ގައުމީ ބިލިއާޑް މުބާރާތް: ދުނިޔޭގެ ޖޫނިއާ ޗެމްޕިއަން ވިކްޓާއާ އެކު އީގަލްސް އަށް ވަރުގަދަ ފެށުމެއް

Aug 29, 2023, 5:58 AM
ދުނިޔޭގެ ރޭންކިންގެ ހަތަރު ވަނަ ޕޮލަންޑްގެ ވިކްޓާ ޒިއެލިންސްކީ ގައުމީ ބިލިއާޑް މުބާރާތުގައި ކުލަބު އީގަލްސް ޓީމަށް ކުޅެނީ - ފޮޓޯ: އެމްޕީބީއޭ

ދުނިޔޭގެ ރޭންކިންގެ ހަތަރު ވަނަ ޕޮލަންޑްގެ ވިކްޓާ ޒިއެލިންސްކީ ގައުމީ ބިލިއާޑް މުބާރާތުގައި ކުލަބު އީގަލްސް ޓީމަށް ކުޅެނީ - ފޮޓޯ: އެމްޕީބީއޭ

ދުނިޔޭގެ ބިލިއާޑް ރޭންކިންގެ ހަތަރު ވަނަ ކަމަށްވާ ޕޮލަންޑްގެ ވިކްޓާ ޒިއެލިންސްކީއާ އެކު ކުލަބް އީގަލްސް އިން ގައުމީ ބިިލިއާޑް މުބާރާތުގެ ޓީމް އިވެންޓު ވަރުގަދަކޮށް ފަށައިފި އެވެ.

މި މަހުގެ 17 އިން ފެށިގެން އަންނަ މަހުގެ ދެ ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ ގައުމީ ބިިލިއާޑް މުބާރާތުގެ ޓީމް އިވެންޓުގެ މެޗުތައް ފަށާފައިވަނީ ރޭގަ އެވެ. މިހާތަނަށް މުބާރާތުގެ ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓުގެ ކުޅުން ވަނީ ނިމިފަ އެވެ.

ރޭ ފެށި ޓީމް އިވެންޓުގައި ހަ ޓީމަކުން ވާދަކުރާއިރު ހަތަރު ޓީމެއްގައި ބިދޭސީ ކުޅުންތެރިން ހިމެނެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ކުލަބު އީގަލްސް ޓީމުގައި ހިމެނޭ ޕޮލަންޑްގެ ވިކްޓާ ޒިއެލިންސްކީ އެވެ. އޭނާ އަކީ ދުނިޔޭގެ ޖޫނިއާ ޗެމްޕިއަންގެ މަގާމް ދެ ފަހަރު އަދި ޔޫރޯ ޓުއާގެ ޗެމްޕިއަންކަންވެސް ހޯދާފައިވާ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިއެކެވެ. ވިކްޓާ ވަނީ މިއަހަރުގެ ޖުލައި މަހު ރާއްޖޭގައި އޮތް މޯލްޑިވްސް އޯޕަން 9 ބޯލް ބިލިއާޑް މުބާރާތުގައިވެސް ވާދަކޮށްފަ އެވެ.

ވިކްޓާއާ އެކު އީގަލްސް ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ 4-1ގެ ނަތީޖާއަކުން ޓެންޓް ސްޕޯޓްސް ކުލަބު ބަލިކޮށްފަ އެވެ. ލީގު ތާވަލްގެ އެއްވަނައިގައި މިވަގުތު އޮތީ ދެމެޗުން ހަ ޕޮއިންޓް ހޯދާފައިވާ ދިވެހި ސިފައިންގެ ކުލަބެވެ. އީގަލްސްގެ އިތުރުން ބީޖީ އިންވެސް ވަނީ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފަ އެވެ.

މުބާރާތުގައި ވާދަކުރާ ހަ ޓީމްގެ ތެރެއިން ހަތަރު ޓީމެއްގައި ބިދޭސީ ކުޅުންތެރިން ހިމެނެ އެވެ. އީގަލްސްގައި ވިކްޓާ ހިމެނޭއިރު، އަނެއް ތިން ޓީމްގައި ހިމެނެނީ ފިލިޕީންސްގެ ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ފޯކައިދޫ ސްޕޯޓްސް ކުލަބަށް ކުޅޭ ކުރީގެ ގައުމީ ބިލިއާޑް ޓީމްގެ ކޯޗުވެސް ހިމެނެ އެވެ.

ގައުމީ ބިލިއާޑް މުބާރާތުގައި މިހާތަނަށް ނިމުނު އިވެންޓުތަކުގެ ނަތީޖާތަކަށް ބަލާއިރު ފުރަތަމަ ޑިވިޝަންގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ހަސަން ޝާޒު މުހައްމަދު އެވެ. ފުރަތަމަ ފަހަރަށް ގައުމީ މުބާރާތުގެ ތަށި ޝާޒު ހޯދީ ފައިނަލުގައި މުހައްމަދު ޝަރީފް (ކުޑަ ޝަރީ) ބަލިކޮށްގެންނެވެ.

ފައިނަލުގައި އާމިނަތު ހަލީމް (ދިލް) ބަލިކޮށް އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ދީނާ އަހުމަދު އެވެ. 2021 ވަނަ އަހަރުވެސް ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ދީނާ ހޯދިއިރު، މިއީ ދިލް ޖެހިޖެހިގެން ބަލިވި ދެވަަނަ ގައުމީ ފައިނަލެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ދިލް ބަލިވީ އައިޝަތު އަލީ އަތުންނެވެ.

ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ އަހުމަދު ނަފީލް އެވެ. އޭނާ ވަނީ މުހައްމަދު ސަމީރުގެ މައްޗަށް 7-9 ފްރޭމުން ކުރި ހޯދާފަ އެވެ.

މުބާރާތުގެ ޑަބަލްސް އިވެންޓަށް ބަލާއިރު، ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަބްދުﷲ އަފީފް އާއި އިސްމާއިލް ސުވެއިދުގެ ޕެއާ އެވެ. މި ދެ ކުޅުންތެރިންވަނީ ފައިނަލުގައި އަހުމަދު ނަފީލް އާއި މުހައްމަދު ސާހިލް ހަމީދުގެ ޕެއާ ބަލިކޮށްފަ އެވެ.

އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އާމިނަތު ފަތީ އާއި އައިޝަތު ޔަޝްފާގެ ޕެއާ އެވެ. މި ދެ ކުޅުންތެރިންވަނީ ފައިނަލުގައި ދިލް އާއި ފަޒްނާ މޫސާގެ ޕެއާ ބަލިކޮށްފަ އެވެ.

މިކްސް ޑަބަލްސް އިވެންޓަށް ބަލާލާއިރު ފައިނަލުގައި މުހައްމަދު ޝަރީފް އާއި ފަގީހާ އިބްރާހިމްގެ ޕެއާ ބަލިކޮށް އަލީ ފަޔާޒު އާއި ދީނާ އަހުމަދު ވަނީ ޗެމްޕިއަންކަން ހޯދާފަ އެވެ. މިދިޔަ އަހަރުވެސް މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ ފަޔާޒު އާއި ދީނާ އެވެ.

ތިން ވަނަ ގައުމީ ބިލިއާޑް މުބާރާތުގެ ޓީމް އިވެންޓުގެ ފައިނަލް މެޗާއި އިނާމް ދިނުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox