ފަތުރުވެރިކަން ތަރައްގީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ތިން ރަށެއްގައި ޓޫރިސްޓް ރިސޯޓު ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަން ހުޅުވާލައިފި އެވެ.
ބީލަން ހުޅުވާލި ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. މެދަފުށި، ށ. ނަލަންދޫ އަދި ތ. ރުށްތިބިރަށް އެވެ.
ރިސޯޓު ތަރައްގީކުރަން ހުޅުވާލި ރަށްތަކުގެ ބޮޑުމިން
ހއ. މެދަފުށި - 11.74 ހެކްޓަރު
ށ. ނަލަންދޫ - 63.99 ހެކްޓަރު
ތ. ރުށްތިބިރަށް - 8.41 ހެކްޓަރު
ޓޫރިޒަމް މިނިސްޓްރީން ބުނީ މި ބީލަމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަ މައުލޫމާތު ސާފުކުރުމުގެ ވާޗުއަލް ބައްދަލުވުމެއް މިދިޔަ އޮގަސްޓު 30، ގައި ބާއްވާފައިވާ ކަމަށެވެ.
މި ބީލަމާއި ގުޅޭ އިތުރު މައުލޫމާތު ސެޕްޓެމްބަރު 17، ވަނަ ދުވަހުގެ 13:00 ގެ ކުރިން ޓޫރިޒަމް މިނިސްޓްރީއަށް އީމެއިލް ކޮށްގެން ލިބޭނެ އެވެ.
މި ރަށްތަކަށް ބީލަން ހުށަހެޅޭނެ ސުންގަޑިއަކީ ސެޕްޓެމްބަރު 21، ވަނަ ދުވަހުގެ 10:00 އެވެ.











