ޓީޓީ ފިރިހެން ޓީމު ސެމީ އަށް، އަންހެން ޓީމަށް ވަރުގަދަ ފެށުމެއް

Aug 26, 2023, 9:18 PM
ޓީޓީ ޓީމުގެ ޝައްފާން. ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޓީޓީ ޓީމުގެ ޝައްފާން. ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ޓޭބަލް ޓެނިސް ޓީމު އިވެންޓްގެ ސެމީ ފައިނަލުން ރާއްޖޭގެ ފިރިހެން ޓީމުން ހޯދިއިރު، އެންމެ ފަހުން މި ގޭމްސް އިން ރަން މެޑަލް ހޯދި ރާއްޖޭގެ ޓީޓީ އަންހެން ޓީމުން ފެށުން ވަރުގަދަކޮށްފި އެވެ.

ޓީޓީ ޓީމު އިވެންޓްގެ މެޗުތައް މިއަދު ފެށިއިރު، ފިރިހެން ޓީމު ފުރަތަމަ މެޗުން މަޑަގަސްކަރާ އަތުން 3-0 އިން ބަލިވި ނަމަވެސް ދެން ކުޅުނު ދެ މެޗުގައި ކޮމޮރޮސް އަތުން 3-1 އިން މޮޅވިއިރު، ފަހު މެޗުން ރާއްޖޭގެ ފިރިހެން ޓީމު ވަނީ 3-1 އިން މޮރިޝަސް އަތުން މޮޅުވެފަ އެެވެ.

ޓީޓީ ފިރިހެން ޓީމު ކުޅުނު ފުރަތަމަ މެޗުގައި މަޑަގަސްކަރަ އަތުން ބަލިވީ 3-0 އިންނެވެ. މި މެޗުގެ ފުރަތަމަ ގޭމްގައި ރާއްޖޭގެ މުހައްމަދު ޝައްފާން އިސްމާއިލް ވަބީ މަޑަގަސްކަރާގެ ރަންދްރިއަނާޓޯންޑްރޯ މަހެފް އަތުން 3-2 އިން ބަލިވެފަ އެވެ. ފުރަތަމަ ސެޓު ޝައްފާން ގެންދިޔައީ 11-5 އިންނެވެ. ދެ ވަނަ ސެޓު ރަންދްރިއަނާޓޯންޑްރޯ 11-7 އިން ގެންދިޔަ ނަމަވެސް، ޝައްފާން ތިން ވަނަ ސެޓު، 11-6 އިން ގެންދިޔަ އެވެ. ފަހު ދެ ސެޓު، ޝައްފާން އަތުން ގެއްލުނީ 11-7 އާއި 11-5 އިންނެވެ.

ތިން ވަނަ ގޭމްގައި މޫސާ މުންސިފު އަހުމަދު ނަޓިވެލް ޖޮނަތަން ކައިރިން ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު ޖޮނަތަން ވަނީ 11-5 އާއި 12-10 އިން ގެންގޮސްފަ އެވެ. ތިން ވަނަ ސެޓު މުންސިފް 12-10 އިން ގެންގޮސް އުންމީދެއް ހޯދާފައިވަނިކޮށް، ފަހު ސެޓު ޖޮނަތަން ގެންދިޔައީ 11-5 އިންނެވެ. ތިން ވަނަ ގޭމްގައި މުހައްމަދު ޒީސްތު ނަސީމް 0-3 ގެ ނަތީޖާއަކުން ރަޒަފިންރަލަމްބޯ ޒޯ ނަދާރް ކައިރިން ބަލިވިއިރު، މި މެޗުގެ ސެޓުތައް ދިޔައީ 11-7، 11-7 އަދި 11-3 އިންނެވެ.

ފިރިހެން ޓީޓީ ޓީމުން ކުޅުނު ދެ ވަނަ މެޗުގައި ކޮމޮރޮސް ކައިރިން ފަސޭހަ ނަތީޖާއަކުން މޮޅުވިއިރު، މެޗުގެ ފުރަތަމަ މެޗުގައި ޝައްފާން ވަނީ 3-1 އިން ޗަން ޔޫކް ފޯ ބްރައިން އަތުން ބަލިވެފަ އެވެ. ޝައްފާން މެޗުގައި ގެންދިޔަ ސެޓު 11-8 އިން ގެންދިޔަ ނަމަވެސް ދެން ޖެހިގެން އައި ތިން ސެޓު ގެންދިޔައީ ޗަން އެވެ.

ދެ ވަނަ އަކަށް މުންސިފް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކޮމޮރޯސްގެ ޔޮގަރަޖާ އަހިލެން ބަލިކުރި އިރު، މުންސިފް ސެޓުތައް ގެންދިޔައީ 11-4، 11-9 އަދި 14-12 އިންނެވެ. ޔޮގަރަޖާ ސެޓު ގެންދިޔައީ 11-9 ގެ ނަތީޖާއަކުންނެވެ. ތިން ވަނަ ގޭމްގައި އަހްޔަރް އަހުމަދު ހާލިދު ވަނީ 3-0 ސެޓުން އެސްކޭ ހޮސެން ޒަޔާން ގަޒާލީ ބަލިކޮށްފަ އެވެ. އަހްޔާރު މެޗުގެ ސެޓުތައް ގެންދިޔައީ 11-7، 11-8 އަދި 13-11 އިންނެވެ. މެޗުގެ ހަތަރު ވަނަ ގޭމަށް ނުކުމެ، ޝައްފާން ވަނީ ޔޮގޮރަޖާ ބަލިކޮށްފަ އެވެ. ޝައްފާން ސެޓުތައް ގެންދިޔައީ 11-3، 11-9 އަދި 12-10 އިންނެވެ.

ޓީޓީ އަންހެން އިވެންޓް ލީގު އުސޫލުން ކުރިއަށްދާއިރު، އަންހެން ޓީޓީ ޓީމު ވަނީ ދެ މެޗުން ވެސް މޮޅުވެފަ އެވެ. ފުރަތަަމަ މެޗުގައި ސީޝެލްސް އަތުން 3-0 އިން މޮޅުވިއިރު، ދެ ވަނަ މެޗުގައި ރީޔޫނިއަންގެ މައްޗަށް ކާމިޔާބުހޯދީ ވެސް އެ ވަރުގެ ފަސޭހަ ކުޅުމަކާ އެކު އެވެ.

ޝީޝެލްސްއާ ދެކޮޅަށް އަންހެން ޓީޓީ ޓީމު ކުޅުނު މެޗުގެ ފުރަތަމަ ގޭމްގައި ފާތިމަތު ދީމާ އަލީ ކުޅުނު މެޗުގައި ލައުރާ ސިނޮން ކައިރިން 3-0 ގެ ނަތީޖާއަކުން މޮޅުވިއެވެ. ދީމާ، މި މެޗުގެ ސެޓުތައް ގެންދިޔައީ 11-4، 11-4 އަދި 11-2 އިންނެވެ. އައިޝަތު ރަފާ ނާޒިމް ފުރަތަމަ ކުޅުނު މެޗުގައި 3-1 ގެ ނަތީޖާއަކުން އަނިއެސާ ބެންސްޓްރޯންގް ބަލިކުރިއިރު، އެ މެޗުގައި ރަފާ ސެޓުތައް ގެންދިޔައީ 11-8، 11-9 އަދި 11-7 އިންނެވެ. މި މެޗުގައި ބެންސްޓްރޯންގް ގެންދިޔަ ސެޓު ގެންދިޔައީ 11-5 އިންނެވެ. ގޭމްގެ ފަހު މެޗުގައި ލައިސާ ފަތުހުﷲ އިސްމާއިލް ވަނީ އަނިސާ ލެޕެރޭ ކައިރިން ސީދަ ތިން ސެޓުން މޮޅުވެފަ އެވެ. ލައިސާ ސެޓުތައް ގެންދިޔައީ 11-4، 11-4 އަދި 11-3 އިންނެވެ.

ރީޔޫނިއަންއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަަމަ ގޭމްގައި ދީމާ ކުޅުނު މެޗުގައި 3-0 އިން ރީޔޫނިއަންހެ މޮފްލެޓް މަރިއޮން ބަލިކުރީ 11-3، 11-7 އަދި 11-5 އިންނެވެ. އަދި ދެ ވަނަ މެޗުގައި ރަފާ ނުކުމެ، ރީޔޫނިއަންގެ މާލެޓް މަޖާ ބަލިކުރީ 11-9، 11-9 އަދި 11-7 ގެ ނަތީޖާއަކުން ސެޓުތައް ގެންގޮސްގެންނެވެ.

ލައިސާ ފަތުހުﷲ ރިޔޫނިއަންގެ އަލްމެރީ ސޮލެނޭ ކައިރިން 3-1 އިން މޮޅުވެ، ރާއްޖޭން ގޭމް ކާމިޔާބުކުރި އިރު، ލައިސާ މެޗުގައި ގެންދިޔަ ސެޓުތައް ގެންދިޔައީ 11-5، 11-5 އަދި 11-5 އިންނެވެ. އަލްމެރީ ގެންދިޔަ ސެޓު ގެންދިޔައީ 11-7 ގެ ނަތީޖާއަކުންނެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި އައިއޯއައިޖީގައި އެންމެ ގިނަ މެޑަލް ހޯދި ޓީމު ކަމަށްވާ ޓީޓީ ޓީމުގެ އަންހެން ޓީމަށް މިހާރު އޮތް ނަތީޖާގައި ވެސް މެޑަލް ވަނީ ޔަގީންވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox