ގައުމީ ބިލިއާޑް މުބާރާތް: ފައިނަލުގައި އީގަލްސް އާއި ސިފައިން

Nov 17, 2022, 3:55 AM
ގައުމީ ބިލިއާޑް މުބާރާތް: ފައިނަލުގައި އީގަލްސް އާއި ސިފައިން

މިހާރު ކުރިއަށްދާ ގައުމީ ބިލިއާޑް މުބާރާތް، ލިޓަސް ނެޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕްގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ކްލަބް އީގަލްސް އާއި ދިވެހި ސިފައިންގެ ކްލަބް ބައްދަލުކުރަން ޖެހިއްޖެ އެވެ.

ނޭޝަނަލް ބިލިއާޑް ސެންޓަރުގައި މިހާރު ކުރިޔަށްދާ ޓީމު އިވެންޓްގައި އިއްޔެ ފުރަތަމަ ކުޅެވުނު ސެމީ ފައިނަލް މެޗްގައި ބައްދަލުކުރީ ސިފައިން އާއި އީގަލްސް އެވެ. މި މެޗު 3-0 އިން ކާމިޔާބުކުރީ ދިވެހި ސިފައިންގެ ޓީމުންނެވެ.

އެ ގޮތުން، ސިންގަލްސްގައި ސިފައިންގެ ވަލަރިއާނޯ ވަނީ އީގަލްސްގެ މިގުއެލް 7-3 އިން ބަލިކޮށްފަ އެވެ. އީގަލްސްގެ ހަސަން ޝާޒް މުހައްމަދު އަތުން ސިފައިންގެ ހުސެއިން ފަޔާޒް މޮޅުވީ 7-4 އިންނެވެ. އަދި ސިފައިންގެ އަފީފް އާއި ދުންޏާޒްގެ ޕެއާ އިން ވަނީ 7-4 އިން އީގަލްސްގެ އަހުސަން އާއި އައްބާސްގެ ޕެއާ ބަލިކޮށްފަ އެވެ.

ދެ ވަނަ ސެމީގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ކަސްޓަމްސް ރެކްރިއޭޝަން ކްލަބް މޮޅުވީ ފޯރިގަދަ ކުޅުމަކަށް ފަހު 3-2 އިންނެވެ.

ސިންގަލްސްގައި މާޒިޔާގެ އަލީ ފަޔާޒް ވަނީ 7-4 އިން ކަސްޓަމްސްގެ އަހްމަދު ރަމްޒީ ބަލިކޮށްފަ އެވެ. ދެ ސިންގަލްސްގައި މާޒިޔާގެ މަލާޔަން ވަނީ 7-1 އިން ކަސްޓަމްސްގެ ހުސެއިން ސައްމާން އަތުން މޮޅުވެފަ އެވެ. ޑަބަލްސްގައި މާޒިޔާގެ ސަނީފް އާއި އިބްރާހިމް ޝަރީފް އަތުން ކަސްޓަމްސްގެ އަކްސަމް އާއި ނަފީލް ވަނީ 6-7 އިން ކުރިހޯދައިފަ އެވެ. މާޒިޔާގެ އަސްލަމް އާއި ރާޖޭޝް އަތުން ކަސްޓަމްސްގެ ޖީހާން އާއި ހިޝާމް ވަނީ 6-7 އިން ކުރިހޯދައިފަ އެވެ. އަދި މާޒިޔާގެ ޝަރީފް އާއި ސާމިއު ކުޅުނު މެޗުން ކަސްޓަމްސްގެ އުޝްވަތުﷲ އާއި ޒުބައިރާ ވަނީ އެއްވަރުވެފަ އެވެ.

ފައިނަލުގެ ފަހު ޖާގަ އަށް އީގަލްސް އާއި ކަސްޓަމްސް ބައްދަލުކުރި މެޗުން އީގަލްސް ވަނީ ފަސޭހަކަމާ އެކު 3-0 އިން މޮޅުވެފަ އެވެ. ކަސްޓަމްސްގެ ރަމްޒީ އަތުން އީގަލްސްގެ މިގުއެލް 4-7 އިން މޮޅުވިއިރު، ކަސްޓަމްސްގެ ސައްމާން އަތުން އީގަލްސްގެ ޝާޒް މޮޅުވީ ވެސް 4-7 އިންނެވެ. އަދި ކަސްޓަމްސްގެ ޖީހާން އާއި ހިޝާމް އަތުން އީގަލްސްގެ ސާހިލް އާއި އާފީ މޮޅުވީ 5-7 އިންނެވެ.

ގައުމީ ބިލިއާޑް މުބާރާތުގައި މިހާތަނަށް ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓުތައް ވަނީ ނިމިފަ އެވެ. ޝާޒް ބަލިކޮށް ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ސާހިލް ހަމީދު އެވެ. އާމިނަތު ހަލީމް (ދިލް) ބަލިކޮށް އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އައިޝަތު އަލީ އެވެ.

ޑަބަލްސް އަށް ބަލާއިރު، އިސްމާއިލް ރަޒީން އާއި ހަސަން ޝަފްރާޒް ބަލިކޮށް ޗެމްޕިއަންކަން ހޯދީ ހަސަން ޝާޒް މުހައްމަދު އާއި އަހުމަދު އިޔާދު ސައީދުގެ ޕެއާ އެވެ. މިކްސް ޑަބަލްސް ފައިނަލުގައި ހުސެއިން ފަޔާޒް އާއި އައިމިނަތު ފާތީ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ދީނާ އަހުމަދާއި އަލީ ފަޔާޒްގެ ޕެއާ އެވެ.

މި މަހު ތިން ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ ގައުމީ ބިލިއާޑް މުބާރާތް ނިމޭނީ މާދަމާރޭ އީގަލްސް އާއި ސިފައިން ބައްދަލުކުރާ ޓީމު އިވެންޓް ފައިނަލް މެޗުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox