖާ ނުކުތް ގޮތަކުން ހަންގޭރީ އަށް މި މެޗުގައި އޮތް ޕްރެޝަރު އަހަރެމެންނަށް ވުރެ ވެސް ބޮޑު،" ނާގަލްސްމަން ބުންޏެވެ.

"މިހެން ބުންޏަސް އަހަރެން ކުރިން ފާހަގަކުރި ޕްރެޝަރުގެ ކަންކަން އަހަރެމެންނަށް އެބައޮތްް،"

ނާގަލްސްމަން ބުނީ ފުރަތަމަ މެޗުގައި ހަންގޭރީން ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗު ރަނގަޅަށް ދިރާސާކޮށްފައިވާނެ ކަމަށެވެ. އަދި އެ މެޗަކީ ދެ ހާފުގައި ދެ މަންޒަރެއް ފެނިގެންދިޔަ މެޗެއް ކަމަށާއި މެޗުގެ ޖުމްލަ ނަތީޖާ އަށް ބަލާއިރު، އެ މެެޗުން ހަންގޭރީ އަށް ލިބުނު ވަރަށް ވުރެ ބޮޑު އެއްޗެއް ހައްގުވާ ކަމަށެވެ.

"ކޮލިފައިން އަށް ބަލާއިރު، ހަންގޭރީ އަކީ ލިބޭ ސެޓްޕީސްތަކުގައި ގޯލު ޖެހުމުން ދެ ވަނަ އަށް އެންމެ ރަނގަޅު ޓީމު. އެހެންވީމަ، އަހަރެމެން ވަރަށް ރަނގަޅަށް ވިސްނަން ޖެހޭ ކަމެއް މިއީ،" ނާގަލްސްމަން ބުންޏެވެ.

ޖަރުމަނުން މި ފަހަރުގެ މުބާރާތުގައި ކުރިއަށްދާއިރު، ކޮންމެ މެޗެއްގައި ވެސް ފުރަތަމަ މިނިޓުން ފެށިގެން ފަހު ސިކުންތާ ހަމައަށް ހުންނަން ޖެހޭނީ "ލޯ ހުޅުވައިގެން" ސަމާލުކަން ދޭން ޖެހޭ ހުރިހާ ކަމަކަށް ބަލައިގެން ކަމަށް ނާގަލްސްމަން ވަނީ ބުނެފަ އެވެ.

ޖަރުމަނުން އެންމެ ފަހުން ހަންގޭރީއާ ދެކޮޅަށް އަމިއްލަ ގަައުމުގައި ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. ހަންގޭރީ އާއި ޖަރުމަނު ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox