ގައުމީ ބިލިއާޑް މުބާރާތް: މިކްސް ޑަބަލްސް ޗެމްޕިއަންކަން ދީނާ އާއި ފަޔާޒް އަށް

Nov 12, 2022, 4:03 AM
ގައުމީ ބިލިއާޑް މުބާރާތް: މިކްސް ޑަބަލްސް ޗެމްޕިއަންކަން ދީނާ އާއި ފަޔާޒް އަށް

ލިޓަސް ގައުމީ ބިލިއާޑް މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ދީނާ އަހުމަދާއި އަލީ ފަޔާޒްގެ ޕެއާ އިން ރޭ ހޯދައިފި އެވެ.

ނެޝަނަލް ބިލިއާޑް ސެންޓަރުގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން ފައިނަލުގައި ދީނާ އާއި އަލީ ފަޔާޒްގެ ޕެއާ ވަނީ 7-6 އިން ހުސެއިން ފަޔާޒް އާއި އައިމިނަތު ފާތީގެ ޕެއާ ބަލިކޮށްފަ އެވެ. ސެމީ ފައިނަލުގައި މި ދެ ޕެއާގެ ކުރިމަތިލުމުގައި ދީނާ އާއި އަލީ ފަޔާޒް މޮޅުވީ 4-5 އިންނެވެ.

ފައިނަލުގެ ޖާގަ ހޯދަން ކުޅުނު ސެމީ ފަހު މެޗުގައި ފާތީ އާއި ހުސެއިން ފަޔާޒް މޮޅުވީ ހަސަން ޝާޒް މުހައްމަދާއި އައިމިނަތު އަޒްރާގެ ޕެއާ އަތުންނެވެ. މި މެޗު ދިޔައީ 5-4 އިންނެވެ.

ގައުމީ ބިލިއާޑް މުބާރާތުގެ ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ޝާޒް އާއި އަހުމަދު އިޔާދު ސައީދުގެ ޕެއާ އިންނެވެ. ފުރަތަމަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ މުހައްމަދު ސާހިލް ހަމީދު އެވެ. އަންހެން ޑިވިޝަނުގެ ތަށި ހާސިލްކުރީ އާއިޝަތު އަލީ އެވެ. އަދި ދެ ވަނަ ޑިވިޝަނުގެ އިސްމާއިލް ޝިޔާމް ވަނީ ތަށި އުފުލާލައިފަ އެވެ.

ގައުމީ ބިލިއާޑް މުބާރާތުގައި ކުރިޔަށް ދެން އޮތީ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓައް ކުޅެވޭ ޓީމު އިވެންޓް ބައެވެ. ލީގު އުސޫލުން ކުޅޭ ޓީމު އިވެންޓް ބައިގައި ފަސް ޓީމެއް ވާދަކުރެ އެވެ. އެއީ މިދިޔަ އަހަރުގެ ޓީމު އިވެންޓް ޗެމްޕިއަން ކަމަށްވާ ކްލަބް އީގަލްސްގެ އިތުރުން ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި އައިލޭންޑާސް ހޯޕް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ދިވެހި ސިފައިންގެ ކްލަބް އެވެ.

ޓީމު އިވެންޓް ބައިގައި މިއަދު ހަވީރު ކުޅޭނީ ދެ މެޗެވެ. އެއީ އީގަލްސް އާއި ކަސްޓަމްސް ބައްދަލުކުރާ މެޗާއި އައިލެންޑާސްއާ ދެކޮޅަށް މާޒިޔާ ނުކުންނަ މެޗެވެ. މިރޭ މާޒިޔާ އާއި ކަސްޓަމްސް ބައްދަލުކުރާ މެޗުގެ އިތުރުން ދެން އޮތީ އީގަލްސް އާއި ސިފައިންގެ ކުރިމަތިލުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox