ރޫޑިގާ، ވޯލްޑް ކަޕް ބޯނަސް ހަދިޔާކުރާނީ ސިއެރަ ލިއޯންގެ ކުޑަކުދިންގެ އޮޕަރޭޝަނަށް

Nov 16, 2022, 2:46 AM
ރޫޑިގާ، ވޯލްޑް ކަޕް ބޯނަސް ހަދިޔާކުރާނީ ސިއެރަ ލިއޯންގެ ކުޑަކުދިންގެ އޮޕަރޭޝަނަށް

މިއުނިކް (ނޮވެމްބަރު 16) - ގަތަރުގައި އަންނަ އާދިއްތަ ދުވަހު ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން ޖަރުމަނުގެ ޑިފެންޑަރު، އެންޓޯނިއޯ ރޫޑިގާ އަށް ލިބޭ ބޯނަސް ހަދިޔާކުރާނީ އޭނާއާ އާއިލީ ގޮތުން ގުޅުން އޮތް ގައުމު، ސިއެރަ ލިއޯންގެ ކުދިންތަކެއްގެ އޮޕަރޭޝަނަށް ކަމަށް ހާމަކޮށްފި އެވެ.

ރޫޑިގާގެ މަންމަ އުފަންވީ ސިއެރަ ލިއޯނަށެވެ. މީގެ ކުރިން ވެސް ރޫޑިގާ ވަނީ ސިއެރަ ލިއޯނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ޖަރުމަނުން ވޯލްޑް ކަޕަށް ނެގި 26 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނޭ ރޫޑިގާއާ ހަވާލާދީ ސްޕެއިނާއި ޖަރުމަނުގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ވޯލްޑް ކަޕު ކުޅެގެން ޖަރުމަނުން އޭނާ އަށް ލިބޭ ބޯނަސް ފައިސާ ހަދިޔާކުރާނީ ސިއެރަ ލިއޯންގައި މި ވަގުތު އެންމެ އަވަހަށް އޮޕަރޭޝަން ކުރަން ޖެހިފައިވާ 11 ކުދިންނަށް ކަމަށް މިހާރު ވަނީ ކަނޑައަޅައިފަ އެވެ.

ޖަރުމަނުގެ ފައުންޑޭޝަން، ބިގްޝޫއާ ގުޅިގެން ރޫޑިގާ މިކަން ކުރިއަށްގެންދާއިރު، މީގެ ކުރިން މި އަހަރުގެ ޖެނުއަރީ މަހުގައި ވެސް ރޫޑިގާ ވަނީ ސިއެރަ ލިއޯންގެ ކުދިންތަކެއްގެ އޮޕަރޭޝަނަށް ފަންޑު ކޮށްފަ އެވެ.

"އަހަންނަކީ ސިއެރަ ލިއޯނަށް ނިސްބަތްވާ މީހެއް ވިޔަސް، އަހަރެން ބޮޑުވީ ޖަރުމަނުގައި، އަހަރެން ބޮޑުވިއިރު، ލިބުނު ވަރަށް ބޮޑެތި އެހީތަކުން، ސިއެރަ ލިއޯންގައި މި ތިބި ކުދިން މި ތިބީ މަހުރޫމްވެފައި، އަހަރެން ބޭނުންވަނީ ކޮންމެ ވެސް ވަރަކަށް މި ކަަންތައްތަކަށް ހައްލުތަކެއް ހޯދަން،" މިދިޔަ ޖެނުއަރީ މަހު ރޫޑިގާ ދިން .އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

ޗެލްސީ ދޫކޮށް މި ސީޒަނުގައި ރެއާލް މެޑްރިޑަށް ބަދަލުވި ރޫޑިގާ ވަނީ މީގެ ކުރިން ލަންޑަންގައި އެހީ އަށް ބޭނުންވާ ކުދިންނަށްޓަކައި އެކި ޕްރޮގްރާމްތަކެއްގައި ބައިވެރިވެފަ އެވެ. އަދި ސިއެރަ ލިއޯންގެ ކުދިންނަށް ރޫޑިގާގެ ފައުންޑޭޝަންގެ ފަރާތުން ގަވާއިދުން އެކި ފަހަރު މަތިން ހަދިޔާ ފޮނުވައި ހަދަ އެވެ.

އޮފް ސީޒަން ނުވަތަ، ސީޒަނުގެ ތެެރެއިން ލިބޭ ބައެއް ބްރޭކްތަކުގައި ރޫޑިގާ ވަނީ މީގެ ކުރިން ސިއެރަ ލިއޯނަށް ގޮސް، އެ ގައުމުގެ އެކި އުމުރުފުރާގެ މީހުންނާ އެކު ވަގުތު ހޭދަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox